logo
Bank of Maldives

Bank of Maldives

ޚަބަރު

ރައީސްގެ ދެކަނބަލުނަށް އުކުޅަހުން ހޫނު މަރުޙަބާއެއް

އައިޝަތު އިނާޝާ
5 އޯގަސްޓު 2026 - 05:53
ރައީސްގެ ދެކަނބަލުނަށް އުކުޅަހުން ހޫނު މަރުޙަބާއެއް

ރައީސުލްޖުމްހުރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އއ. އުކުޅަހަށް މިއަދު ވަޑައިގަންނަވައިފިއެވެ.

މި ދަތުރުފުޅުގައި ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސް ސުޕްރީމް އޮޑިޓް އިންސްޓިޓިއުޝަންސް (ސިޑްސް-އެސް.އޭ.އައި) ސިމްޕޯޒިއަމް ނިންމުމާއި، އިންޓޮސާއީ ޑިވެލޮޕްމެންޓް އިނީޝިއޭޓިވް (އައި.ޑީ.އައި) ގްލޯބަލް ސަމިޓް ފެށުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަންނަވާނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އުކުޅަހަށް ވަޑައިގަތުމުން، އުކުޅަހު ކައުންސިލާއި އެކިއެކި މުއައްސަސާތަކުގެ ވެރިންގެ އިތުރުން ގިނަ އަދަދެއްގެ އާންމު ރައްޔިތުން ވަނީ ހޫނު މަރުހަބާއެއް ދަންނަވާފައެވެ. މި ދަތުރުފުޅުގައި އެ ދެކަނބަލުންގެ އަރިހުގައި ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ސަރުކާރުގެ އޮފީސްތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވެރިން ބައިވެރިވެވަޑައިގަންނަވައެވެ.

ރައީސުލްޖުމްހޫރިއްޔާ އުކުޅަހަށް ކުރައްވާ މި ދަތުރުފުޅުގައި އެރަށު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ރަށުގެ ތަރައްޤީއަށާއި އާންމު ރައްޔިތުންގެ ކުރިއެރުމާއި ލާބައަށް ސަރުކާރުން ކުރިއަށްގެންދަވާ ބައެއް މަޝްރޫޢުތަކާގުޅޭ ހަފުލާތަކުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

''ޤައުމު ހަލަބޮލިކޮށް، ހަމަނުޖެހުން އުފައްދައިފިނަމަ އިޤްތިޞާދު ބޮޑު އަދަވަޅަކަށް ވެއްޓި، ތަކުލީފު މުޅި ރައްޔިތުންނަށް''ރިޕޯޓް | 18 ގަޑިއިރު ކުރިންސަރުކާރު ކުންފުނިތަކަށް ބިން ދެވޭ ގޮތަށް ގަވާއިދު އިސްލާހު ކޮށްފިޚަބަރު | 2 ދުވަސް ކުރިންއުކުޅަސް ދަތުރުފުޅަށް ފަހު، ރައީސް މާލެ ވަޑައިގެންފިޚަބަރު | 2 ދުވަސް ކުރިންއުކުޅަހު ގޮނޑުދޮށް ހިމާޔަތްކުރުމުގެ އަމަލީ މަސައްކަތް މިމަސްތެރޭގައި ފަށަނީޚަބަރު | 2 ދުވަސް ކުރިން