logo
MPL

MPL

ޚަބަރު

މާލިއްޔަތު އަދި 241 ކޮމިޓީން އަޒާން ވަކިކޮށްފި

މުހައްމަދު މޫސާމުހައްމަދު މޫސާ
3 މާރިޗު 2025 - 08:29
މާލިއްޔަތު އަދި 241 ކޮމިޓީން އަޒާން ވަކިކޮށްފި

ރައްޔިތުންގެ މަޖިލީހުގެ މުހިންމު ދެ ކޮމިޓީއަކުން ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން ވަކިކޮށްފިއެވެ.

މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ މިކަން ޢިއުލާން ކުރަށްވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަޒާން ވަކިކޮށްފައި ވަނީ މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އަދި ސަލާމަތީ ޚިދުމަތްތަކާ ބެހޭ (241) ކޮމިޓީންނެވެ. އެ ދެކޮމެޓީން އަޒާން ވަކިކުރުމަށް ނިންމާފައިވަނީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޕާލިމެންޓަރީ ގްރޫޕުންނެވެ.

މި ނިންމުން އައިސްފައިވަނީ ޕީއެންސީގެ ވިޕްލައިނާ ޚިލާފަށް އަޒާން ވޯޓު ދެއްވި މައްސަލަ ފެންމަތިވެފައިވަނިކޮށެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ އަދަދު 7 އިން 5 އަށް މަދުކުރުމަށް ކޯޓުތަކުގެ ޤާނޫނަށް ހުށަހެޅި އިޞްލާޙު ފާސްކުރުމަށް ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕުން ތްރީލައިން ވިޕެއް ނެރެފައިވަނިކޮށް، އެ ބިލަށް ވޯޓަށް އެހި ވަގުތު އަޒާން ވޯޓުގައި ބައިވެރިވެވަޑައިނުގަތުމަކީ މި މައްސަލަ ފެންމަތިވުމުގެ ސަބަބެވެ.

އަޒާންގެ ބަދަލުގައި މާލިއްޔަތު ކޮމިޓީއަށް ހަމަޖައްސާފައިވަނީ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހުމަދު އައިފާނެވެ. އަދި 241 ކޮމިޓީއަށް އައްޔަންކޮށްފައިވަނީ ވިލިމާލޭ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލެވެ. މި ދެ ކޮމިޓީގެ ބަދަލުގައި އަޒާން އައްޔަންކޮށްފައިވަނީ ޕެޓިޝަން ކޮމިޓީ އަދި އިމްތިޔާޒާއި ސުލޫކު ކޮމިޓީއަށެވެ.

މި ދެ ކޮމެޓީއަކީ މަޖިލީހުގެ އެންމެ މުހިންމެ ދެ އެއް ދެ ކޮމެޓީއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މަސައްކަތެއް ނުކޮށް ރައްޔިތުންގެ ފައިސާ ލިބޭގޮތަށް މީހުން ވަޒީފާތަކުގައި ތިބުން ގަބޫލެއްނުކުރެވޭ: އަޒާންޚަބަރު | 2 ގަޑިއިރު ކުރިންބޭރު ފައިސާ އާ ބެހޭ ޤާނުނުގެ ބިލު މަޖިލީހުން ބަލައިގެންފިޚަބަރު | 3 ދުވަސް ކުރިންކޮތަޅުން ނަގާ ޑިއުޓީ އަށް ލުއި ލިބޭ ގޮތަށް ކުނި މެނޭޖުކުރުމުގެ ޤާނޫނު އިސްލާހުކޮށް ފާސްކޮށްފިޚަބަރު | 3 ދުވަސް ކުރިންދުވާލަކު، ތިންސަތޭކަ ޓަނުގެ ދަޅުމަސް ބަންދުކުރެވޭ ގޮތަށް މިފްކޯގެ ގާބިލުކަން އިތުރު ކުރަނީޚަބަރު | 3 ދުވަސް ކުރިން