logo
Bank of Maldives

Bank of Maldives

ޚަބަރު

އެމްޑީޕީއަށް ވެރިކަން ލިބުނު ކޮންމެފަހަރަކު ރާއްޖޭގައި ތަންފީޒުކުރީ ޕްރޯ އިޒްރޭލް ފޮރިން ޕޮލިސީއެއް: ރައީސް

މުހައްމަދު މޫސާމުހައްމަދު މޫސާ
27 ޖުލައި 2026 - 05:57
އެމްޑީޕީއަށް ވެރިކަން ލިބުނު ކޮންމެފަހަރަކު ރާއްޖޭގައި ތަންފީޒުކުރީ ޕްރޯ އިޒްރޭލް ފޮރިން ޕޮލިސީއެއް: ރައީސް

އެމްޑީޕީއަށް ވެރިކަން ލިބުނު ކޮންމެފަހަރަކު ރާއްޖޭގައި ތަންފީޒުކުރީ އިޒްރޭލާ ގާތް ނުވަތަ ޕްރޯ އިޒްރޭލް ފޮރިން ޕޮލިސީއެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ މިނިވަން ދުވަހުގެ މުނާސަބާގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އިޒުރޭލުގެ ޕާސްޕޯޓުގައި ރާއްޖެއަށް ނާދެވޭނެކަމަށް މި ސަރުކާރުން ނިންމީ ދިވެހި ރައްޔިތުންގެ ވިންދާއި އިޙްސާސާ އެއްގޮތަށް ކަމަށެވެ. އަދި އެ ނިންމުމަކީ ފަޚްރުވެރިކަމާ އެކީގައި ނިންމި ނިންމުމެއް ކަމަށާއި، އެކަން އެގޮތުގައި ދަމަހައްޓާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ. މީގެ އިތުރުން މީގެކުރީގައި އެމްޑީޕީގެ ވެރިކަން ހިނގި ކޮންމެ ފަހަރަކު ފެނުނީ މީގެ އިދިކޮޅު މަންޒަރުކަން ރައީސް ފާހަގަކުރެއްވިއެވެ.

އެމްޑީޕީގެ ސަރުކާރުތަކުން ޢަރަބި އިސްލާމީ ޤައުމުތަކާ ދުރުވެގަތް ކަމަށް ތުހުމަތު ކުރައްވަމުން ރައީސް ވިދާޅުވީ، "ޕްރޯ އިޒްރޭލް ފޮރިން ޕޮލިސީއެއް މިތާ ތަންފީޒުކުރީ. ޢަރަބި އިސްލާމީ ޤައުމުތަކާ ދުރުވެގަތީ. މިއީކީ ދިވެހީންނާ ދޯޅުގޮތެއް ނޫން. ދިވެހީންނާ ބީރައްޓެހި ޚާރިޖީ ސިޔާސަތު އެއީ،" ކަމަށެވެ. ރައީސް ވިދާޅުވީ ދިވެހީންގެ ވިންދާ ގުޅޭ ސިޔާސަތަކީ ޢަރަބި އިސްލާމީ ޤައުމުތަކާ ގާތް ގުޅުން ބޭއްވުން ކަމަށެވެ.

ރާއްޖޭގެ މިހާރުގެ ޚާރިޖީ ސިޔާސަތަކީ ހުރިހާ ޤައުމުތަކާ އެކީގައިވެސް ގާތް ގުޅުން ބޭއްވުންކަން ރައީސް ހާމަކުރެއްވިއެވެ. އެއީ އަވަށްޓެރި ޤައުމެއް ކަމުގައިވިޔަސް، ނުވަތަ ދުރުގައިވާ ޤައުމެއް ކަމުގައިވިޔަސް، އަދި ކިތަންމެ ކުޑަ ނުވަތަ ބޮޑު ޤައުމެއް ކަމުގައިވިޔަސް، ރާއްޖެއަށް ފައިދާވާނެ ގޮތުގައި އެހީތެރިކަން ދޭ ހުރިހާ ފަރާތްތަކާ ގުޅުން ބާއްވާނެ ކަމަށް ވިދާޅުވިއެވެ.

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެއީ ދިވެހި ރައްޔިތުންނާއި މުޅި ދުނިޔެވެސް ދެކޮޅު ހަނގުރާމައެއް ކަމަށެވެ. އަދި ދިވެހިރާއްޖެއަކީ އަބަދުވެސް ޞުލްޙައަށް ލޯބިކުރާ ޤައުމެއް ކަމަށާއި، ޚިޔާލު ތަފާތުވާ ކަންކަން ކަނޑިބަޑިން ޙައްލުކުރުމަކީ މި ސަރުކާރުން ގަބޫލުކުރާ ހަމައެއް ނޫން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލެއްވީ، ރާއްޖޭގެ ޚާރިޖީ ސިޔާސަތު ބައްޓަންވެފައިވަނީ ޞުލްޙަވެރިކަމާއި، ދިވެހި ރައްޔިތުންގެ އިޙްސާސްތަކަށް އިޙްތިރާމްކުރުމުގެ އަސާސްތަކުގެ މައްޗަށްކަން ތަކުރާރު ކުރައްވަމުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެމްޑީޕީއަށް ވެރިކަން ލިބުނު ކޮންމެފަހަރަކު ރާއްޖޭގައި ތަންފީޒުކުރީ ޕްރޯ އިޒްރޭލް ފޮރިން ޕޮލިސީއެއް: ރައީސްޚަބަރު | ގަޑިއިރެއް ކުރިންގޮނޑިކޮއްކޮ ޚާރިޖީ ސިޔާސަތަކީ މި ޤައުމަށް ހެޔޮގޮތެއް ނޫން: ރައީސްޚަބަރު | 11 ގަޑިއިރު ކުރިންމިނިވަން ދުވަހާ ގުޅިގެން ނެރުނު ފަތްތޫރަ ރައީސުލްޖުމްހޫރިއްޔާ އަށް އަރުވައިފިޚަބަރު | 18 ގަޑިއިރު ކުރިންދައުލަތަށް ހިދުމަތްކުރުމުގެ އިނާމު 66 އަށް ބޭފުޅަކަށްޚަބަރު | 18 ގަޑިއިރު ކުރިން