logo
Bank of Maldives

Bank of Maldives

ޚަބަރު

މަގު ހެދުމުގެ މަސައްކަތް ނިމެންދެން R11 ރޫޓުގެ ބަހުގެ ހިދުމަތް މެދުކެނޑޭނެ

މުހައްމަދު މޫސާމުހައްމަދު މޫސާ
2 އޯގަސްޓު 2026 - 17:12
މަގު ހެދުމުގެ މަސައްކަތް ނިމެންދެން R11 ރޫޓުގެ ބަހުގެ ހިދުމަތް މެދުކެނޑޭނެ

އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް ކުރިއަށްދާތީ، އެ ސަރަހައްދުގެ ބައެއް މަގުތައް ބަންދުކުރުމާ ގުޅިގެން އާރްޓީއެލްގެ ބައެއް ރޫޓުތަކުގެ ބަހުގެ ހިދުމަތަށް ބޮޑެތި ބަދަލުތަކެއް ގެނެސްފިއެވެ.

އެމްޓީސީސީން ބުނިގޮތުގައި މި ބަދަލުތަކުގެ ތެރެއިން R11 ރޫޓުގެ ބަހުގެ ހިދުމަތް މަސައްކަތް ނިމެންދެން މުޅިން މެދުކަނޑާލުމަށް ވަނީ ނިންމާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެމްޓީސީސީން މައުލޫމާތު ދީފައިވާ ގޮތުގައި، އަމީނީމަގުގެ މަރާމާތަށް އިއްޒުއްދީން މަގުން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލާ ހަމައަށް އޮންނަ ސަރަހައްދު މިރޭ 12:00 އިން ފެށިގެން ބަންދުކުރާނެއެވެ. މި މަސައްކަތް މި މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ ކަމަށް ލަފާކުރެވެއެވެ.

މަގު ބަންދުކުރުމާ ގުޅިގެން އައިޖީއެމްއެޗް، ދަރުމަވަންތަ ހޮސްޕިޓަލް އަދި ސޯޝަލް ސެންޓަރު ކައިރީގައި ހުންނަ ބަސް ސްޓޮޕްތަކަށް ބަހުގެ ހިދުމަތް ވަނީ މެދުކަނޑާލާފައެވެ. މީގެ އިތުރުން R10 ރޫޓުގެ ބަސްތައް ދަރުމަވަންތަ ބަސް ސްޓޮޕްގެ ބަދަލުގައި ދެން މަޑުކުރާނީ ވެސްޓް ޕާކް ކައިރީގައި ހުންނަ ބަސް ސްޓޮޕަށެވެ.

އަދި R1، R3، R7 އަދި R15 ރޫޓުގެ ބަސްތަކުގެ ހިދުމަތަށް ވެސް ވަނީ ބަދަލު ގެނެސްފައެވެ. މި ރޫޓުތަކުގެ ބަސްތައް އެންމެ ފަހު މަންޒިލެއްގެ ގޮތުގައި މަޑުކުރާނީ މާފަންނު ބަސް ޓާމިނަލަށެވެ. މި ބަދަލުތަކަކީ މަގު ހެދުމުގެ މަސައްކަތް ކުރިއަށްދާ ވަގުތު އާންމު ދަތުރުފަތުރަށް ދިމާވެދާނެ ދަތިތައް ކުޑަކުރުމަށް އެޅި ފިޔަވަޅުތަކެކެވެ.

މަގު ބަންދުކޮށްގެން ކުރިއަށްގެންދާ މި މަސައްކަތް ނިމުމުން، ބަހުގެ ހިދުމަތްތައް އަލުން ކުރިއެކޭ އެއްގޮތަށް އިއާދަކުރެވޭނެ ކަމަށް ބެލެވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މަގު ހެދުމުގެ މަސައްކަތް ނިމެންދެން R11 ރޫޓުގެ ބަހުގެ ހިދުމަތް މެދުކެނޑޭނެޚަބަރު | ގަޑިއިރެއް ކުރިންއަމީނީމަގު މަރާމާތު ކުރުމަށް ސާވޭ ކޮށްފިޚަބަރު | 5 ދުވަސް ކުރިންރާއްޖޭގެ އެންމެ ބޮޑު ކޯޓު ކޮމްޕްލެކްސް ހުޅުމާލޭގައި އަޅަން ހަވާލުކޮށްފިޚަބަރު | 8 ދުވަސް ކުރިންތަކުރު މަގު ބަލައިލަން މާލެއަށް: ''މިކޮށްދިނީ ހާދަބޮޑު ފަސޭހައެކޭ!''ރިޕޯޓް | 8 ދުވަސް ކުރިން