logo
E-Platinum
ޚަބަރު

ހޮޅުދޫން ހައްޔަރު ކުރި މީހާ ދޫކޮށްލައިފި

އަޙްމަދު ޒަލީފް
24 ޑިސެމްބަރު 2024 - 12:14
ހޮޅުދޫން ހައްޔަރު ކުރި މީހާ ދޫކޮށްލައިފި

މާރާމާރީ އަކާ ގުޅިގެން އިއްޔެ ހޮޅުދޫން ހައްޔަރު ކުރި މީހާ މިއަދު ދޫކޮށްލައިފިއެވެ.

ނ. ހޮޅުދޫގައި މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާގެ ފިރިހެން ދަރިފުޅު، މޫސާ ރިމްޒީ މާރާމާރީ ހިންގި މައްސަލައެއްގައި އިއްޔެ ހައްޔަރު ކުރިއިރު މިއަދު އޭނާ ދޫކޮށްލާފައިވަނީ ޝަރުތުތަކަކާ އެއްކޮށެވެ.

އެނގިފައިވާ ގޮތުގައި އޭނާ މާރާމާރީ ހިންގާފައިވަނީ އޭނާގެ މަންމަގެ މަރުގެ މައްސަލައިގައި، ތުހުމަތުކޮށް ވާހަކަދެއްކި މީހަކާއެވެ. 

އުމުރުން 50 އަހަރުގެ ޒަކިއްޔާ ނިޔާވެފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅޭ ގޭގެ ބަދިގެ ފަރާތުގައި ހުންނަ ގުދަނެއް ކައިރިންނެވެ. އެ ޙާދިސާ ހިނގީ މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހުއެވެ.

އެ މައްސަލައަށް މިއަދަށް ހަތަރު މަހަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު، އެ މައްސަލައިގައި އިތުރު މީހަކަށް ވެސް އަދި ތުހުމަތު ނުކުރެވޭ ކަމުގައި ފުލުހުން ވަނީ ބުނެފައެވެ. އަދި ޒަކިއްޔާގެ މަރުވީ އަމިއްލައަށް ކަމަށް ވެސް ފުލުހުން ބުނެފައެއް ނުވެއެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޒަކިއްޔާގެ އާއިލާއަށް ރައީސް ދެއްވީ ޔަޤީންކަން: "އިންސާފު ހޯދައިދޭނަން" ޚަބަރު | 3 ދުވަސް ކުރިންޒަކިއްޔާގެ ދަރިންގެ އިލްތިމާޞް: "ހެއްކެއް ނެތި ބައްޕަގެ ބޮލުގައި ތުޙުމަތު ނާޅުވާ"ޚަބަރު | 3 މަސް ކުރިންޒަކިއްޔާގެ ހަށިގަނޑުގެ ވާޗުއަލް އޮޓޮޕްސީއެއް ހަދައިފިޚަބަރު | 4 މަސް ކުރިންޒަކިއްޔާގެ މަރުގެ މައްސަލަ 241 ކޮމެޓީއަށް ޚަބަރު | 5 މަސް ކުރިން