ގަމުން ގެއްލުނު ޒުވާނާ ފެނުނީ ޖޯއްޔެއްގައި އޮއްވައި، ހާލު ރަނގަޅު
އައިޝަތު ނަޝާ
29 ޖުލައި 2026 - 16:37
.jpg&w=3840&q=75)
ލ. ގަމުން ގެއްލިގެން އިއްޔެ ހޯދަން ފެށި ޒުވާނާ، އެ ރަށުގެ ޖޯއްޔެއްގައި އޮއްވައި ފެނިފައިވާ ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށް މިހާތަނަށް ބެލެވޭ ކަމަށް ގަމު ކައުންސިލްގެ ރައީސް އަފްސަލް ޖައުފަރު ވިދާޅުވެއްޖެ އެވެ.
ގަމު ކައުންސިލުގެ އިއުލާނުގައިވާ ގޮތުން ގެއްލިގެން ހޯދަމުން ދިޔައީ 22 އަހަރުގެ ފިރިހެނެކެވެ.

Ad by Hajj Corporation
ގަމު ކައުންސިލުން ރޭ 18:30ހާއިރު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ވަނީ އޭނާ ހެޔޮ ހާލުގައި ހުއްޓާ ފެނިފައިވާކަން އިއުލާންކޮށްފައެވެ. އެ ޒުވާނާގެ އާއިލާއާ ހަވާލާދީ ކައުންސިލުން މީގެ ކުރިން ބުނެފައިވަނީ، އޭނާ ގެއްލިފައިވަނީ ބުދަދުވަހުގެ ރޭ ދަންވަރު 12އިން ފެށިގެން ކަމަށެވެ.
އެ ޒުވާނާގެ ޚަބަރެއް ނުވެ އެހާ ގިނައިރުވީ ކީއްވެ ކަމެއް ސާފެއްނުވެ އެވެ.


