logo
Bank of Maldives

Bank of Maldives

ޚަބަރު

ދުވާލަކު، ތިންސަތޭކަ ޓަނުގެ ދަޅުމަސް ބަންދުކުރެވޭ ގޮތަށް މިފްކޯގެ ގާބިލުކަން އިތުރު ކުރަނީ

އައިޝަތު ނަޝާ
12 އޯގަސްޓު 2026 - 12:07
ދުވާލަކު، ތިންސަތޭކަ ޓަނުގެ ދަޅުމަސް ބަންދުކުރެވޭ ގޮތަށް މިފްކޯގެ ގާބިލުކަން އިތުރު ކުރަނީ

މި ސަރުކާރު ވެރިކަމަށް އައިއިރު މިފްކޯއަށް ބަންދުކުރެވެނީ ދުވާލަކު 50 ޓަނުގެ މަސް ކަމަށާއި،ނަމަވެސް ދުވާލަކު 300 ޓަނުގެ މަސް ދަޅުގައި ބަންދުކުރެވޭ ވަރަށް ގާބިލުކަން އިތުުރުކުރުމުގެ މަސައްކަތް މިހާރު ކުރިއަށް ގެންދާ ކަމަށް މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަގްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ވަޒީރު އެހެން ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ވަޑައިގެން ވާހަކަދައްކަވަމުންނެވެ. ވަޒީރު ޝިޔާމް ވިދާޅުވީ އިނގިރޭސިވިލާތުން ނަގަމުން އައި ޓެރިފް ކަނޑާލުމުން ރާއްޖޭގެ އެކްސްޕޯޓަރުންނަށް 20 އިންސައްތައިގެ ކުރިއެރުމެއް ލިބިފައިވާ ކަމަށާއި، އެ ކުންފުނިތަކަށް މަސްވެރިންގެ އަތުން ގަންނަ މަހަށް ދޭ އަގު ރަނގަޅު ކުރުމުގެ ފުރުސަތު އެބައޮތް ކަމަށްށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ވަޒީރު ވިދާޅުވީ އިނގިރޭސިވިލާތުން ރާއްޖޭގެ މަހަށް ނަގާ ޓެރިފް ކަނޑާލިއިރު ރާއްޖެއިން ޔޫރަޕަށް މަސް ބޭރުކުރާ ބާޒާރުތަކުގެ ތެރެއިން އެންމެ ބޮޑު ބާޒާރަކީ އެ ގައުމު ކަމަށެވެ. ރާއްޖެއިން އިނގެރޭސިވިލާތަށް ގާތްގަނޑަކަށް 18 މިލިއަން ޕައުންޑްގެ މަސް ބޭރުކުރާ ކަމަށް ވިދާޅުވިއެވެ.

އަދި މިހާރު ހޮރައިޒަން ފިޝަރީޒް، އެންސިސް ފިޝަރީޒްއަދި މިފްކޯ އިން ވެސް ރަނގަޅު އަގުގައި މަސްވެރިން އަތުން މަސް ގަންނަމުންދާކަން ވަޒީރު ފާހަގަކުރެއްވެވިއެވެ. އަދި މިހާރު ހަގީގީ، ވާދަވެރި ބާޒާރެއް އުފެދިފައިވާ ކަމަށް ވެސް ވަޒީރު ޝިޔާމް ވިދާޅުވިއެވެ.

އިނގިރޭސި ވިލާތުން ޓެރިފް ކަނޑާލުމުން ވާދަވެރި ބާޒާރެއް އުފެދިފައިވާ އިރު، މިފްކޯއިން މަސް ގަންނަ އަގު ބަދަލުނުކުރަނީ ކީއްވެތޯ ކެޔޮދޫ ދާއިރާގެ މެންބަރު މުހައްމަދު ނިއުޝާދު ވަނީ ވަޒީރާއި ސުވާލުކުރައްވާފައެވެ. ޝިޔާމް ވިދާޅުވީ މިހާރު ކިލޯއަކަށް 20 ރުފިޔާއަށް ވުރެ އަގު ދަށްކޮށް މަސް ނުގަންނާނެ ކަމަށެވެ. އަދި ބައެއް ދުވަސް ދުވަހު ކިލޯއަކަށް 22 ރުފިޔާ ވެސް ދޭ ކަމަށެވެ.

"އިނގިރޭސި ވިލާތަށް ރާއްޖެއިން އެކްސްޕޯޓްކުރާ މަހުގެ ބޮޑު ބަޔަކީ އަމިއްލަ ކުންފުނިތަކުން ގަންނަ މަސް. އެ ކުންފުނިތަކުން މަސްވެރިން މިހާރު ވެސް ރަނގަޅު އަގެއް ދެމުންދަނީ. ޕްރައިވެޓް ކުންފުނިތަކުން މިހާރު އެބަ ފެނޭ 21 ރުފިޔާއަށް 22 ރުފިޔާއަށް ހަމަ އެއްވެސް ވަރަކަށް 20 ރުފިޔާއަށް ގަންނަ ތަނެއް މި ދުވަސްކޮޅު ވެސް. އަދި މި ދަންނަވާ ބަދަލާ އެކީގައި ވެސް ނުފެނޭ." ވަޒީރު ޝިޔާމް
Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މި އަހަރުތެރޭ 7 އައިސްޕްލާންޓެއް އޮޕަރޭޝަނަށް ގެންނާނެޚަބަރު | 11 ދުވަސް ކުރިންރައީސްގެ އަމާޒަކީ ބޯހިޔާވަހިކަން ބޭނުންވެފައި ތިބި ހުރިހާ ފަރާތްތަކަށް ބޯހިޔަވާހަކަން ލިބޭނެ މިންވަރަށް ތަންފީޒު ކުރުން: ޝިޔާމްޚަބަރު | 11 ދުވަސް ކުރިން މިދިޔަ މަހުގެ ނިޔަލަށް މަސްވެރިންނަށް ޖުމްލަ 2.2 ބިލިއަން ރުފިޔާ ދޫކުރިޚަބަރު | 13 ދުވަސް ކުރިންބުޅަލަށް ހާއްސަ "ކެޓް އައިލެންޑް" އެއް ތަރައްގީކުރަނީޚަބަރު | 13 ދުވަސް ކުރިން