logo
MPL

MPL

ޚަބަރު

މަގުމަތީގައި މަސްތުގެ ހާލުގައި އުޅޭ މީހުންގެ މައްސަލަ އަންނަ އަހަރުން ފެށިގެން ހައްލުވާނެ: ވަޒީރު އިހްސާން

އައިޝަތު ނަޝާ
20 ނޮވެމްބަރު 2026 - 09:58
މަގުމަތީގައި މަސްތުގެ ހާލުގައި އުޅޭ މީހުންގެ މައްސަލަ އަންނަ އަހަރުން ފެށިގެން ހައްލުވާނެ: ވަޒީރު އިހްސާން

ރާއްޖޭގައި މަސްތުވާތަކެެތީގެ މައްސަލަ ހައްލުކުރުމަށް އިތުރު 3 ރަށެއްގައި ރިހެބިލިޓޭޝަން ސެންޓަރުތައް އެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި،މި ސެންޓަރު ތަކާއެކު 2027 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ރާއްޖޭގެ މަގުތަކުގައި މަސްތުގެ ހާލުގައި ތިބޭ މީހުން ފެނުން އެއްކޮށް ހައްލު ވާނެކަމަށް ދާޙިލީ ސަލާމަތާ މަސައްކަތްތެރިކަމާ ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ވަޒީރު އިޙްސާން މިފަަދައިން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރަށް 3 އަހަރު ފުރުމުގެ މުނާސަބަތުގައި މެންދުރު ޓީވީން ކުރިއަށް ގެންދިޔަ ހާއްސަ ކަވަރޭޖަށް ދެއްވި އިންޓަރވިއުއެއްގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ވަޒީރު ވިދާޅުވީ، ރާއްޖޭގައި މަސްތުވާތަކެތީގެ މައްސަލަ އަކީ 1980 އިން ފެށިގެން ތަހައްމަލު ކުރަމުންދާ ބޮޑު ވަބާއެއް ކަމަށާއި، ރައިސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ގެ އަމާޒަކީ މިކަމަށް ދާއިމީ ހައްލެއް ގެނެސްދެއްވާ ދިވެހި ރާއްޖެއަކީ މަސްތުވާތަކެތިން މިންޖު ވެފައިވާ ޤަައުމަކަށް ހެދުން ކަމަށެވެ.

އެގޮތުން މި މައްސަލަަ ހައްލުކުރުމުގައި ސަރުކާރަށް ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ ރާއްޖޭގެ މުޖްތަމައު ތެރޭގައި މިކަން ތަހައްމަލު ކުރަމުންދާ މީހުން ބައިތިއްބައިގެން ފަރުވާގެ ނިޒާމް ހިންގުން ކަން ވަޒީރު އިހްސާން ފާހަގަކުރެއްވިއެވެ.

" ސަބަބަކީ އެ މީހާ ހުންނަނީ ހަމަ އެކަން ހިނގަން މެދުވެރިވި މުޖްތަމައުގަ. އެ ސޯޝަލް ސެޓިންގަ އަދި ހަމަ އެ މާހައުލުގަ. އެހެންވީމަ އެކަމަުން އަރައިގަންނަން ވަރަށް އުނދަގު. ވަރަށް މުހިންމު ކަމެއް އެއީ އައިސޮލޭޓް ކޮށްގެން އަދި އެކަމަށް ހާއްސަ މަރުކަޒުތަކަށް ގެންގޮސްގެން ފަރުވާ ދިނުން." ވަޒީރު އިހްސާން ވިދާޅުވިއެވެ.

 

މި ސަރުކާރުން ހަވާލުވިއިރު ދައުލަތުގައި 100 ވަރަކަށް މީހުންގެ ޖާގައިގެ ރިހެބިލިޓޭޝަން ސެންޓަރެއް ހިންމަފުށީގައި ހުރިކަމަށާއި، އެގޮތުން އެ ސެންޓަރު ގައި 500 މީހުންގެ ޖާގަ އިތުރުކޮށް އަންނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި މި މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން ކ.ކާށިދޫ އަދި ނ، ވެލިދޫގެ އިތުރުން ލ.ގަމުގައި ޤާއިމް ކުރާ ރިހެބިލިޓޭޝަން ސެންޓަރުތައް ނިމުމާއެކު، އެދެވޭ އަދަދަކަށް މީހުން ބައިތިއްބައިގެން ފަރުވާ ދެވެން ފެށޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މިކަމުގެ ނަތީޖާއަކަށް ވާނީ ދިވެހި ރައްޔިތުުންނަށް މަގުމަތިން ފެންނަ މަންޒަރުތަކާ އިހްސާސް ވަމުން ދާ ކަންކަމަށް ބަދަލު އައުން ކަމުގައި ވަޒީރު ފާހަގަކުރެއްވިއެވެ.

 

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މަގުމަތީގައި މަސްތުގެ ހާލުގައި އުޅޭ މީހުންގެ މައްސަލަ އަންނަ އަހަރުން ފެށިގެން ހައްލުވާނެ: ވަޒީރު އިހްސާން ޚަބަރު | ގަޑިއިރެއް ކުރިންބްރިޖުގައި ޑިއުޓީގައި ހުއްޓާ އަނިޔާވި ފުލުސް އޮފިސަރުގެ ހާލު ބެއްލެވުމަށް ވަޒީރު އިޙްސާން އޭޑީކޭއަށްޚަބަރު | މަހެއް ކުރިންޕާސްޕޯޓު ސްޓޮކް މައްސަލަ ހައްލުވެއްޖެ، އާދިއްތައިން ފެށިގެން އާންމު ހާލަތަށްޚަބަރު | މަހެއް ކުރިންޕެރޯލްގެ ދަށުން ޤާނޫނާ ހިލާފަށް މީހަކު ދޫކުރި މައްސަލާގައި އެ ބޯޑުގެ މެމްބަރުން ވަކިކޮށްފިޚަބަރު | މަހެއް ކުރިން