logo
MPL

MPL

ޚަބަރު

ދިވެހި ވެށި، ދިވެހީންގެ ޤައުމު، ދިވެހީންނަށް ވަރަށް ފުންކޮށް އެނގެންޖެހޭނެ: ރައީސް

އައިޝަތު ނަޝާ
15 އޯގަސްޓު 2026 - 09:49
ދިވެހި ވެށި، ދިވެހީންގެ ޤައުމު، ދިވެހީންނަށް ވަރަށް ފުންކޮށް އެނގެންޖެހޭނެ: ރައީސް

ދިވެހި ވެއްޓާއި، ދިވެހީންގެ ރާއްޖެ އާއި، ދިވެހީންގެ ޤައުމު، ދިވެހީންނަށް ވަރަށް ފުންކޮށް އެނގެންޖެހޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު ހއ. އުތީމުގައި ބޭއްވެވި، ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ޤައުމާ މުޚާޠިބުކުރައްވައި ދެއްވި ތަޤުރީރުގައެވެ.

އުތީމު މަހާރަދުންގެ ޙަޔާތްޕުޅުން ލިބޭ ދަރުސްތަކަށް އަލިއަޅުއްވާލައްވަމުން އެމަނިކުފާނު ވަނީ، އެ ޒަމާނަކާ ގުޅޭ ޢިލްމާއި ހުނަރު، އެ ޒަމާނެއްގެ ދިވެހީންނަށް އެނގުމުގެ މުހިންމުކަން ހަނދުމަފުޅުކޮށްދެއްވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެގޮތުން، ނިޔަމިކަމާއި، ހަނގުރާމައިގެ އުކުޅުތައް ދަސްކުރެއްވި ފަދައިން އަދި ޤައުމީ ގިޔަމުތައް، ބޮޑުތަކުރުފާނު ހިތްޕުޅުގައި ބިންވަޅުނެންގެވި ފަދައިން، އެ ޒަމާނަކާ ގުޅޭ ޢިލްމާއި ހުނަރު، އެ ޒަމާނެއްގެ ދިވެހީންނަށް އެނގުމުގެ މުހިންމުކަންވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވާފައެވެ. ބޮޑުތަކުރުފާނުގެ ތުއްޕުޅު ދުވަސްވަރުން ފެށިގެން، އެ ބަޠަލުގެ ކޮންމެ ޙަރަކާތަކީ އަދުގެ ޖީލުތަކަށް އަގުހުރި އަދި މާނަހުރި ފިލާވަޅެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

" ޤައުމުގެ ޙައްޤުގައި ޤުރުބާންވުމުގައި ވަކި ފަންތިއެއް، ގިންތިއެއް އަދި މިންތިއެއްވެސް ތަފާތު ނުވާނެ. އެގޮތުން، އަލިރަސްގެފާނުން ފެށިގެން ގޮސް، ވިލިނގިލީ ރާވެރިބެއާ ހަމައަށް، ނޮޅިވަރަންފަރު އެދުރުކަލޭގެފާނާ ހަމައިން ކަނބާ އައިސާ އާއި ސިއްތި މާވާއާ ހަމައަށް، މުޙައްމަދު ތަކުރުފާނުން ފެށިގެން ދުވާފަރު ދަންޑަހެލާ ހަމައަށް، އެކި ފަންތީގެ، އެކި މިންތީގެ، އެކި ގިންތީގެ ދިވެހީން ޤައުމަށްޓަކައި ވެވަޑައިގެންނެވި ޤުރުބާނީގެ ޛިކުރާ އާކުރަންޖެހޭ" ރައީސް ޑރ.މުހައްމަދު މުއިއްޒު

ޤައުމުގެ ޙައްޤުގައި ލެޔާއި ދާ އޮހޮރާލުމަކީ ދިވެހި ޤައުމީ ސިފައެއްކަމާއި، ޤައުމީ ދުވަހުގެ އަމާޒަކަށް ވާންވީ، ދިވެހި މުޖުތަމަޢުގައި ތަހުޒީބު ސިފަތައް އަށަގެންނެވުންކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގައުމީ ރުކުނަކަށް އުނިކަމެއް އަންނާނެ ގޮތަކަށް އެއްވެސް ކަމެއް ނުކުރާނެކަމުގެ ޔަގީންކަންދެން: ރައީސްޚަބަރު | 18 ގަޑިއިރު ކުރިންހަތިޔާރުގެ އަޅުވެތިކަން ފަދައިން ދަރަނީގެ އަޅުވެތިކަމުން ވެސް ޤައުމު ސަލާމަތްކުރަންޖެހޭ: ރައީސްޚަބަރު | 2 ދުވަސް ކުރިންނޮވެމްބަރު 3 ގެ ހިތްވަރުގަދަ 5 ބަޠަލެއްގެ ޚިދުމަތުގެ އަގުވަޒަންކޮށް އައްޑަނަ އަރުވައިފިޚަބަރު | 2 ދުވަސް ކުރިންއެމްއެންޑީއެފްގެ އަސްކަރީ ހަރަކާތްތައް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޝަރަފަވެރި ކޮށްދެއްވައިފިޚަބަރު | 2 ދުވަސް ކުރިން