logo
MPL

MPL

ޚަބަރު

މަސައްކަތެއް ނުކޮށް ރައްޔިތުންގެ ފައިސާ ލިބޭގޮތަށް މީހުން ވަޒީފާތަކުގައި ތިބުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން: އަޒާން

މުހައްމަދު މޫސާމުހައްމަދު މޫސާ
15 އޯގަސްޓު 2026 - 04:59
އަޒާން މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމެއްގައި
އަޒާން މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމެއްގައި

މަސައްކަތެއް ނުކޮށް ރައްޔިތުންގެ ފައިސާ ލިބޭގޮތަށް މީހުން ވަޒީފާތަކުގައި ތިބުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހްމަދު އަޒާން ވިދާޅުވެއްޖެއެވެ.

އަޒާން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފެނަކައިގެ ޕްރޮޖެކްޓުތަކަށް ކަމަށްބުނެ އައްޑޫ ސިޓީ ފެނަކައަށް ނަގާފައިވާ ބައެއް ވަގުތީ މުވައްޒަފުންގެ ވަޒީފާގެ އެއްބަސްވުން ނިމުމަކަށް ގެނެސްފައިވާ ކަމުގެ މައުލޫމާތު އޭނާއަށްވެސް ލިބިވަޑައިގެންފައިވާ ކަމަށެވެ. އަދި އެކަން ކޮށްފައި ވަނީ އައްޑޫގެ ޕީއެންސީ މަޖިލީސް މެމްބަރުންނާ މަޝްވަރާކޮށްފައި ކަމަށްބުނެ އައްޑޫގެ މޭޔަރު އަލީ ނިޒާރު ފަތުރައްވަމުން ދަނީ ދޮގު ވާހަކަތަކެއް ކަމަށް އަޒާން ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަޒާން ވިދާޅުވި ގޮތުގައި، އޭނާއާ މަޝްވަރާކުރި ނަމަވެސް ލަފާދެއްވާނީ ފެނަކައިގެ މުވައްޒަފުން މަދުކުރުމަށެވެ.

"މަސައްކަތެއް ނުކޮށް، ރައްޔިތުންގެ ފައިސާ ލިބޭގޮތަށް އެއްވެސް ތަނެއްގައި އެއްވެސް ބަޔަކު ތިބުމަކީ އަޅުގަނޑު ގަބޫލު ކުރާ ހަމައެއް ނޫން. މި ވާހަކަ މިގޮތަށް މި ދައްކަނީ ފަހުން އިންތިހާބަކަށް ކުރިމަތިލައި ވޯޓު ހޯދަން ގޮސްފިނަމަ މިއަދު ވަޒީފާ ގެއްލޭ ފަރާތްތަކާ ކުރިމަތިލާން ޖެހޭނެކަންވެސް އެނގިހުރި،" އަޒާން ވިދާޅުވިއެވެ.

ފެނަކަ އަދި އެ ނޫންވެސް ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ބޭނުން ނުވާވަރަށް މީހުން ނެގުމުގެ ސަބަބުން އޭގެ ގެއްލުން ހުރިހާ ރައްޔިތުންނަށް ކުރަމުންދާކަން ފާހަގަކުރައްވަމުން އަޒާން ވިދާޅުވީ، ނިމިދިޔަ އެމްޑީޕީ ވެރިކަމުގައި ޕްރޮޖެކްޓުތައް ހިންގުމަށް ކަމަށް ބުނެ މާ ބޮޑު މަސައްކަތުގެ މަސްއޫލިއްޔަތެއް ނޯންނަގޮތަށް އެތައް ބަޔަކު ވަޒީފާތަކަށް ނެގި ކަމަށެވެ. އަދި އޭގެ ގެއްލުން ގައުމަށް އެތައް ގޮތަކުން ކުރާ ކަމަށް މެމްބަރު ވިދާޅުވިއެވެ.

