logo
MPL

MPL

ޚަބަރު

ސަރުކާރުގެ އަަމާޒަކީ ވަޒީފާގެ ބާޒާރު މިހާރަށް ވުރެ އިތުރަށް ފުޅާކުރުން: އިޙްސާން

އައިޝަތު ނަޝާ
10 އޯގަސްޓު 2026 - 08:08
ސަރުކާރުގެ އަަމާޒަކީ ވަޒީފާގެ ބާޒާރު މިހާރަށް ވުރެ އިތުރަށް ފުޅާކުރުން: އިޙްސާން

ސަރުކާރުގެ އަަމާޒަކީ ވަޒީފާގެ ބާޒާރު މިހާރަށް ވުރެ އިތުރަށް ފުޅާކުރުމަށް މަސައްކަތް ކުރުން ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

"މައި ކެރިއަރ ޕޯޓަލް" އިފްތިތާޙުކޮށްދެއްވާ ވާހަކަ ދައްކަަވަމުން ވަޒީރު ވިދާޅުވީ ސަރުކާރުގެ އަަމާޒަކީ ވަޒީފާގެ ބާޒާރުގައި އިތުރު ވަޒީފާތައް އުފައްދާ ވަޒީފާ ނެތް ފަރާތްތަކަށް ކެރިއަރ ގައިޑެންސް އާއި ސްކިލްސް ޑިވްލޮޕްމަންޓްދީގެން ވަޒީފާގެ ބާޒާރަށް މީހުން ނެރުން ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި އެއް ޕްލެޓްފޯމަކުން ވަޒީފާގެ ކަންކަން ބަލާލެވޭނެ ގޮތެއް ފާއިތުވި ދުވަސްތަކުގައި ފެންނަން ނެތްކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ މަސައްކަތް ކުރައްވަނީ ލުއި ފަސޭހަކަމާއެކީ ހައްލު ގެނެވޭނެ ގޮތްތަކަކީ ކޮބައިތޯ ބެލުން ކަމަށެވެ.

އެގޮތުން ނޭޝަނަލް ކެރިއަރ ސަރވިސް އިން މިއަދު ތަޢާރަފްވެގެން މިދާ މައި ކެރިއަރ ޕޯޓަލްއަކީ މިދެންނެވި ހުރިހާ ކަންކަމަށް ކޮންމެވެސް ވަރެއްގެ ހައްލުތަކެއް ލިބިގެން ދާނެ ޕޯޓަލެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީފާދޭ އަމިއްލަ ފަރާތްތަކާއި ދައުލަތުގެ އިދާރާތަކާއި އަދި ވަޒީފާ ހޯދަން އުޅޭ ފަރާތްތަކަށް އެއް ޕްލެޓްފޯމަކުން ފަސޭހަކަމާއެކު ގުޅުވާލެވޭނެ މަގެއް. ކެރިއަރ ސަރވިސް ބޭނުންވާ ފަރާތްތަކަށް ޕްރޮފެޝަނަލް އަދި ސީދާ އެކަމަށް ޙާއްސަކުރެވިފައިވާ ފަރާތްތަކަށްދޭ ކެރިއަރ ގައިޑެންސް ލިބިގެންދާނެ ޕްލެޓްފޯމެއް މިއީ. އިޙްސާން

ވަޒީފާދޭ ފަރާތްތަކުން މައި ކެރިއަރ ޕޯޓަލްގަ ރަޖިސްޓްރީވުމަށް ވަޒީރު ވަނީ އިލްތިމާސްކުރައްވާފައެވެ.މައި ކެރިއަރ ޕޯޓަލަކީ ދިވެހިރާއްޖޭގެ ވަޒީފާގެ ބާޒާރާއި، މުވައްޒަފުން ހޯދުމުގެ ނިޒާމުގެ އިތުރުން ކެރިއަރ ޑިވެލޮޕްމަންޓްގެ ޚިދުމަތްތައް އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދިނުމަށްޓަކައި ފަރުމާކޮށްފައިވާ ޕޯޓަލްއެކެވެ.

މިމަސައްކަތަށް ފަންޑްކޮށްފައި ވަނީ ވޯލްޑްބޭންކުގެ އެހީގައި ކުރިއަށްގެންދާ "ސެއިލްސް" (SAILS) ޕުރޮޖެކްޓުންނެވެ. މި ޕޯޓަލްގެ މައިގަނޑު މަޤްޞަދަކީ ވަޒީފާ ހޯދާ ފަރާތްތަކާއި، ވަޒީފާދޭ ފަރާތްތަކުގެ އިތުރުން ކެރިއަރ އެޑްވައިޒަރުން އެއް ވިއުގައަކުން ގުޅުވާލައި، ރާއްޖޭގެ މަސައްކަތްތެރިކަމުގެ ދާއިރާ އިތުރަށް ހަރުދަނާކޮށް ލުއިފަސޭހަ ނިޒާމެއް ޤާއިމުކުރުމެވެ.

މި މަސައްކަތްތަކަކީ ވެސް، ދިވެހިންނަށް އިސްކަންދޭ ވަޒީފާގެ ބާޒާރެއް ޤާއިމުކުރުމުގެ ސިޔާސަތުގެ ދަށުން، ޤާބިލު އަދި ހުނަރުވެރި ޒުވާން މަސައްކަތްތެރި ޖީލެއް ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ރިޔާސީ ވަޢުދުފުޅާ އެއްގޮތްވާ ގޮތުގެ މަތިން މޯލްޑިވްސް 2.0ގެ ތެރެއިން ކުރެވިގެންދާ މަސައްކަތެކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޕެރޯލްގެ ދަށުން ޤާނޫނާ ހިލާފަށް މީހަކު ދޫކުރި މައްސަލާގައި އެ ބޯޑުގެ މެމްބަރުން ވަކިކޮށްފިޚަބަރު | 3 ގަޑިއިރު ކުރިންއަންނަ މެއި މަހު ބިދޭސީންގެ މައްސަލަ އެއްކޮށް ހައްލުކުރާނަން: އިހްސާންޚަބަރު | 9 ދުވަސް ކުރިންބްލެކްމާކެޓުގައި ޑޮލަރު ވިއްކާ 9 ފަރާތެއް ވަނީ ޑިޓެންޝަނަށް ގެންގޮސްފައި:ވަޒީރު އިހްސާންޚަބަރު | 22 ދުވަސް ކުރިން3 ވުޒާރާގެ އަލިފާނުގެ ހާދިސާ: ޔާމީން ކުރެއްވި ތުހުމަތުތަކުގެ ހަގީގަތް ހޯދަން އަންގައިފިޚަބަރު | މަހެއް ކުރިން