logo
Bank of Maldives

Bank of Maldives

ޚަބަރު

ޒަޚަމްތަކަކާއެކު ނ. ހޮޅުދޫން ފެނުނު ޒަކިއްޔާ ގެ ދޮށީ ފިރިހެން ދަރިފުޅު ހައްޔަރުކޮށްފި

މެންދުރު ޓީމް
23 ޑިސެމްބަރު 2024 - 12:45
ޒަކިއްޔާ؛
ޒަކިއްޔާ؛

ޒަޚަމްތަކަކާއެކު ނ.ހޮޅުދޫން ފެނުނު ޒަކިއްޔާ ގެ ދޮށީ ދަރިފުޅު ހައްޔަރުކޮށްފިއެވެ.

ޒަކިއްޔާގެ ދޮށީ ދަރިފުޅު، މޫސާ ރިމްޒީ ހައްޔަރު ކޮށްފައިވަނީ ކޯޓުގެ އަމުރެއްގެ ދަށުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މައުލޫމާތު ލިބިފައިވާ އޭނާ ހައްޔަރުކޮށްފައިވަނީ ޒަކިއްޔާގެ މަރުގެ ތުޙުމަތު އޭނާގެ ފިރިމީހާއަށް ކުރަމުންދާތީ އެކަމުގެ ހިތްހަމަނުޖެހުމެއްގެ ތެރެއިން އެރަށު މީހާކާމެދު ހިނގި މާރާމާރީއަކާ ގުޅިގެންނެވެ.

ޒަކިއްޔާގެ ދޮށީ ދަރިފުޅު ހައްޔަރުކޮށްފައިވާއިރު، ޒަކިއްޔާގެ މަރަށް އިންސާފު ލިބުން ލަސްވުމާ ގުޅިގެން މުޅި ހޮޅުދޫގައި ވަނީ ނުތަނަސްކަން ފެތުރިފައެވެ.

އެގޮތުން އުމުރުން 50 އަހަރުގެ ޒަކިއްޔާ ނިޔާވެފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅޭ ގޭގެ ބަދިގެ ފަރާތުގައި ހުންނަ ގުދަނެއް ކައިރިންނެވެ. އެ ޙާދިސާ ހިނގީ މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހުއެވެ.

އެ މައްސަލައަށް މިއަދަށް ހަތަރު މަހަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު، އެ މައްސަލައިގައި އިތުރު މީހަކަށް ވެސް އަދި ތުހުމަތު ނުކުރެވޭ ކަމުގައި ފުލުހުން ވަނީ ބުނެފައެވެ. އަދި ޒަކިއްޔާގެ މަރުވީ އަމިއްލައަށް ކަމަށް ވެސް ފުލުހުން ބުނެފައެއް ނުވެއެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޒަކިއްޔާގެ މަރުގެ މައްސަލައިގައި ފުލުހުންގެ މައްޗަށް ދައުވާކުރުމާ މެދު ޕީޖީއާ އެކު މަޝްވަރާކުރަނީޚަބަރު | 4 މަސް ކުރިންޒަކިއްޔާގެ އާއިލާއަށް ރައީސް ދެއްވީ ޔަޤީންކަން: "އިންސާފު ހޯދައިދޭނަން" ޚަބަރު | 5 މަސް ކުރިންޒަކިއްޔާގެ ދަރިންގެ އިލްތިމާޞް: "ހެއްކެއް ނެތި ބައްޕަގެ ބޮލުގައި ތުޙުމަތު ނާޅުވާ"ޚަބަރު | 7 މަސް ކުރިންޒަކިއްޔާގެ ހަށިގަނޑުގެ ވާޗުއަލް އޮޓޮޕްސީއެއް ހަދައިފިޚަބަރު | 8 މަސް ކުރިން