logo
Bank of Maldives

Bank of Maldives

ޚަބަރު

އެމްޑީޕީން ރާއްޖޭގެ ކަނޑުން ބައެއް ސިއްރުން ދޫކޮށްލީ ފިނޑި ނޭއްގާނީ ގޮތެއްގައި، އެބައި ހޯދުމުގެ މަސައްކަތް ދަނީ ކުރަމުން: ރައީސް

މުހައްމަދު މޫސާމުހައްމަދު މޫސާ
27 ޖުލައި 2026 - 08:57
އެމްޑީޕީން ރާއްޖޭގެ ކަނޑުން ބައެއް ސިއްރުން ދޫކޮށްލީ ފިނޑި ނޭއްގާނީ ގޮތެއްގައި، އެބައި ހޯދުމުގެ މަސައްކަތް އެބަކުރަން: ރައީސް

ނިމިދިޔަ އެމްޑީޕީ ސަރުކާރުން ރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ބޮޑުބައެއް ދޫކޮށްލާފައިވަނީ ވަރަށް ފިނޑި، ނޭއްގާނީ އަދި ސިއްރުވެރި ގޮތަކަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައީސް މުޢިއްޒު ވިދާޅުވީ، ކޮންމެ ޤައުމެއްގެވެސް މިނިވަންކަމާއި އިސްތިޤްލާލަކީ އެންމެންނަށް ހަމަހަމަވެގެންވާ ޙައްޤެއް ކަމަށާއި، ޓެރިޓޯރިއަލް އިންޓެގްރިޓީއަކީ މިނިވަންކަން ދެމެހެއްޓުމުގެ މައިގަނޑު އަސާސް ކަމަށެވެ. ނަމަވެސް، ކުރީ ސަރުކާރުން ޣައިރު ޤާނޫނީގޮތެއްގައި އަދި ބޭއިންޞާފުން ދޫކޮށްލި ކަނޑުގެ ސަރަޙައްދު އަނބުރާ ހޯދުމަށްޓަކައި މިހާރު 'ސަރަޙައްދުތަކާބެހޭ އޮފީހެއް' ޤާއިމުކޮށް، އެ މަސައްކަތް ފަށާފައިވާ ކަމަށް އެމަނިކުފާނު ހާމަކުރެއްވިއެވެ.

މި މައުޟޫޢުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ފޯޅަވަހި ނުވަތަ ޗާގޯސްގެ މައްސަލައަށްވެސް އަލިއަޅުވާލައްވާފައެވެ. ތާރީޚީ ހެކިތަކާއި 9 ވަނަ ޙަސަން ރަސްގެފާނުގެ ލިޔުންތަކުން އެއީ ދިވެހިރާއްޖޭގެ ތަނެއްކަން ސާފުވާން އޮތްއިރު، އެތަން ބަޔަކާ ޙަވާލުކުރާނަމަ ޙަވާލުކުރަންޖެހޭނީ އޭގެ ޙަޤީޤީ މިލްކުވެރިންނާ ކަމަށް ދިވެހި ރައްޔިތުން ޤަބޫލުކުރާ ކަމަށް ރައީސް ވިދާޅުވިއެވެ. މިކަމާ ގުޅޭގޮތުން ޤައުމީ ރޫޙެއްގައި މަޝްވަރާތައް ކުރަމުންދާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖޭގެ ސިޔާދަތީ މިނިވަންކަން ކަށަވަރުކުރުމަށް ކުރެވުނު މަސައްކަތްތަކަށް އަލިއަޅުވާލައްވަމުން ރައީސް ވިދާޅުވީ، އިންޑިޔާ ސަރުކާރުގެ އެއްބާރުލުމާއެކު ރާއްޖޭގައި ތިބި އިންޑިޔާގެ މިލިޓްރީ ސިފައިން މިހާރު އަނބުރާ ގެންގޮސްފައިވާ ކަމަށެވެ. އަދި ޤައުމުގެ މިނިވަންކަން ދެމެހެއްޓުމަށްޓަކައި ޤާނޫނުއަސާސީއަށް ދެ މުހިންމު އިޞްލާޙެއް ގެނެސްފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އޭގެ ތެރޭގައި ހިމެނެނީ:

  • ރާއްޖޭގެ ސަރަޙައްދާއި ކަނޑުގެ ސަރަޙައްދަށް ބަދަލެއް ގެނެވޭނީ ރައްޔިތުންގެ މަޖިލީހުގެ ހަތަރުބައިކުޅަ ތިންބައިގެ އަޣްލަބިއްޔަތުން ކަމަށް ކަނޑައެޅުން.
  • ޢަސްކަރީ ތަމްރީނުތަކުގައި ބައިވެރިވުން ފިޔަވައި، މަޖިލީހުގެ އަޣްލަބިއްޔަތު ނެތި ބޭރުގެ އެއްވެސް ސިފައިންގެ މީހަކަށް ރާއްޖޭގައި ޢަމަލީގޮތުން ޙަރަކާތްތެރި ނުވެވޭނެގޮތަށް ހެދުން.

ރައީސް މުޢިއްޒު ވަނީ މިފަދަ ޤައުމީ މުހިންމު އިޞްލާޙުތަކަށް އިދިކޮޅު ފަރާތްތަކުން ދެކޮޅުހަދާތީ އެކަމާ ސުވާލު އުފައްދަވާފައެވެ. އަދި މި ސަރުކާރުގެ އަމާޒަކީ ދިވެހީން އިސްކުރެވިގެންވާ 'ދިވެހީންގެ ރާއްޖެ' އެއް ބިނާކުރުން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެމްޑީޕީން ރާއްޖޭގެ ކަނޑުން ބައެއް ސިއްރުން ދޫކޮށްލީ ފިނޑި ނޭއްގާނީ ގޮތެއްގައި، އެބައި ހޯދުމުގެ މަސައްކަތް އެބަކުރަން: ރައީސްޚަބަރު | ގަޑިއިރެއް ކުރިންވަރަށް ރުންކުރުގޮތެއްގައި ރާއްޖެ ކޮމަންވެލްތުން ވަކިކުރި ދުވަސްވަރެއްދިޔަ، އެކަމު އެއީ މުހިންމު ޖަމާއަތެއް: ރައީސްޚަބަރު | 2 ގަޑިއިރު ކުރިންސާރކް އަލުން އޮޕަރޭޝަނަލް ކުރުމަށް ރައީސް ގޮވާލައްވައިފި, މީޑިއޭޓަރެއްގެ ދައުރު އަދާކުރުމަށް ރާއްޖެ ތައްޔާރުޚަބަރު | 2 ގަޑިއިރު ކުރިންއެމްޑީޕީއަށް ވެރިކަން ލިބުނު ކޮންމެފަހަރަކު ރާއްޖޭގައި ތަންފީޒުކުރީ ޕްރޯ އިޒްރޭލް ފޮރިން ޕޮލިސީއެއް: ރައީސްޚަބަރު | 4 ގަޑިއިރު ކުރިން