logo
Bank of Maldives

Bank of Maldives

ޚަބަރު

ކޮންސްޓްރަކްޝަން ސައިޓްތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އެދިއްޖެ!

އައިޝަތު ނަޝާ
31 ޖުލައި 2026 - 12:54
 ކޮންސްޓްރަކްޝަން ސައިޓްތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އެދިއްޖެ!

މޫސުން ގޯސްވުމުގެ ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން ކޮންސްޓްރަކްޝަން ސައިޓްތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށާއި އަދި އާންމުން މަގުމައްޗަށް ނިކުމެ އުޅޭއިރުސަމާލުކަން ދިނުމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން ( އެޗްޑީސީ)ން އިލްތިމާސްކޮށްފިއެވެ.

އެޗްޑީސީން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ވަނީ ‏މޫސުން ގޯސްވެ، ވައިގަދަވުމުގެ ސަބަބުން ހުޅުމާލޭގެ މަގުމައްޗަށް ވެއްޓޭ ގަސް ނަގާ ސާފުކުރުމުގެ މަސައްކަތް އެޗްޑީސީން މިހާރު ކުރަމުން ގެންދާ ކަމަށާއި އަދި އޭގެ އިތުރުން ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން ކޮންސްޓްރަކްޝަން ސައިޓްތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށާއި އަދި އާންމުން މަގުމައްޗަށް ނިކުމެ އުޅޭއިރު ސަމާލުކަން ދިނުމަށް އިލްތިމާސްކުރައްވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

View post on Twitter

 

މީގެއިތުރުން އެޗްޑީސީން ވަނީ، މޫސުން ގޯސްވުމުގެ ސަބަބުން އެއްވެސް އެހީތެރިކަމެއް ނުވަތަ ކުއްލި ހާލަތެއްގައި އެހީއެއް ބޭނުންވެއްޖެނަމަ، އެޗްޑީސީގެ ކޯލް ސެންޓަރު 1516 އަށް ގުޅުމަށްއެދިފައެވެ. އަދި އެޗްޑީސީން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށާއި، ކަމާބެހޭ އިދާރާތަކުން ދޭ އިރުޝާދުތަކަށް ސަމާލުވުމަށާއި، އެކަކު އަނެކަކަށް އެހީތެރިވެ އަޅާލުމުގައި ދެމިތިބުމަށް އިލްތިމާސްކޮށްފައެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގައި އެކި ހިސާބުތަކަށް މޫސުން ގޯސްވަމުންދާތީ، ހާއްސަކޮށް ކުދި އުޅަނދުފަހަރުގައި ދަތުރުކުރާ ފަރާތްތަކުން ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރުމަށް ކަމާބެހޭ އިދާރާތަކުން އިލްތިމާސްކުރައްވައެވެ.

ގުޅުންހުރި

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައީސްގެ އިރުޝާދާއެކު އެޗްޑީސީން ފްލެޓްތަކުގެ ބެލްކަންޏާއި ކުޑަދޮރުތައް މަރާމާތުކޮށްދެނީޚަބަރު | 9 ދުވަސް ކުރިންޓަވަރުތަކުގައި ކުޑަދޮރުތަކާއި ބެލްކަނީގައި ރެއިލިން ހަރުކުރަނީޚަބަރު | 12 ދުވަސް ކުރިންވިލުންތެރި ކަނބަލުން ޕްރޮގްރާމް ނިންމި 264 ބައިވެރިންނަށް ސެޓްފިކެޓްދީފިޚަބަރު | 18 ދުވަސް ކުރިންއެމްޓީސީސީ ހިޔާ މަޝްރޫޢަށް ބިމެއް ހަމަޖެއްސުމަށް އެޗްޑީސީއާއެކު މަޝްވަރާކޮށްފިޚަބަރު | 25 ދުވަސް ކުރިން