logo
Bank of Maldives

Bank of Maldives

ޚަބަރު

ސަޕްލިމަންޓްރީ ބަޖެޓެއް ހުށައަޅަނީ

މެންދުރު ޓީމް
19 އޮކްޓޯބަރު 2024 - 15:39
މިނިސްޓަރ އޮފް ފައިނޭންސް މޫސާ ޒަމީރު - ފޮޓޯ ރައީސް އޮފީސް
މިނިސްޓަރ އޮފް ފައިނޭންސް މޫސާ ޒަމީރު - ފޮޓޯ ރައީސް އޮފީސް

މި އަހަރަށް ސަޕްލިމަންޓްރީ ބަޖެޓެއް ހުށައަޅަންޖެހޭތީ އެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ. މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ ވިދާޅުވީ އެމަސައްކަތް ކުރަމުން ދިޔަ ނަމަވެސް ސީދާ ޢަދަދު ކަނޑައަޅުއްވާނީ ކެބިނެޓާއި، ރައީސުލްޖުމްހޫރިއްޔާގެ ލަފާފުޅާއި، އޮޑިޓަރ ޖެނެރަލް ރިޕޯޓަށްވެސް ބެލުމަށް ފަހުގައި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ސީދާ ކިހާވަރެއްކަން ކަނޑައެޅުމުގެ މަސައްކަތް ކުރަމުން މިދަނީ، އަޅުގަނޑަށް ހީވަނީ ފަސް ބިލިއަން ރޭންޖުގައި މި ދާ ރޭންޖުގައި ތިރި ކުރެވޭނެ. އަޅުގަނޑަކަށް ހިޔެއް ނުވޭ ދިހަ ބިލިއަނަށް ދާނެ ހެނެއް، ފޯކާސްޓުން ދައްކާ ގޮތުން އަދި މި ފަހުން އިޤްތިޞާދު ރަނގަޅު ކުރުމަށް ރައީސް މުއިއްޒު ގެންނަމުންދާ ހަރުދަނާ އިސްލާޙުތަކާއެކު މިހާރު ދައްކަނީ ރަނގަޅުކަމަށް - މިނިސްޓަރ ޒަމީރު
Ad by Hajj Corporation

Ad by Hajj Corporation

ބަންޑާރަ ނައިބު އަހުމަދު އުޝާމް އާ އެކު ރައީސް އޮފީހުގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ ވިދާޅުވީ މިދިޔަ އަހަރުގެ ތެރޭގައި ދައުލަތުގެ ބަޖެޓުން ހަރަދުކުރުމަށް ފަހު ފިނޭންސް މިނިސްޓްރީގެ ސިސްޓަމަށް ނުވައްދާ ދެ ބިލިއަންއަށް ވުރެ ގިނަ ރުފިޔާ އެބަހުރިކަމަށެވެ.

އަދި 2023 ވަނަ އަހަރުގެ ތެރޭގައި ބޭރުގެ އެހީގެ ދަށުން ހިންގާ ޕްރޮޖެކްޓްތަކަށް ބޭރުގެ މާލީ އިދާރާ ތަކުން ދޫކޮށްފައި ހުރި ދޮޅު ބިލިއަނާއި ދެ ބިލިއަން ރުފިޔާއާ ކައިރި ކުރާ އަދަދެއް މި އަހަރުގެ ތެރޭގައި ރެކޯޑްކޮށްފައިވާކަން ފާހަގަކުރެވުނު ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބަޖެޓު 2026: ކުޅިވަރަށް 623 މިލިއަން ރުފިޔާޚަބަރު | 9 ގަޑިއިރު ކުރިންދައުލަތުގެ ބަޖެޓް: ކައުންސިލް ބްލޮކް ގްރާންޓްގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ، ޖުޑީޝަރީއަށް 807.9 މިލިއަން ރުފިޔާ ޚަބަރު | 11 ގަޑިއިރު ކުރިންއަންނަ އަހަރުގެ ބަޖެޓު، މާދަމާ މަޖިލީހަށް ހުށަހަޅަނީޚަބަރު | 2 ދުވަސް ކުރިންދިވެހި ފުލުހުން ޒިންމާ އަދާކުރީ ޕްރޮފެޝަނަލްކަމާއެކު: ޒަމީރުޚަބަރު | މަހެއް ކުރިން