ބްލެކްމާކެޓުގައި ޑޮލަރު ވިއްކާ 9 ފަރާތެއް ވަނީ ޑިޓެންޝަނަށް ގެންގޮސްފައި:ވަޒީރު އިހްސާން
14 ސެޕްޓެމްބަރު 2026 - 09:16

ފުޅާ ދާއިރާއެއްގައި ޑޮލަރު މާރުކުރާކަމަށް ހޮޓްލައިނަށް ލިބުނު މަޢުލޫމާތާގުޅިގެން 12 މީހެއްގެ މައްސަލަ ތަޙްޤީގުކުރަމުންދާކަމަށާއި އޭގެ ތެރެއިން 9 ފަރާތެއް ޑިޓެންޝަނަށް ގެންގޮސްފައިވާކަމަށް ދާހިލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު އިޙްސާން ވަނީ،ޑިޓޭންޝަނަށް މީހަކު ނަގާއިރު ދިވެއްސަކު އެމީހަކު ބަލާ އަންނަކަން ފާހަގަކޮށްފައެވެ.ވަޒީރު ވިދާޅުވީ ބިދޭސީއަކު ރާއްޖެ ގެނެސް މަގުމައްޗަށް ދޫކޮށްލާއިރު ކުރާ ކަންތައްތައް ނުބަލާކަމަށާއި ޤާނޫނު ތަންފީޒް ކުރަން ފެށުމުން އެމީހަކު ބަލާ އައުމަކީ ކޮށްގެންވާނެކަމެއް ނޫންކަމަށްށެވެ.

Ad by Hajj Corporation
"ފުޅާ ދާއިރާއެއްގައި ޑޮލަރު މާރުކުރާކަން ތަޙްޤީގަށް ހާމަވެއްޖެނަމަ ފިޔަވަޅު އަޅަމުން ގެންދާނެ.އަދި އެމީހުން ދިވެއްސެއްގެ ނިވާފަތްގަނޑެއްގައި އެކަން ކުރާނަމަ ދިވެހި މީހާއަށްވެސް ފިޔަވަޅު އަޅާނަން. ޤާނޫނު ތަންފީޒް ކުރަން ފެށުމުން ބިދޭސީ މީހާއަށް އިހުމާލުވާކަން އެނގޭ. އިހުމާލުވާ ކޮންމެ ބިދޭސީއަކަށް 50،000 ރުފިޔާއިން ދިވެހި މީހާ ޖޫރިމަނާ ކުރާނަން" ވަޒީރު އިހްސާން
ވަޒިރު ވިދާޅު ބައެއް ކަންމަތީ ފިހާރަތަކަކީވެސް ޑޮލަރު މާރުކުރާ ތަނެއްގެ ގޮތުގައި ހެދުމަށްފަހު ބިދޭސީން ހިންގަމުންދާ ތަންތަނުގެ ގޮތުގައިވެސް ފާހަގަކުރެވިފައިވާކަމަށެވެ. އަދިމިފަދަ ކަންކަން ކުރާ ފަރާތްތަކެއް ލުއިދިނުމެއް ނޯންނާނެކަމަށާއި ފިޔަވަޅު އަޅަމުންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.