 

View post on Twitter

 

މިގޮތުން، ކުރިން މަސްވެރިކަންކުރަމުން އައި މީހަކު ކުއްލިއަކަށް މަހަށް ދިޔުން ހުއްޓާލުމަށްފަހު ފެނަކައިގެ "ސުޕަވައިޒަރަކަށް" ބަދަލުވުމުން މަހަށް ދާއެކަކު މަދުވެ، ގައުމުގެ އުފެއްދުންތެރިކަމަށް ހިއްސާއެއް އޮންނަ މަސައްކަތެއް ކުރަމުން އައި މީހެއްގެ މަސައްކަތް ހުއްޓުނު ކަމަށް އަޒާން ސިފަކުރެއްވިއެވެ. އަދި ފެނަކަ ސުޕަވައިޒަރު ކުރާ މަސައްކަތުން ގައުމުގެ އުފެއްދުންތެރިކަމަށް އެއްޗެއް އިތުރުނުވާ އިރު، އޭގެ ބަދަލުގައި އެ ސުޕަވައިޒަރުގެ މުސާރަ ދޭން ޖެހެނީ ބުރަކޮށް މަސައްކަތްކޮށްގެން ޓެކްސް ދައްކާ އެހެން ރައްޔިތުންގެ ފައިސާއިން ކަމަށްވެސް ވިދާޅުވިއެވެ.

އަޒާން ވިދާޅުވީ އުފެއްދުންތެރިކަމަށް ކޮންޓްރިބިއުޓް ނުކުރާ ވަޒީފާތައް އިތުރުކުރުމުން ރައްޔިތުންގެ ޓެކްސް ފައިސާ ގެއްލުމުގެ އިތުރުން ގައުމުގެ އުފެއްދުންތެރިކަމަށްވެސް ނޭދެވޭ އަސަރު ކުރާ ކަމަށާއި، މިއީ ކޮންމެ ގޮތަކަށް ބެލިކަމުގައި ވިޔަސް އިންސާފުވެރި، ހަމަޖެހޭ އުސޫލެއް ނޫން ކަމަށެވެ.

ފެނަކައިގެ މުވައްޒަފުން ނެގުމާއި ގުޅޭގޮތުން އޮޑިޓަރ ޖެނެރަލް ނެރުއްވި އޮޑިޓު ރިޕޯޓުގައި މުވައްޒަފުން މިގޮތަށް ނަގާފައިވާ ގޮތް ވަރަށް ތަފްސީލުކޮށް ބަޔާންކޮށްފައިވާކަން ފާހަގަކުރައްވަމުން އަޒާން ވިދާޅުވީ، ދާދިފަހުން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މީގެ ފަހުން އެގޮތަށް މުވައްޒަފުން ނުނެގުމަށް އަންގައި، ކުންފުނީގެ ރެކްރޫޓްމެންޓް ޕޮލިސީތައް އިސްލާހުކުރުމަށް އަންގާފައިވާ ކަމަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މަސައްކަތެއް ނުކޮށް ރައްޔިތުންގެ ފައިސާ ލިބޭގޮތަށް މީހުން ވަޒީފާތަކުގައި ތިބުން ގަބޫލެއްނުކުރެވޭ: އަޒާންޚަބަރު | ގަޑިއިރެއް ކުރިންއިމާރާތުން ވެއްޓުނު ކުއްޖާގެ މައްސައިލާގައި ފުލުހުން އަމަލުކުރި ގޮތް ހޯދަން މަޖިލީހަށް ޚަބަރު | އަހަރެއް ކުރިންމާލިއްޔަތު އަދި 241 ކޮމިޓީން އަޒާން ވަކިކޮށްފިޚަބަރު | އަހަރެއް ކުރިންއެންމެ މުހިންމު މަޝްރޫޢުތަކަށް ބަޖެޓްގައި ފައިސާ ހިމެނުމަށް އިސްކަންދޭނެ: އަޒާންޚަބަރު | 2 އަހަރު ކުރިން