logo
Bank of Maldives

Bank of Maldives

ޚަބަރު

މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރު އެއް ހަފުތާއަށް ދަންމާލައިފި

އައިޝަތު ނަޝާ
12 އޯގަސްޓު 2026 - 09:41
މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރު އެއް ހަފުތާއަށް ދަންމާލައިފި

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރު އިތުރު އެއް ހަފުތާއަށް ދަންމާލަން މިއަދު ފާސްކޮށްފި އެވެ.

މިގޮތަށް ފާސްކޮށްފައިވަނީ މަޖިލީހުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 58 މެންބަރުންގެ ވޯޓުންނެވެ. މަޖިލީހުގެ ދައުރު ދަންމާލާފައި ވަނީ މި މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ މުއްދަތު އިތުރުކުރުމަށް ހުށަހެޅުއްވީ ރިޔާސަތުންނެވެ. އެގޮތަށް ހުށަހެޅުއްވީ މި ދައުރުގައި ނިންމަންޖެހޭ މުހިންމު މަސައްކަތްތަކެއް ހުރުމުން އެ މަސައްކަތްތައް ނިންމުމަށް ކަމަށް މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވިއެވެ.

މަޖިލީހުގެ ގަވާއިދުގައިވާގޮތުން ކޮންމެ އަހަރަކުވެސް 3 ދައުރަކަށް ބަހާލައިގެން މަޖިލީހުގެ ޖަލްސާތައް ކުރިއަށްދާނެއެވެ. އެގޮތުން ފުރަތަމަ ދައުރުގެ ޖަލްސާތައް ކުރިއަށްދާނީ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން މެއި 15ގެ ނިޔަލަށް ކަމަށް ވަނީ ބަޔާންކޮށްފައެވެ. އަދި ދެވަނަ ދައުރު ޖޫން މަހުގެ އެއްވަނަ ދުވަހުން ފެށިގެން އޯގަސްޓް މަހުގެ 15ވަނަ ދުވަހާ ހަމައަށް ކުރިއަށްދާއިރު ތިންވަނަ ދައުރުގެ ޖަލްސާތައް ކުރިއަށްދާނީ އޮކްޓޯބަރު މަހުގެ އެކަކުން ފެށިގެން ނޮވެންބަރު މަހުގެ ނިޔަލަށެވެ.

އެހެންކަމުން ގަވާއިދުގައިވާގޮތުން މިއަހަރުގެ ދެވަނަ ދައުރުގެ ޖަލްސާތައް އަންނަ ހޮނިހިރު ދުވަހަށް ނިންމަންޖެހެއެވެ.

ދައުރު ހަމަވި ނަމަވެސް މިމުއްދަތުގެ ތެރޭގައި މަޖިލީހަށް ހުށަހަޅާފައިވާ މުހިންމު މަސައްކަތްތައް ނުނިމޭނަމަ އެ ދައުރެއްގެ މުއްދަތު އިތުރުކުރެއެވެ. މިގޮތަށް ދައުރުގެ މުއްދަތު އިތުރު ކުރެވޭނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މެދުގައި ނަގާ ވޯޓަކުން ފާސްކޮށްގެންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރު އެއް ހަފުތާއަށް ދަންމާލައިފިޚަބަރު | ގަޑިއިރެއް ކުރިންއިޞްލާޙުގެ ސަބަބުން ތަރައްޤީގެ މަޝްރޫޢުތައް ލަސްވިޔަނުދީ ހަލުވިކަމާއެކު ކުރިއަށްގެންދިއުމުގެ މަގު ފަހިވާނެ: ހަންނާނުޚަބަރު | 2 ދުވަސް ކުރިންކައުންސިލްތަކުގެ ބިންތައް ނަގާ އިސްލާހު ހުށަހެޅީ ސަރުކާރަކުން ނޫން: ފަލާހުޚަބަރު | 2 ދުވަސް ކުރިންފަޅުރަށްތައް ކުއްޔަށް ދިނުމުގެ ބިލު ކޮމިޓީއަށް ފޮނުވައިފިޚަބަރު | 2 ދުވަސް ކުރިން