logo
MPL

MPL

ޚަބަރު

ދައުލަތުގެ އިދާރާތަކުގެ ކަރާމާތް ގެއްލޭ ގޮތަށް ސިޔާސީ ފަރާތްތަކުން ވާހަކަ ދައްކައިގެން ނުވާނެ: އިހްސާން

އައިޝަތު ނަޝާ
11 އޯގަސްޓު 2026 - 09:14
ދައުލަތުގެ އިދާރާތަކުގެ ކަރާމާތް ގެއްލޭ ގޮތަށް ސިޔާސީ ފަރާތްތަކުން ވާހަކަ ދައްކައިގެން ނުވާނެ: އިހްސާން

ދައުލަތުގެ އިދާރާތަކުގެ ކަރާމާތާ އިތުބާރު ގެއްލޭ ގޮތަށް ސިޔާސީ ފަރާތްތަކުން ވާހަކަ ނުދެއްކުމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން އެދިވަޑައިގެންފިއެވެ.

ވަޒީރު މިކަމަށް އެދިވަޑައިގަތީ ކުޑަހުވަދޫ ދާއިރާގެ މެމްބަރު ހުސެއިން ހަމީދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެމްބަރު ކުރެއްވި ސުވާލުގައި ވަނީ ފުލުހުންނާ ދޭތެރޭ ނަފްރަތު އުފައްދާ ރައްޔިތުންގެ މެދުގަ ނުތަނަވަސްކަން އުފައްދަން މަސައްކަތް ކުރާ ފަރާތްތަކާ ދޭތެރޭ ޤާނޫނީ ފިޔަވަޅު އެޅޭނެ އެއްވެސް ފުރުސަތެއް އޮތްތޯއެވެ.

މި ސުވާލުގެ ޖަވާބުގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ ދައުލަތުގެ އިދާރާތަކުގެ ކަރާމާތާއި އެތަންތަނުގެ އިތުބާރު ގެއްލޭ ގޮތަށް ސިޔާސީ މަންފާ ހޯދުމަށްޓަކައި އިދާރާތަކުގެ އަގު ވެއްޓޭ ގޮތަށް ވާހަކަ ދެއްކުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ.

އެކަންކަމަކީ ކޮންމެ ސަރުކާރެއް އޮތަސް އަދި ކޮންމެ ސިޔާސީ ފިކުރެއް އޮތަސް އެތަން ތަނުގެ އިއްޒަތާއި ކަރާމާތް އަދި އަބުރު ނެގެހެއްޓެން ޖެހޭނެ ތަންތަން. އަދި ވަކިން ޚާއްސަކޮށް ފުލުހުންގެ ޚިދުމަތާއި ދިވެހި ސިފައިންގެ ޚިދުމަތް ފަދަ ސަލާމަތީ ޚިދުމަތްތައްދޭ ދިވެހި ރައްޔިތުން އެ ޚިދުމަތަކަށް ކޮންމެ ހާލަތެއްގައިވެސް ބަލަބަލާ ތިބޭ ޚިދުމަތްތަކެއް. އެތަން ތަނުގެ ކަރާމާތާއި ރައްކާތެރިކަން އަދި ވަކިން ޚާއްސަކޮށް އެތަން ތަނަށް އޮންނަ އިތުބާރު ސިޔާސީ ގޮތުން ނަގާލުމުގެ ފުރުސަތު އޮވެގެންވާނެ ކަމެއްގެ ގޮތުގައި އަޅުގަނޑު ގަބޫލެއް ނުކުރަން: އިޙްސާން

މި ތަންނަނަށް ޤާނޫނީ ގޮތުން އަދި ރައްކާތެރިކަން ދެވިފައި ނެތްކަން ފާހަގަކުރައްވާ ވަޒީރު ވަނީ ޤާނޫނީ ގޮތުން ފިޔަވަޅު އެޅޭ ގޮތަށް ޤާނޫނަށް ބަދަލު ގެނެސް ދިނުމަށް މަޖިލީހުގައި އެދިވަޑައިގެންފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޕެރޯލްގެ ދަށުން ޤާނޫނާ ހިލާފަށް މީހަކު ދޫކުރި މައްސަލާގައި އެ ބޯޑުގެ މެމްބަރުން ވަކިކޮށްފިޚަބަރު | 3 ގަޑިއިރު ކުރިންއަންނަ މެއި މަހު ބިދޭސީންގެ މައްސަލަ އެއްކޮށް ހައްލުކުރާނަން: އިހްސާންޚަބަރު | 9 ދުވަސް ކުރިންބްލެކްމާކެޓުގައި ޑޮލަރު ވިއްކާ 9 ފަރާތެއް ވަނީ ޑިޓެންޝަނަށް ގެންގޮސްފައި:ވަޒީރު އިހްސާންޚަބަރު | 22 ދުވަސް ކުރިން3 ވުޒާރާގެ އަލިފާނުގެ ހާދިސާ: ޔާމީން ކުރެއްވި ތުހުމަތުތަކުގެ ހަގީގަތް ހޯދަން އަންގައިފިޚަބަރު | މަހެއް ކުރިން