logo
MPL

MPL

ޚަބަރު

އިމާރާތުން ވެއްޓުނު ކުއްޖާގެ މައްސައިލާގައި ފުލުހުން އަމަލުކުރި ގޮތް ހޯދަން މަޖިލީހަށް

ހައްވާ ޔުމްނާގެ މައްސަލައިގައި ފުލުހުން ޢަމަލުކުރި ގޮތުގެ އިންކިއުރީ ހޯދަން މަޖިލީހަށް މައްސަލަ ހުށަހެޅުއްވީ ހިތަދޫ މެދުދާއިރާގެ މެންބަރު މުހައްމަދު އަޒާން މަރްޒޫޤް
ހައްވާ ޔުމްނާގެ މައްސަލައިގައި ފުލުހުން ޢަމަލުކުރި ގޮތުގެ އިންކިއުރީ ހޯދަން މަޖިލީހަށް މައްސަލަ ހުށަހެޅުއްވީ ހިތަދޫ މެދުދާއިރާގެ މެންބަރު މުހައްމަދު އަޒާން މަރްޒޫޤް

މި މަހުގެ 18 ވަނަ ދުވަހު މާލޭގެ ހެންވޭރުގެ ގެއެއްގެ މަތިން ވެއްޓުނު ހައްވާ ޔުމްނާގެ މައްސައިލައިގައި ފުލުހުން އަމަލުކުރި ގޮތް ހޯދަން ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅައިފިއެވެ.

އެ މައްސަލައިގައި ފުލުހުން އަމަލުކުރި ގޮތުގެ އިންކިއުރީ ހޯދުމަށް އެ މައްސަލަ މަޖިލީހުގެ 241 ކޮމެޓީ ނުވަތަ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމެޓީއަށް ހުށަހަޅައިފައި ވަނީ ހިތަދޫ މެދުދާއިރާގެ މެންބަރު މުހައްމަދު އަޒާން މަރްޒޫޤްއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެގޮތުން މެންބަރު ހުށަހެޅުއްވި މައްސަލައިގައި ބުނީ މި ހާދިސާއާ ގުޅިގެން ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން އަމަލު ކޮށްފައިވަނީ މި ބާވަތުގެ އެހެން މައްސަލަތަކުގައި ފުލުހުން އަމަލުކުރަމުން ގެންދާ ގޮތްތަކާއި ހިލާފަށް ކަމުގައި ބުނެ ގިނަ ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާކަމަށެވެ.

ހަމައެއާއެކު ފުލުހުންގެ މުއައްސަސާއިން ޖުމްލަ ގޮތެއްގައި އަމަލުކޮށްފައިވާ ގޮތާއި ގުޅިގެން ގިނަ އަދަދެއްގެ ޒުވާނުން ހިމެނޭ ގޮތަށް ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުންދާ ކަން ވެސް މެންބަރު ވަނީ ފާހަގަކުރައްވާފައެވެ.

އެގޮތުން މެންބަރު ވިދާޅުވީ ޒުވާނުންނާއި، ރައްޔިތުންގެ ތެރެއިން ގިނަ ބައެއްގެ ކަންބޮޑުވުން އޮތް މިފަދަ މައްސަލައެއްގައި ފުލުހުން އަމަލުކޮށްފައިވަނީ އެއްވެސް ނުފޫޒެއް ނެތި، އިނަސާފުވެރިކަމާއި އެކު ޤާނޫނާއި އެއްގޮތަށް ކަން ކަށަވަރުކުރުމަކީ މުހިންމު ކަމެއް ކަމަށާއި، އެހެންކަމުން މި މައްސަލައިގެ މައުލޫމާތު ފުލުހުންނަށް ލިބުނު ހިސާބުން ފެށިގެން އެ މުއައްސަސާގެ ފަރާތުން އަމަލުކޮށްފައިވާ ގޮތުގެ އިންކުއަރީ ރިޕޯޓެއް ހަދަން އަޒާން ވަނީ އެދިވަޑައިގެންފަ އެވެ.

މި މަހުގެ 18 ވަނަ ދުވަހު މާލޭގެ ހެންވޭރުގައި ހުންނަ ގެއެއްގެ ފުރާޅު މައްޗަށް ވެއްޓުނީ، 21 އަހަރުގެ ހައްވާ ޔުމްނާ އެވެ. އޭނާ ވެއްޓުނީ ހ. ފެންޓޮނިއާ ގޭގެ 9 ވަނަ ފަންގިފިލާއިން، އެގެއާ އިންވެގެން ހުރި ހ. މިޓޯމާ ގޭގެ ފުރާޅު މައްޗަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޝާހިދަށް ތުހުމަތުވާ ޖިންސީ ގޯނާގެ މައްސަލަ ފުރިހަމައަށް ތަޙުޤީޤުކޮށް، އަނިޔާ ލިބުނު ފަރާތަށް އިންސާފު ލިބުމަކީ އުންމީދެއް: އަޒާންޚަބަރު | 3 ގަޑިއިރު ކުރިންޒުވާނުންގެ %99 އަކީ ތަޢުލީމީ އާބާދީއެއް: ޤާނޫނު ޒަމާނާ އެއްގޮތަށް ބަދަލުކުރަންޖެހޭ: އައިބީޚަބަރު | 3 ގަޑިއިރު ކުރިންބަޖެޓްގެ ބަހުސްގައި ކޮންމެ މެންބަރަކަށްވެސް 15 މިނެޓްޚަބަރު | 10 ގަޑިއިރު ކުރިންނަޞްރުގެ ދުވަހުގެ ހަރަކާތްތަކަށް ޓްރެފިކް ފްލޯއަށް ބަދަލުތަކެއް: ބައެއް މަގުތައް ބަންދު!ޚަބަރު | 17 ގަޑިއިރު ކުރިން