logo
Bank of Maldives

Bank of Maldives

ޚަބަރު

އޭޝިއަން ބޭންކަރސް ކޮންފަރެންސް ސެޕްޓެންބަރު 1ގައި

އައިޝަތު އިނާޝާ
30 ޖުލައި 2026 - 18:02
އޭޝިއަން ބޭންކަރސް ކޮންފަރެންސް ސެޕްޓެންބަރު 1ގައި

އޭޝިއަން ބޭންކަރސް އެސޯސިއޭޝަން (އޭބީއޭ)ގެ 42 ވަނަ އަހަރީ އާންމު ބައްދަލުވުމާއި ކޮންފަރެންސް، މިއަހަރުގެ ސެޕްޓެންބަރު މަހުގެ 1 ވަނަ ދުވަހު ރާއްޖޭގައި ބޭއްވުމަށް ހަމަޖައްސައި، ބީއެމްއެލް އިން އެކަން އިއުލާނުކޮށްފިއެވެ.

މި ކޮންފަރެންސް ބޭއްވުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު މަހުގެ 1 އިން 3 އަށް ނިވަ ކުރުނބާ މޯލްޑިވްސްގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިއީ އޭބީއޭގެ ކޮންފަރެންސެއް ރާއްޖޭގައި ބާއްވާ ދެވަނަ ފަހަރެވެ. މީގެ ކުރިން 2018 ވަނަ އަހަރުވެސް ބީއެމްއެލް އިން ވަނީ މި ކޮންފަރެންސް ރާއްޖޭގައި ކާމިޔާބުކަމާއެކު ބާއްވާފައެވެ. ދެވަނަ ފަހަރަށް މި ފުރުސަތު ބީއެމްއެލްއަށް ލިބުމަކީ އޭޝިއާގެ ބޭންކިންގ ދާއިރާގައި އެ ބޭންކުގެ އިތުބާރާއި ލީޑަރޝިޕް ވަރުގަދަވަމުންދާކަމުގެ ހެއްކެއް ކަމަށް ބީއެމްއެލްއިން ބުނެއެވެ.

މި ކޮންފަރެންސްގައި އޭބީއޭގެ މެންބަރު ޤައުމުތަކުގެ ބޭންކުތަކުގެ ސީއީއޯއިންނާއި، ސީނިއަރ އެގްޒެކްޓިވުންގެ އިތުރުން މާލީ ދާއިރާގެ ބައިނަލްއަޤްވާމީ މާހިރުން ބައިވެރިވާނެއެވެ.

ބީއެމްއެލްއިން ބުނިގޮތުގައި މި ބައްދަލުވުމުގެ މައިގަނޑު މަޤްސަދަކީ ބޭންކިންގ އަދި ފައިނޭންޝަލް ދާއިރާގެ އިސްވެރިން އެއްތަނަކަށް އެއްވެ، ސިނާއަތަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި، އައު ފުރުސަތުތަކުގެ އިތުރުން މާލީ ދާއިރާގެ މުސްތަޤްބަލާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް ޚިޔާލު ބަދަލުކުރުމެވެ.

ރާއްޖޭގައި މި ކޮންފަރެންސް ބީއެމްއެލް އިން ބާއްވާނެކަން ރަސްމީކޮށް އިއުލާންކޮށްފައިވަނީ މިދިޔަ އަހަރު ބޫޓާނުގައި ބޭއްވި އޭބީއޭގެ 41 ވަނަ ކޮންފަރެންސްގައެވެ. މި ބައްދަލުވުމުގެ ތެރެއިން ބީއެމްއެލްއަށް ލިބުނު އަނެއް ބޮޑު ކާމިޔާބީއަކީ، އެ އެސޯސިއޭޝަންގެ ވައިސް ޗެއަރމަންގެ މަގާމަށް ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް އައްޔަންކުރެއްވުމެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށާއި އެގްޒެކްޓިވް ލީޑަޝިޕަށް ބަދަލުތަކެއްވިޔަފާރި | 4 ދުވަސް ކުރިންއަހަރުގެ މިހާތަނަށް ބީއެމްއެލް އިން 478 މިލިޔަން ޑޮލަރު ވިއްކައިފިޚަބަރު | 7 ދުވަސް ކުރިންއޭބީއޭގެ ޗެއާމަންކަމަށް ބީއެމްއެލް ސީއީއޯ މުޙައްމަދު ޝަރީފް އައްޔަންކޮށްފިޚަބަރު | 8 ދުވަސް ކުރިންއޭޝިއަން ބޭންކަރސް ކޮންފަރެންސް ސެޕްޓެންބަރު 1ގައިޚަބަރު | 8 ދުވަސް ކުރިން