logo
MPL - Maldives Maritime Conference

MPL - Maldives Maritime Conference

ޚަބަރު

ރޯދަމަހު މާލޭގައި މުދާ އުފުލުމުގެ ގަޑިތަކަށް ބަދަލު ގެނެސްފި

އާމިނަތު ޝަފާ
7 މާރިޗު 2025 - 06:25
ރޯދަމަހު މާލޭގައި މުދާ އުފުލުމުގެ ގަޑިތަކަށް ބަދަލު ގެނެސްފި

ރަމަޟާން މަހާއި ޝައްވާލް މަހުގެ ކުރީކޮޅު މާލޭގައި މުދާ އުފުލުމުގެ ގަޑިތަކަށް ބަދަލުތަކެއް ގެނެސްފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ ރަމަޟާން މަހުގެ 1 ވަނަ ދުވަހުން ފެށިގެން 19 ވަނަ ދުވަހުގެ ނިޔަލަށް، އަދި ޝައްވާލް މަހުގެ 1 އިން 7 ވަނަ ދުވަހުގެ ނިޔަލަށް މުދާ އުފުލުމަށް ބޭނުންކުރާ އުޅަނދުތަކާއި ބަރު އުޅަނދުތައް ދުއްވޭނީ ހެނދުނު 9:30 އިން 16:30 އަށް އަދި ރޭގަނޑު 20:00 އިން ފަތިހު 8:00 އަށްކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރަމަޟާން މަހުގެ 20 ވަނަ ދުވަހުން ފެށިގެން ރަމަޟާން މަހުގެ ނިޔަލަށް މުދާ އުފުލުމުގެ ގަޑިތައް ވަނީ ތަފާތުކޮށްފައެވެ. މި މުއްދަތުގައި މުދާ އުފުލޭނީ ހެނދުނު 6:00 އިން 16:30 އަށް އަދި ރޭގަނޑު 20:00 އިން ފަތިހު 6:00 އަށެވެ.

މި ގަވާއިދާ ޚިލާފުވާ ފަރާތްތައް އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ ދަށުން 750 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ. މި ބަދަލުތައް ގެނެވިފައިވަނީ ރޯދަމަހު މާލޭގެ މަގުތަކުގައި ޓްރެފިކް ތޮއްޖެހުން ކުޑަކުރުމަށާއި، ރަމަޟާން މަހުގެ އަޅުކަންތަކަށް ފަސޭހަވާނެ ގޮތަށް ރިއާޔަތްކޮށްކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެޕްލިކޭޝަން މެދުވެރިކޮށް ޓެކްސީ ކުރާނަމަ ހާއްސަ ހުއްދައެއް ނެގުން މަޖުބޫރުޚަބަރު | 2 މަސް ކުރިންއިތުރު އަތޮޅެއްގައި އަންނަ މަހު އާރްޓީއެލް ޚިދުމަތް ފަށަނީޚަބަރު | 2 މަސް ކުރިން60 އަހަރުން މަތީގެ މީހުންނަށް ހާއްސަ ލައިސަންސަކާއެކު ވެހިކަލް ދުއްވޭނެ!ޚަބަރު | އަހަރެއް ކުރިންރޯދަމަހު މާލޭގައި މުދާ އުފުލުމުގެ ގަޑިތަކަށް ބަދަލު ގެނެސްފި ޚަބަރު | އަހަރެއް ކުރިން