logo
Bank of Maldives

Bank of Maldives

ކުޅިވަރު

ބީއެމްއެލް ވީރަން ކޯޕަރޭޓްސް ކާމިޔާބުކަމާއެކު ނިންމާލައިފި

އައިޝަތު ނަޝާ
8 އޯގަސްޓު 2026 - 07:50
ބީއެމްއެލް ވީރަން ކޯޕަރޭޓްސް ކާމިޔާބުކަމާއެކު ނިންމާލައިފި

ވީރަން މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ބޭއްވި ރާއްޖޭގެ ފުރަތަމަ ކޯޕަރޭޓް ރަން "ބީއެމްއެލް ވީރަން - ކޯޕަރޭޓްސް" މިއަދު ކްރޮސްރޯޑްސް މޯލްޑިވްސްގައި ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

މިއީ ކުންފުނިތަކާއި، މުއައްސަސާތަކުގެ މުވައްޒަފުންގެ މެދުގައި ދުޅަހެޔޮ ދިރިއުޅުމުގެ އާދަތައް އަށަގެންނެވުމާއި ގުޅިގެން މަސައްކަތްކުރުމުގެ ރޫހު އާލާކުރުމުގެ މަގްސަދުގައި ބޭއްވި ހަރަކާތެކެވެ. ވީރަން މޯލްޑިވްސް އިން އިންތިޒާމުކުރި މި ހަރަކާތަކީ ބޭންކް އޮފް މޯލްޑިވްސްއާއެކު ވެފައިވާ ޕާޓްނަރޝިޕްގެ ދަށުން އެ ބޭންކުން އެހީތެރިކަން ފޯރުކޮށްދީގެން ބޭއްވި ހަރަކާތެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

 

View post on Twitter

 

ބޭންކް އޮފް މޯލްޑިވްސް އިން ބުނީ މި ކޯޕަރޭޓް ރިލޭ ރޭހަކީ ރާއްޖޭގައި ހަރަކާތްތެރިވާ ކުންފުނިތަކާއި، އިދާރާތަކާއި، ޖަމްޢިއްޔާތަކަށް ޚާއްސަކޮށްގެން، ކޮންމެ ބައިވެރިޔަކު އެއް ކިލޯމީޓަރު ދުވާ ގޮތަށް، ފަސް ދުވުންތެރިންގެ މައްޗަށް އެކުލެވޭ ރިލޭ ފޯމެޓަކަށް ކުރިއަށްގެންދިޔަ ރޭހެއްކަމަށެވެ.

މިއީ ރާއްޖޭގެ ތާރީހުގައި ބޭއްވި އެންމެ ފުރަތަމަ ކޯޕަރޭޓް ރިލޭ ރޭސްކަން ފާހަގަކުރަމުން ގައުމީ ބޭންކުން ވަނީ މިއީ ރޭސް ނިންމުމަށް ހޭދަވާ ވަގުތު ބެލުމަށް ޗިޕެއް ރިލޭގެ ބެޓަންގެ އެތެރޭގައި ހިމަނައިގެން ރާއްޖޭގައި ކުރިއަށްގެންދިޔަ ފުރަތަމަ ހަރަކާތްކަން ވެސް ފާހަގަކޮށްފައެވެ.

ބޭންކުން ބުނީ މި ދުވުމުގައި 18 ޓީމަކުން ބައިވެރިވިކަމަށެވެ.  އޭގެ ތެރޭގައި 11 ފިރިހެން ޓީމާއި ހަތް އަންހެން ޓީމު ހިމެނެއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަލަށް ހުޅުވާ ބީއެމްއެލް އެކައުންޓްތަކަށް އިސްލާމިކް ބޭންކިން އުސޫލުން ފޯރުކޮށްދެނީވިޔަފާރި | 16 ގަޑިއިރު ކުރިން އީ-ކޮމާސް ޕްލެޓްފޯމްތަކުން ދިވެހި ރުފިޔާ ކާޑުން ކުރާ މުއާމަލާތްތަކަށް ލިމިޓެއް ކަނޑައަޅައިފިވިޔަފާރި | 16 ގަޑިއިރު ކުރިންއެއްވަގުތެއްގައި އެންމެ ގިނަ މީހުން ސްނޯކްލިންގް ހެދުމުގެ ރެކޯޑް ބީއެމްެލްއިން ގާއިމްކޮށްފިވިޔަފާރި | 7 ދުވަސް ކުރިންއަންހެން ދަރިވަރުންނަށް ބީއެމްއެލް އިން ހިންގާ އައިސިޓީ ޕްރޮގްރާމް ށ. އަތޮޅު ދެރަށެއްގައި ކުރިޔަށް ގެންގޮސްފިވިޔަފާރި | 21 ދުވަސް ކުރިން