logo
MPL - Maldives Maritime Conference

MPL - Maldives Maritime Conference

ޚަބަރު

ޓެކްސީގެ މައްސަލަ ހައްލުކުރުމަށް ގިނަ ފިޔަވަޅުތަކެއް

އާމިނަތު ޝަފާ
18 އޮކްޓޯބަރު 2024 - 13:29
ޓެކްސީ ކިއޫއެއް
ޓެކްސީ ކިއޫއެއް

ފަހަކަށް އައިސް ބޮޑުވެފައިވާ ޓެކްސީގެ މައްސަލަތައް ހައްލުކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީގެ ފަރާތުން ގިނަ މަސައްކަތްތަކެއް ކޮށްފިއެވެ.

އެގޮތުން ޓެކްސީ ޑްރައިވަރުންގެ ދަފްތަރެއް އެކުލަވާލައި، ޓެކްސީ ކުރާ ފަރާތްތަކަކީ އާންމު އުސޫލުން ވަޒީފާ އަދާކުރާ ފަރާތްތަކެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ.  

Ad by Hajj Corporation

Ad by Hajj Corporation

މީގެ އިތުރުން، އެއަރޕޯޓް ޓެކްސީ ކިޔުއަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމަށް ކިޔު ތަރުތީބުން ޚިދުމަތް ދެވޭނެ ގޮތް ވަނީ ހަމަޖައްސަވާފައެވެ.  މީގެއިތުރުން ޓެކްސީ އަދި ޓެކްސީ ޑްރައިވަރުންނާ ބެހޭ ޝަކުވާތައް ހުށަހެޅުމަށް ޚާއްސަ ކިޔުއާރް ކޯޑެއް ތަޢާރަފްކޮށް، މައްސަލަ ހުށަހެޅުމުން އެ މައްސަލަ ބަލައި މިހާރު ދަނީ ފިޔަވަޅު އަޅަމުންނެވެ. އަދި މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ޓެކްސީ ސެންޓަރުތައް ގަވާއިދަށް ފެތޭތޯ ބަލައި މިހާރު ދަނީ ގަވާއިދުން މޮނިޓަރ ކުރަމުންނެވެ.

 ޓެކްސީ ދަތުރުތައް ކުރެވޭނެ އަގުތައް ވެސް މިހާރު މުރާޖާކުރެވިފައިވާއިރު ޓެކްސީ ޕާކުކުރުމަށް ވަކިން ޚާއްސަ ބިމެއް ހުޅުމާލެއިން ވަގުތީ ގޮތުން ވަނީ ކަނޑައަޅާފައެވެ. 

 މި ފިޔަވަޅުތަކުގެ ސަބަބުން ޓެކްސީގެ ޚިދުމަތް އިތުރަށް ހަރުދަނާވެ، ރައްޔިތުންނަށް ލުއިފަސޭހަ ގޮތެއްގައި މި ޚިދުމަތް ލިބިގެންދާނެކަމަށާއި އަދި ކުރިއަށް އޮތް ތަނުގައިވެސް ޓެކްސީގެ ޚިދުމަތް އިތުރަށް ރަނގަޅުކުރުމަށް މިނިސްޓްރީގެ ފަރާތުން މަސައްކަތްކުރާނެކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން މައުލޫމާތުދެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެޕްލިކޭޝަން މެދުވެރިކޮށް ޓެކްސީ ކުރާނަމަ ހާއްސަ ހުއްދައެއް ނެގުން މަޖުބޫރުޚަބަރު | 2 މަސް ކުރިންއިތުރު އަތޮޅެއްގައި އަންނަ މަހު އާރްޓީއެލް ޚިދުމަތް ފަށަނީޚަބަރު | 2 މަސް ކުރިން60 އަހަރުން މަތީގެ މީހުންނަށް ހާއްސަ ލައިސަންސަކާއެކު ވެހިކަލް ދުއްވޭނެ!ޚަބަރު | އަހަރެއް ކުރިންރޯދަމަހު މާލޭގައި މުދާ އުފުލުމުގެ ގަޑިތަކަށް ބަދަލު ގެނެސްފި ޚަބަރު | އަހަރެއް ކުރިން