logo
Bank of Maldives

Bank of Maldives

ޚަބަރު

ކޮތަޅުން ނަގާ ޑިއުޓީ އަށް ލުއި ލިބޭ ގޮތަށް ކުނި މެނޭޖުކުރުމުގެ ޤާނޫނު އިސްލާހުކޮށް ފާސްކޮށްފި

އައިޝަތު ނަޝާ
12 އޯގަސްޓު 2026 - 13:07
ކޮތަޅުން ނަގާ ޑިއުޓީ އަށް ލުއި ލިބޭ ގޮތަށް ކުނި މެނޭޖުކުރުމުގެ ޤާނޫނު އިސްލާހުކޮށް ފާސްކޮށްފި

ކޮތަޅުން ނަގާ ޑިއުޓީ އަށް ލުއި ލިބޭ ގޮތަށް ކުނި މެނޭޖުކުރުމުގެ ޤާނޫނަށް އިސްލާޙު ގެނައުމުގެ ބިލު ކޮމިޓީން ދިރާސާކޮށް ނިންމި ގޮތަށް، މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފި އެވެ.

ކުނި މެނޭޖުކުރުމުގެ ޤާނޫނަށް އިޞްލާޙު ހުށަހެޅުއްވީ އުނގޫފާރު ދާއިރާގެ މެންބަރު އިބްރާހީމް ޝިފާޒްއެވެ. އެ ބިލް ދިރާސާކުރީ އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީންނެވެ. އެ އިސްލާހު ފާސްކުރުމަށް މަޖިލީހުގެ މުޅި ކޮމިޓީގެ 65 މެމްބަރުން ވޯޓުދެއްވި އިރު ބިލު ފާސްކުރަން ނުފެންނަކަމަށް އެއްވެސް މެމްބަރަކު ވޯޓުދެއްވާފައެއް ނުވެއެވެ.

އެ ބިލުގައި ރާއްޖެއަށް ކުނި އެތެރެކުރުން އެއްކޮށް މަނާކުރުމަށާއި، ކުނިމެނޭޖްކުރުމުގެ އުސޫލުތަކާއި ގުޅުން ހުރި އުސޫލްތައް ހަރުދަނާކުރުމަށް ގިނަ ކަންތައްތަކެއް ވަނީ ހިމަނާފައެވެ. މި ބިލުގައި ވަނީ 50 ކޮތަޅަށްވުރެ ގިނަ އަދަދެއްގެ ޕްލާސްޓިކް ކޮތަޅު ހިމެނޭ ކޮތަޅުބޮނޑިން ދެ ރުފިޔާ ނެގުން ހުއްޓާލުމަށް ހިމަނާފައެވެ. އެކަމުގެ ސަބަބުން ޕްލާސްޓިކް ކޮތަޅުން ނަގާފީން ދައުލަތަށް ލިބޭ އާމްދަނީ ދަށްވާނެއެވެ.

ބިލުގައި ބުނެފައި ވަނީ މި ބިލަކީ ކުނި މެނޭޖްކުރުމުގެ ޤާނޫނު ތަންފީޒުކުރާ އިދާރާތަކުން އަދާކުރާ ދައުރު އިތުރަށް ސާފުކޮށް ބަޔާންކުރުމަށާއި، ކުނި މެނޭޖްކުރުމުގެ ކަންކަން ދެމެހެއްޓެނެވި ގޮތުގައި ކުރިއަށް ގެންދިއުމަށް މަގުފަހިކުރުމަށް ހުށަހަޅާ ބިލެއް ކަމަށެވެ. އަދި ކުނި އެތެރެކުރުމަކީ މަަނާކަމެއްކަމަށް ކަނޑައެޅުމާއި، ކުނި މެނޭޖްކުރުމުގެ ކަންކަން ދެމެހެއްޓެނެވި ގޮތެއްގައި ރާވާ ހިންގުމާއި، ޤާނޫނު ތަންފީޒުކުރުމުގައި ދިމާވާ ދަތިތައް އިސްލާހުކުރުމަކީ ވެސް ބިލުގެ މުހިންމު މަޤްސަދެކެވެ.

ބިލުގައި ހިމަނާފައިވާ އިތުރުކަންކަމަށް ބަލާއިރު، އިޤްތިޞާދީ އަދި ސިނާއީ މަސައްކަތްތައް ކުރާ ތަންތަނުގައި ކުނި މެނޭޖްކުރުމުގެ ސިޔާސަތު އެކުލަވާލުން ހިމެނެއެވެ. އަދި ކުނިމެނޭޖްކުރާ އިރު ޤައުމީ މާސްޓަރ ޕްލޭނާއި ސިޓީގެ ކުނި މެނޭޖްކުރުމުގެ ޕްލޭނާއި އެއްގޮތްކުރަންވާނެ ކަމަށް ބިލުގައި ބުނެފައިވެއެވެ.

މީގެ އިތުރުން، ކުނި މެނޭޖްކުރުމުގެ ނިޒާމް ފަރުމާކޮށް، ޤާއިމްކުރުމާއި، ކުނި މެނޭޖްކުރުމުގެ މިންގަނޑުތައް ކަނޑައެޅުން ހިމެނެއެވެ. ހަމައެހެންމެ ކުނި މެނޭޖްކުރާ މަރުކަޒުތަކާއި ގުޅުންހުރި ބައެއް އިސްލާހުތައް ބިލުގައި ހިމަނާފައިވެއެވެ. ކުނި މެނޭޖްކުރުމުގައި ބޭނުންކުރާ ވަސީލަތްތައް ހުންނަންޖެހޭ މިންގަނޑުތައް ކަނޑައެޅުމަށް ވެސް ބިލުގައި ހިމަނާފައިވެއެވެ.

އެހެންކަމުން ބިލުގެ މަސައްކަތް ނިމޭއިރު ކުނި މެނޭޖްކުރުމުގެ ދާއިރާއަށް ޖުމްލަ ވަށާޖެހޭ ހައްލެއް ހޯދަން މަގުފަހިވެގެންދާނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބޭރު ފައިސާ އާ ބެހޭ ޤާނުނުގެ ބިލު މަޖިލީހުން ބަލައިގެންފިޚަބަރު | ގަޑިއިރެއް ކުރިންކޮތަޅުން ނަގާ ޑިއުޓީ އަށް ލުއި ލިބޭ ގޮތަށް ކުނި މެނޭޖުކުރުމުގެ ޤާނޫނު އިސްލާހުކޮށް ފާސްކޮށްފިޚަބަރު | ގަޑިއިރެއް ކުރިންދުވާލަކު، ތިންސަތޭކަ ޓަނުގެ ދަޅުމަސް ބަންދުކުރެވޭ ގޮތަށް މިފްކޯގެ ގާބިލުކަން އިތުރު ކުރަނީޚަބަރު | 2 ގަޑިއިރު ކުރިންމަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރު އެއް ހަފުތާއަށް ދަންމާލައިފިޚަބަރު | 5 ގަޑިއިރު ކުރިން