ހުޅުމާލެ ތިންވަނަ ފިޔަވަހިން ފައްސަތޭކަ އަށް ވުރެ ގިނަ ބިން ހަވާލު ކޮށްފި
11 އޯގަސްޓު 2026 - 09:10

ހުޅުމާލެ 3ވަނަ ފިޔަވަހިން ގޯތި ލިބުނު މީހުންގެ ތެރެއިން މިހާތަނަށް 500އަށްވުރެ ގިނަ މީހުންނާ ބިން ހަވާލުކޮށްފިއެވެ.
ބިނާރާއި ގެދޮރުވެރިކަމާއި ޢުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނީ މިމަހުގެ 10ވަނަ ދުވަހުގެ ނިޔަލަށް 560 ފަރާތަކަށް ގޯތި ހަވާލުކޮށްފައިވާ ކަމަށެވެ. މިއީ ގޯތި ލިބުނު މީހުންގެ ޖުމުލަ އަދަދަށް ބަލާއިރު %80 މީހުންނެވެ.
ހުޅުމާލެ ތިންވަނަ ފިޔަވަހީގެ ލޭންޑް ޔޫސް ޕްލޭން އަށް ގެނައި ބަދަލުތަކާ ގުޅިގެން، ގޯތި ލިބިފައިވާ 698 ފަރާތެއްގެ ގޯތިތައް ކުރިން ކަނޑައެޅި ސަރަޙައްދުތަކަށް މިހާރު ވަނީ ބަދަލު އައިސްފަ އެވެ.
މި ބަދާލާ ގުޅިގެން ލިބޭ ގޯތި އޮންނަ ސަރަޙައްދު ނުވަތަ ޕްލޮޓް ކަނޑައެޅުމަށް އެކަމުގެ ގުރުއަތު ނަގާފައިވަނީ، މިދިޔަ ޑިސެންބަރު މަހުގެ 20ވަނަ ދުވަހުއެވެ. ބިން ހަވާލުކުރުމުގެ މަސައްކަތްތައް ފެށީ މިއަހަރުގެ މާޗު މަހުގެ 26ވަނަ ދުވަހު އެވެ.
ގޯތި ހަވާލުކުރުމުގެ މަރުހަލާ ކުރިއަށްދަނީ، ވެރިފަރާތުން ގޯތީގެ ރަޖިސްޓަރީއަށް އެދުމުން، އެ ރަޖިސްޓަރީ ތައްޔާރުކޮށް ހަވާލުކުރާ އުސޫލުންނެވެ. އަދި ބާކީ ހުރި ގޯތިތައްވެސް ވީހާވެސް އަވަހަކަށް ހަވާލުކޮށް ނިންމުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށް ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.
ހުޅުމާލޭގެ އިތުރުން ގުޅީފަޅުން ގޯތި ލިބުނު މީހުންނާ ގޯތި ހަވާލުކުރުމުގެ މަސައްކަތްތައްވެސް ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ދަނީ ކުރަމުންނެވެ.

Ad by Hajj Corporation


