ކަރެކްޝަންސް މުވައްޒަފުންނަށް މަޤާމުގެ ކުރިއެރުން ލިބޭނެގޮތް ހަދާދޭނަން: ވަޒީރު އިހްސާން
16 އޯގަސްޓު 2026 - 08:37

ކަރެކްޝަންސްގެ އޮފިސަރުންނާއި މުވައްޒަފުންގެ ހެލްތް އިންޝުއަރަންސް ސްކީމް ރަނގަޅުކޮށްދެއްވާނެ ކަމަށާއި، އޮފިސަރުންނާއި މުވައްޒަފުންނަށް ލިބެންޖެހޭ މަޤާމުގެ ކުރިއެރުންތައް ލިބޭނޭގޮތް ހަމަޖައްސަވައި ދެއްވާނެ ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)ގެ 55 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން، ހުޅުމާލޭ ޖަލުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުންނެވެ.

Ad by Hajj Corporation
ސަރުކާރުގެ ސްކީމްތަކުން ކަރެކްޝަންސްއަށް ބޯހިޔާވެހިކަން ލިބޭނޭ ފުރުސަތު ހޯދައިދެއްވާނެ ކަމަށާއި، ސަރުކާރުން މާލެ ސަރަޙައްދުގައި އަދި ކ. ހިންމަފުށީގައި އާ ކަރެކްޝަނަލް ފެސިލިޓީއެއް ޤާއިމުކުރުމަށް ބަޖެޓް ހަމަޖައްސަވައި ދެއްވާފައިވާ ކަމަށް ވެސް ވަޒީރު ފާހަގަ ކުރެއްވެވި އެވެ.
ވަޒީރުގެ އިތުރުން، ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު ޞަބާޙް، ނެޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ރައީސް އަލްއުސްތާޛް ޝުއައިބު ޢަބްދުއްރަހްމާންވެސް ބައިވެރިވެވަޑައިގަތެވެ. އަދި އިންސްޕެކްޓަރ އޮފް ކަރެކްޝަންސް އަލްއުސްތާޛާ ޢާޝަޔަތު ޝިޢުނާ އާއި ޖަލުތަކުގެ ޑިރެކްޓަރުންނާއި ކޮމިޝަންޑް އޮފިސަރުން އަދި މުވައްޒަފުން މި ރަސްމިއްޔާތުގައި ބައިވެރިވެލެއްވިއެވެ.

-01.jpg&w=3840&q=75)
