logo
Bank of Maldives

Bank of Maldives

ޚަބަރު

އަމާން ދޯދި ޓަވަރުތައް ކައިރި ސާފުކުރުމުގެ މަސައްކަތް އެޗްޑީސީން ފަށައިފި

އައިޝަތު ނަޝާ
8 އޯގަސްޓު 2026 - 07:43
އަމާން ދޯދި ޓަވަރުތައް ކައިރި ސާފުކުރުމުގެ މަސައްކަތް އެޗްޑީސީން ފަށައިފި

"މަދިރިން ރައްކާ" ކެމްޕޭންގެ ދަށުން އަމާން ދޯދި ޓަވަރުތައް ކައިރި ސާފުކުރުމުގެ މަސައްކަތް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފަށައިފި އެވެ.

މިއަދު ހެނދުނު އެ ސަރަހައްދު ސާފުކުރަން ފަށާފައިވަނީ އެޗްޑީސީއާއި މުޖުތަމައުގެ ހިލޭސާބަހަށް މަސައްކަތް ކުރާ ފަރާތްތަކުގެ އެހީތެރިކަމާއެކުގަ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

"މަދިރިން ރައްކާ" ޕްރޮގްރާމުގެ ދަށުން ހުޅުމާލޭގެ ބައެއް ސަރަހައްދުތައް ފޮގުކުރުމާއެކު ސާފުކުރުމުގެ މަސައްކަތް މީގެ ކުރިން ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

HPLqHsEbIAA-IO5.jpg

 

އެޗްޑީސީން މީގެ ކުރިން ބުނެފައިވާ ގޮތުގައި އެ ޕްރޮގްރާމުގެ ދަށުން ކޮންމެ ހޮނިހިރު ދުވަހަކު ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ސާފުކުރުމުގެ ހަރަކާތްތައް ކުރިއަށް ގެންދާނެއެވެ. މިއީ މުޖުތަމައުގެ ބައިވެރިވުން އިތުރު ކުރުމަށާއި، ތިމާވެށި ރައްކާތެރި ކުރުމުގެ ޒިންމާ އަށަގެންނެވުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ކުރިއަށް ގެންދެވޭ ހަރަކާތެކެވެ.

HPLqIswaoAALdug.jpg

 

މަދިރި މަދު ކުރުމަށާއި، މަދިރީގެ ޒަރިއްޔާއިން ފެތުރޭ ބަލިތަކުގެ ނުރައްކާ ކުޑަކުރުމަށް އާންމުކޮށް ކުރިއަށްގެންދާ މަދިރި ކޮންޓްރޯލް ކުރުމުގެ ޕްރޮގްރާމުގެ ދަށުން މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން ޖުލައި މަހުގެ ނިޔަލަށް، ހުޅުމާލެ ފޭސް 1 އަދި ފޭސް 2 ގައިވެސް ވަނީ އެޗްޑީސީން ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައީސްގެ އިރުޝާދާއެކު އެޗްޑީސީން ފްލެޓްތަކުގެ ބެލްކަންޏާއި ކުޑަދޮރުތައް މަރާމާތުކޮށްދެނީޚަބަރު | 9 ދުވަސް ކުރިންޓަވަރުތަކުގައި ކުޑަދޮރުތަކާއި ބެލްކަނީގައި ރެއިލިން ހަރުކުރަނީޚަބަރު | 12 ދުވަސް ކުރިންވިލުންތެރި ކަނބަލުން ޕްރޮގްރާމް ނިންމި 264 ބައިވެރިންނަށް ސެޓްފިކެޓްދީފިޚަބަރު | 18 ދުވަސް ކުރިންއެމްޓީސީސީ ހިޔާ މަޝްރޫޢަށް ބިމެއް ހަމަޖެއްސުމަށް އެޗްޑީސީއާއެކު މަޝްވަރާކޮށްފިޚަބަރު | 25 ދުވަސް ކުރިން