logo
Bank of Maldives

Bank of Maldives

ޚަބަރު

އަހަރުގެ މިހާތަނަށް މާލެ އާއި ބްރިޖްގައި ޖުމްލަ 1,355 އެކްސިޑެންޓް

އައިޝަތު ނަޝާ
30 ޖުލައި 2026 - 10:48
އަހަރުގެ މިހާތަނަށް މާލެ އާއި ބްރިޖްގައި ޖުމްލަ 1,355 އެކްސިޑެންޓް

މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި މާލެ އާއި ބްރިޖް އަދި ހައިވޭ ހިމެނޭ ސަރަހައްދުގައި ޖުމްލަ 1,355 އެކްސިޑެންޓް ހިނގައިގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވާކަމަށް އެ އިދާރާއިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން ހާމަކުރި ގޮތުގައި މިއީ ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 7.49 އެކްސިޑެންޓެވެ.

Ad by Hajj Corporation

Ad by Hajj Corporation

l_178540700257dwST.png

 

މި އެކްސިޑެންޓްތަކުގެ ތެރޭގައި މީހުންނަށާއި މުދަލަށް ބޮޑެތި ގެއްލުންތައް ލިބުނު ހާދިސާތައް ވެސް ހިމެނެއެވެ. މާލެ ސަރަހައްދުގެ މަގުތަކަކީ އެކްސިޑެންޓް ގިނަ, ނުރައްކާ ތަންތަނަށް ވަނީ ވެފައެވެ.

 

View post on Twitter

 

ފުލުހުންގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި އަހަރުގެ ޖަނަވަރީ މަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް އެންމެ ގިނަ އެކްސިޑެންޓް ރެކޯޑުކުރެވިފައިވަނީ ޖަނަވަރީ މަހުގައެވެ. އެ މަހު 253 އެކްސިޑެންޓް ހިނގާފައިވާއިރު، އެންމެ މަދުން އެކްސިޑެންޓް ހިނގާފައިވަނީ ފެބްރުއަރީ މަހުއެވެ. އެއީ 191 އެކްސިޑެންޓެވެ.

l_178540711954r1lC.png

 

މީގެ އިތުރުން މާރިޗު މަހު 236 އެކްސިޑެންޓް، އެޕްރީލް މަހު 232 އެކްސިޑެންޓް، މޭ މަހު 238 އެކްސިޑެންޓް އަދި ޖޫން މަހު 205 އެކްސިޑެންޓް ވަނީ ހިނގާފައެވެ.

އެކްސިޑެންޓްތަކުގެ ބޮޑު އިންސައްތައެއް ހިނގާފައިވަނީ މާލޭގައެވެ. އެގޮތުން ޖުމްލަ އެކްސިޑެންޓްތަކުގެ 83.25 އިންސައްތަ (1,128 އެކްސިޑެންޓް) މާލޭގައި ހިނގާފައިވާއިރު، ބްރިޖާއި ހައިވޭ ސަރަހައްދުގައި ހިނގާފައިވަނީ 16.75 އިންސައްތަ (227 އެކްސިޑެންޓް) އެވެ.އަދި ގާތްގަނޑަކަށް ތިންބައިކުޅަ ދެބައި އެކްސިޑެންޓް ހިނގާފައިވަނީ ދުވާލުގެ ވަގުތުތަކުގައެވެ. އެއީ ދުވާލު 901 އެކްސިޑެންޓާއި ރޭގަނޑު 454 އެކްސިޑެންޓެވެ.

މި ހަ މަސްދުވަހުގެ ތެރޭގައި ހިނގި އެކްސިޑެންޓްތަކުގައި ދެ މީހެއްގެ ފުރާނަ ގެއްލިފައިވާ ކަމަށް ފުލުހުންގެ ރެކޯޑުތަކުން ދައްކައެވެ.ސީރިއަސް އަނިޔާ 31 މައްސަލައެއްގައި ލިބިފައިވާއިރު، 1,322 މައްސަލައެއްގައި ލިބިފައިވަނީ ކުދި އަނިޔާތަކެވެ.

ފުލުހުންގެ ތަފާސްހިސާބުތައް ދައްކާގޮތުން މި ހާދިސާތަކުގައި ޖުމްލަ 1,482 އުޅަނދަކަށް އެކިވަރުގެ ގެއްލުން ލިބިފައިވެއެވެ. އުޅަނދުތަކަށް ލިބުނު ގެއްލުންތަކުގެ ބަދަލުގެ ގޮތުގައި އިންޝުއަރެންސް މެދުވެރިކޮށް ޖުމްލަ 3,284,622 ރުފިޔާ ވަނީ ނަގައިދެވިފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަހަރުގެ މިހާތަނަށް މާލެ އާއި ބްރިޖްގައި ޖުމްލަ 1,355 އެކްސިޑެންޓް ޚަބަރު | 2 ގަޑިއިރު ކުރިންމޫސުން ވަރަށް ގޯސް!ދަތުރުކުރާ ފަރާތްތަކުން ސަމާލުވޭޚަބަރު | 5 ގަޑިއިރު ކުރިން ބައިސްކަލެއްގައި ދިޔަ ބިދޭސީއެއްގެ އަތުން 10،000 ރުފިޔާ ފޭރުނު މީހަކު ހައްޔަރުކޮށްފިޚަބަރު | 7 ގަޑިއިރު ކުރިންގަމުން ގެއްލުނު ޒުވާނާ ފެނުނީ ޖޯއްޔެއްގައި އޮއްވައި، ހާލު ރަނގަޅުޚަބަރު | 20 ގަޑިއިރު ކުރިން