logo
Bank of Maldives

Bank of Maldives

ޚަބަރު

މޯލްޑިވްސް މެރިން ސައިންސް ސިމްޕޯސިއަމް ފަށައިފި

އައިޝަތު ނަޝާ
4 އޯގަސްޓު 2026 - 08:20
މޯލްޑިވްސް މެރިން ސައިންސް ސިމްޕޯސިއަމް ފަށައިފި

މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓް، އެމްއެމްއާރުއައި އިން ކޮންމެ ދެ އަހަރުން އެއްއަހަރު ބާއްވާ މޯލްޑިވްސް މެރިން ސައިންސް ސިމްޕޯސިއަމްގެ ހަވަނަ ސިމްޕޯސިއަމް، މިއަދު ފަށައިފި އެވެ.

މޯލްޑިވްސް ނޭޝަނަލް ޔުނިވާރސިޓީގެ ސެންޓްރަލް އޯޑިޓޯރިއަމްގައި މާދަމާގެ ނިޔަލަށް ކުރިއަށްދާ މި ސިމްޕޯސިއަމް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް އަޙުމަދު ޝިޔާމްއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ސިމްޕޯޒިއަމް ސިލްސިލާގެ ބޭނުމަކީ ދިވެހި ރާއްޖޭގެ ކަނޑުގެ ވަސީލަތްތަކާއި ދިރުންތަކާއި ގުޅޭގޮތުން ކުރެވެމުންދާ ދިރާސަތަކާއި އެ ދިރާސާތަކުގެ ނަތީޖާތައް އާއްމުންނާއި ހިއްސާކޮށް މިފަދަ މަސައްކަތްތައް ކުރާ ފަރާތްތަކުގެ މެދުގައި މަޢުލޫމާތު ބަދަލުކޮށް ރާއްޖޭގައި މެރިން ސައިންސް ގެ ދާއިރާ ކުރިއެރުވުމެވެ. މެރިން ސައިންސް ސިމްޕޯޒިއަމް އަކީ މި ދާއިރާއިން ރާއްޖޭގައި ބާއްވާ މިފަދަ ހަމައެކަނި ބައްދަލުވުން ކަމުން މިއީ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ލިބޭނެ ނުހަނު އަގުހުރި ފުރުސަތެކެވެ.

763824750_122113552623298442_5573069820157525182_n-1785823874283.webp

 

މިއީ 2016 ވަނަ އަހަރުން ފެށިގެން ބާއްވަމުން ގެންދާ އިވެންޓެކެވެ. މިސިމްޕޯސިއަމްގެ އަމާޒަކީ، ރާއްޖޭގެ ކަނޑުތަކުގައި ކުރާ ތަފާތު ދިރާސާތައް އެއް ތަނެއްގައި ހިއްސާކޮށް މަޝްވަރާ ކުރުމަށް މަގުފަހިކޮށްދިނުމެވެ. ދެ ދުވަހުގެ މުއްދަތަށް ބާއްވާ މިސިމްޕޯސިއަމްގައި މިއަހަރު ހުށަހެޅުމަށް ހަމަޖެހިފައިވަނީ ޖުމްލަ 47 ދިރާސާއެވެ. މީގެ ތެރޭގައި 32 އޯރަލް ޕްރެޒެންޓޭޝަނާއި 15 ޕޯސްޓަރ ޕްރެޒެންޓޭޝަން ހިމެނެއެވެ.

މި ފިހަރުގެ ސިމްޕޯޒިއަމްއަށް ހުށަހެޅިފައިވާ ކަރުދާސްތައް މައިގަނޑުގޮތެއްގައި ބެހިގެން ދަނީ ފަސް ދާއިރާއަކަށެވެ.

މި ދާއިރާތަކަކީ: 'ކޮރަލް ރީފްސް، ރެސްޓޯރޭޝަން އެންޑް ކްލައިމެޓް ޗޭންޖް'، 'ފިޝަރީޒް، ގަވަރނަންސް އެން ސޮސައިޓީ'، 'ސީ ޓާޓަލްސް އިކޮލޮޖީ، 'ހެލްތް އެންޑް ކޮންޒަރވޭޝަން'، 'ޝާކްސް، ރޭސް އެންޑް އަދަރ މެރިން މެގަފައުނާ'، އަދި 'ކޯސްޓަލް އިކޯސިސްޓަމްސް އެންޑް ސީބާރޑްސް' އެވެ. މި ސިމްޕޯސިއަމްގައި ދިވެހިރާއްޖޭގައި ކަނޑުތަކުގެ ދިރާސާތައް ކުރުމުގައި ހަރަކާތްތެރިވާ ޖަމްއިއްޔާތަކާއި، ޔުނިވަރސިޓީތަކުން ކޮށްފައިވާ ދިރާސާތައް ހުށަހެޅުމަށް ހަމަޖެހިފައިވެ އެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މޯލްޑިވްސް މެރިން ސައިންސް ސިމްޕޯސިއަމް ފަށައިފިޚަބަރު | 2 ގަޑިއިރު ކުރިންކެބިނެޓަށް ބޮޑު ބަދަލެއްޚަބަރު | 4 މަސް ކުރިންގޮއިދޫގައި ގާއިމް ކުރާ، ގްރީހައުސްތަކުގެ 75 އިންސައްތަ ނިމިއްޖެ ޚަބަރު | 7 މަސް ކުރިން"ނޭޝަނަލް އެގްރޯފޮރެސްޓްރީ ޕޮލިސީ" ގުޅޭގޮތުން މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިޚަބަރު | 7 މަސް ކުރިން