ލ.ގަމުން 20 އަހަރުގެ ފިރިހެނެއް ގެއްލިގެން ހޯދަނީ
29 ޖުލައި 2026 - 13:43

ލ. ގަމުން ޒުވާނަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.
ފުލުހުން ބުނީމި މީހާ ގެއްލިފައިވާކަމުގެ މައުލޫމާތު ލިބިފައިވަނީ މިއަދު ހެނދުނު 11:14 އެހައިކަންހާއިރުކަމަށެވެ. އަދި އޭނާ ގެއްލިގެން ރިޕޯޓްކުރުމާއެކު އޭނާ ހޯދުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ.
ފުލުހުން ބުނީ ގަމުން ގެއްލިގެން ރިޕޯޓްކޮށްފައިވަނީ އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ.
ފުލުހުން ބުނީ އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައިވާ ގޮތުގައި، އެ ޒުވާނާގެ އެއްވެސް ޚަބަރެއް އެންމެ ފަހުން ވެފައިވަނީ ރޭގެ މެންދަމު 2:00 ހާއިރުއެވެ.
ފުލުހުން އޭނާ ހޯދުމަށް ފެށި އޮޕަރޭޝަނުގެ ތެރެއިން، އޭނާ ދުއްވި ސައިކަލު މިހާރު ފެނިފައިވާކަމަށާއި، އަދި އެ ސައިކަލު ފެނިފައިވަނީ ގަމުގެ ރިވެރީޒް ބީޗް ސަރަހައްދުން ކަމަށް ފުހުހުން މައުލޫމާތުދެއެވެ.
ފުލުހުން އިތުރަށް ބުނީ މި ޒުވާނާ ހޯދުމުގެ މަސައްކަތް ފުލުހުންގެ ޓީމުތަކުން އެ ސަރަހައްދުގައި ކެނޑިނޭޅި ކުރަމުންދާކަމަށާއި އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ލަސްނުކޮށް ފުލުހުންނަށް އެންގުމަށް އެދޭކަމަށެވެ.


