logo
MPL - Maldives Maritime Conference

MPL - Maldives Maritime Conference

ޚަބަރު

ސިނަމާލެ ބްރިޖް ޕާކު މިއަދު ހުޅުވައިފި

އަބްދުﷲ ޖަޒްލާންއަބްދުﷲ ޖަޒްލާން
19 އޮކްޓޯބަރު 2024 - 13:02
 ސިނަމާލެ ބްރިޖް ޕާކު  - ފޮޓޯ މެންދުރު އޮންލައިން
ސިނަމާލެ ބްރިޖް ޕާކު - ފޮޓޯ މެންދުރު އޮންލައިން

ސިނަމާލެ ބްރިޖް ޕާކު މިއަދު ހަވީރު ހުޅުވައިފިއެވެ. މި ޕާކް ހުޅުއްވައިދެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާ ސްޓްރަކްޗަރ ޑރ. އަބްދުﷲ މުއްތަލިބާއި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަންގް ލީޒިންއެވެ . މިނިސްޓަރ ވިދާޅުވީ މިފަދަ ޕާކެއް ހުޅުވުމުގެ ބޭނުމަކީ ޗައިނާ އާއި ރާއްޖެއާއި ދެމެދު އޮންނަ ގާތް ގުޅުން ހާމަކޮށް ދެއްވުން ކަމަށާއި އަދި މިއީ ވަރަށް މުހިއްމު ބިނާއެއް ކަމަށެވެ.

މި ޕާކްގެ ޚާއްސަ ކަމަކީ މިތަނުގައި ހިމެނޭ ރާއްޖެ އާއި ޗައިނާގެ ގާތް ގުޅުން ރަމްޒުކޮށްދޭ ބިނާއެވެ. މި ބިނާ އިން ރަމްޒުކޮށްދެނީ ޗައިނާ، ރާއްޖޭގެ ތަރައްޤީގައި އަދާކޮށްފައިވާ މުހިންމު ދައުރާއި އުމްރާނީ ތަރައްޤީގެ މުހިންމު މަޝްރޫޢުތަކަށާއި، އިޤްތިޞާދީ ކުރިއެރުންތަކަށް ޗައިނާގެ އިން ލިބޭ އެހީތެރިކަމާއި ޒަމާންވީ ރަޙްމަތްތެރިކަމެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރާއްޖޭގައި މިހާތަނަށް ކުރިއަށްގެންދިޔަ އެންމެ ބިޔަ އަދި ބޮޑު އެއް މަޝްރޫއު ކަމަށްވާ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްގެ މަސައްކަތް ނިމުނުތާ މިއަހަރަށް 6 އަހަރު ވާއިރު މިިއަދު ހުޅުވި ޕާކުން މި ބްރިޖާއި ބެހޭ ގިނަ މައުލޫމާތުތަކެއް ލިބެން ހުންނާނެއެވެ.

މި ހަފްލާގައި މިނިސްޓްރީގެ އިސް އޮފިޝަލުންގެ އިތުރަށް ސްކޫލްތަކުގެ ދަރިވަރުން ވަނީ ބައިވެރިވެފައެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެންމެ ހަފުތާއެއް: 50 އަށްވުރެ ގިނަ އެކްސިޑެންޓްޚަބަރު | 3 ދުވަސް ކުރިންއޯވަޓޭކް ކުރަން އުޅެނިކޮށް ދެ ކާރު ޖެހި ހައިވޭގައި އެކްސިޑެންޓެއްޚަބަރު | 5 މަސް ކުރިންސިނާމާލެ ބުރިޖުގެ އިންސްޕެންޝަނުން ދެއްކީ ބުރިޖުގެ ޙާލަތު އަދިވެސް ވަރަށް ރަނގަޅުކަމަށްޚަބަރު | އަހަރެއް ކުރިންސިނަމާލެ ބްރިޖް ޕާކު މިއަދު ހުޅުވައިފިޚަބަރު | އަހަރެއް ކުރިން