ހޮޅުދޫގައި ފެނުގެ ނިޒާމު ގާއިމުކޮށް ނިންމާލައިފި
10 އޯގަސްޓު 2026 - 11:47

ނ. ހޮޅުދޫގައި ފެނުގެ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ނިންމާލާ، ނިޒާމު ޓެސްޓުކޮށް ކޮމިޝަންކޮށްފި އެވެ.
މި މަޝްރޫއު ކޮމިޝަން ކުރުމުގެ މަސައްކަތުގައި މިނިސްޓްރީގެ މިނިސްޓަރ އޮފް ސްޓޭޓް އިސްމާއިލް ހަމީދާއި، މިނިސްޓްރީގެ ޓެކްނިކަލް ސްޓާފުންގެ އިތުރުން ކޮންޓްރެކްޓަރާއި ފެނަކަ ކޯޕަރޭޝަނާއި އަދި ކައުންސިލްގެ ބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.

Ad by Hajj Corporation
މި މަޝްރޫއުގެ ދަށުން ގާއިމުކޮށްފައިވާ މައިގަނޑު ވަސީލަތްތަކުގެ ތެރޭގައި 6.6 ކިލޯމީޓަރުގެ ފެނުގެ ވިއުގައެއް ހިމެނެއެވެ. އަދި އޭގެ އިތުރުން 60 ޓަނުގެ ދެ އާރްއޯ ޕްލާންޓާއި، 25 ޓަނުގެ ވާރޭ ފެން ޕްލާންޓެއްގެ އިތުރުން 350 ޓަނުގެ ބޯފެން ރައްކާކުރާ ދެ ޓޭންކާއި 200 ޓަނުގެ ވާރޭ ފެން ރައްކާކުރާ ޓޭންކެއް ވަނީ ބަހައްޓާފަ އެވެ.
މިހާރު ކުރިއަށްދަނީ މި ފެނުގެ ނިޒާމު ހިންގައި ބެލެހެއްޓުމަށްޓަކައި، އެކަމާ ހަވާލުވާ ފަރާތަށް ނިޒާމު އޮޕަރޭޓްކުރުމަށްޓަކައި ހަވާލުކުރުމުގެ އެންމެ ފަހުގެ މަސައްކަތްތަކެވެ.


