logo
Bank of Maldives

Bank of Maldives

ޚަބަރު

ކެޑޭޓުންގެ ޝަރަފުގެ ހިނގާލުން މާދަމާ ހަވީރު ހުޅުމާލޭގައި

އަޙުމަދު ރިޝާން
28 ޖުލައި 2026 - 13:44
ކެޑޭޓުންގެ ޝަރަފުގެ ހިނގާލުން މާދަމާ ހަވީރު ހުޅުމާލޭގައި

 މިނިވަން ދުވަހާއި ގުޅިގެން ބާއްވާ ސިފައިންނާއި ކެޑޭޓުންގެ ޝަރަފުގެ ހިނގާލުން މާދަމާ ހަވީރު ހުޅުމާލޭގައި އޮންނާނެ ކަމަށް އެމްއެންޑީއެފް އިން ބުނެފި އެވެ.

މި ހިނގާލުން ފަށާނީ މާދަމާ ހަވީރު 4:30 ގަ އެވެ. ހުޅުމާލޭގައި ކުރިއަށް ގެންދަން ހަމަޖެހިފައިވާ ޝަރަފުގެ ހިނގާލުން ފަށާނީ، ހިތިގަސްމަގުގައި ހުންނަ ސިންތެޓިކް ދުވާ ޓްރެކް ކައިރީންނެވެ. އަދި ހިނގާލުން ނިންމާލުމަށް ހަމަޖެހިފައިވަނީ ކަލާސީނުކޮށި ކައިރިންނެވެ. ޖުލައި 26ގައި ބާއްވަން ހަމަޖެއްސި މި ޕެރޭޑު އެދުވަހު ނުބާއްވާ ލަސްކުރީ ވިއްސާރަވުމާއި ގުޅިގެންނެވެ.މި ހިނގާލުމުގައި އެމްއެންޑީއެފްގެ ބޭންޑާއެކު ޖުމްލަ ހަ ގެމަ ބައިވެރިވުމަށް ނިންމާފައިވާ ކަމަށާއި މި އަސްކަރީ ހިނގާލުމުގައި އެމްއެންޑީއެފްގެ ކޯތަކާއި ތަފާތު ދާއިރާތަކުގެ ހިދުމަތް ދައްކާލުން ހިމެނޭ ކަމަށް ވެސް އެމްއެންޑީއެފް އިން މައުލޫމާތުދެ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ހިނގާލުމުގައި ދެ ކަންމައްޗެއްގައި ލަޝްކަރު ހުއްޓުމަށް ނިންމާފައިވެ އެވެ. އެ ތަންތަނަކީ ސެންޓްރަލް ޕާކްގެ ހިތިގަސްމަގާއި ހުވަނދުމާހިނގުން ގުޅުނު ކަންމައްޗާއި ސިފްކޯ ފުލެޓް ކައިރި ރީތިގަސްމަގާއި އަސުރުމާހިނގުން ގުޅުނު ކަންމަޗެވެ.މިއިން ކޮންމެ ތަނެއްގައި މިލިޓަރީ ބޭންޑުގައި ރާގު ކުޅުމަށް ނިންމާފައިވެ އެވެ.

މާދަމާ ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ސިފައިންގެ އަސްކަރީ ހިންގާލުމާއެކު ސްކޫލު ކުދިންގެ ޕެރޭޑް ވެސް ބައިވެރިވާނެ އެވެ. މި ހިނގާލުމުގައި މާލެ ސަރަޙައްދުގެ 15 ސްކޫލަކުން ބައިވެރިވާ ކަމަށް އެމްއެންޑީއެފް އިން މައުލޫމާތުދެ އެވެ.

މިނިވަން ދުވަހުގެ މުނާސަބަތުގައި މާލޭގައި ވަނީ ހެވިކަމުގެ ކުޅިވަރުތަކުގެ ތެރެއިން ގައުމީ ދިފާއީ ބާރާއި، ސްކޫލް ކުދިންގެ ޕެރޭޑެއް މިނިވަން ދުވަހު ކުރިޔަށް ގެންގޮސްފަ އެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކެޑޭޓުންގެ ޝަރަފުގެ ހިނގާލުން މާދަމާ ހަވީރު ހުޅުމާލޭގައިޚަބަރު | ގަޑިއިރެއް ކުރިންއޮސްޓްރޭލިއާ އިން ހަދިޔާކުރި މަނަވަރު ރައީސުލްޖުމްހޫރިއްޔާ ކޮމިޝަންކޮށްދެއްވައިފިޚަބަރު | 21 ގަޑިއިރު ކުރިންހެވިކަމުގެ ކުޅިވަރުތަކާއި އަސްކަރީ ހިނގާލުން ކުރިޔަށްދާނީ މިރޭޚަބަރު | 2 ދުވަސް ކުރިންވޭތުވެދިޔަ ހަފުތާގައި ކޯސްޓްގާޑުން 51 މެޑިކަލް އިވެކުއޭޝަން ކުރިއަށް ގެންގޮސްފިޚަބަރު | މަހެއް ކުރިން