ގައުމީ ދުވަހެއް ފާހަގަ ކުރާއިރު، އެންމެ މުހިންމު ކަމަކީ ގައުމިއްޔަތު ދިރުވައި އާލާކުރުން: ވަޒީރު ހީނާ
16 އޯގަސްޓު 2026 - 11:04

ގައުމީ ދުވަހެއް ފާހަގަކުރަމުންދާއިރު، އެންމެ މުހިންމު ކަމަކީ ގައުމިއްޔަތު ދިރުވައި އާލާކުރުން ކަމަށާއި ހއ. ބާރަށުން އެމަންޒަރު ވަރަށް ބޮޑަށް ފެނިގެންގޮސްފި ކަމަށް ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ޤައުމީ ދުވަސް ފާހަގަކުރުމަށް ބާރަށުގައި މިއަދު ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ވަޒީރު ހީނާ ވަނީ ބާރަށަށް ވަޑައިގެންނެވުމުން އެރަށުގެ ރައްޔިތުން ކީ ހޫނު މަރުހަބާއާއި ދިން މެހެމާންދާރީ އަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަށްވާފައެވެ. ހީނާ ވިދާޅުވިގޮތުގައި ބާރަށުން ފެނިގެންދިޔަ ފެއްސާއި ރަތާ ހުދުގެ މަރުހަމާއަކީ ކޮންމެ ގައުމީ ކަމެއްގައިވެސް ކޮންމެ ރަށަކުން ވެސް ފެންނަން ބޭނުންވާ މަރުހަބާ ކަމަށެވެ. ވިދާޅުވީ އެއީ ގައުމީ މަރުހަބާ ކަމަށެވެ.

Ad by Hajj Corporation
ވަޒީރުގެ ވާހަކައިގައި ވިދާޅުވީ ގައުމީ ދުވަހެއް ފާހަގަކުރަމުންދާއިރު، އެންމެ މުހިންމު ކަމަކީ ގައުމިއްޔަތު ދިރުވައި އާލާކުރުންކަމަށެވެ. އަދި ބާރަށުން އެމަންޒަރު ވަރަށް ބޮޑަށް ފެނިގެންދިޔަކަން ފާގަހަކުރެއްވިއެވެ. އެކަމަނާ ވާހަކައިގައި ވަނީ ދިވެހި ގައުމިއްޔަތު ދިރުވައި އާލާކޮށް އެކަމުގެ ހޭލުންތެރިކަން އިތުރުކުރުމަށް ހާއްސަ މަސައްކަތްތަކެއް ކޮށްދެއްވުމަށް އެންމެހާ ރައްޔިތުންނަށް ގޮވާލައްވާފައެވެ. ވިދާޅުވީ ގައުމިއްޔަތު ދިރުވާ އާލާ ކުރުމަކީ އަންނަން އޮތް ޖީލުތަކުގެ މުސްތަގްބަލަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވުމަށްފަހު އެންމެ ބޮޑަށް އިސްކަން ދެއްވި އެއް ދާއިރާއަކީ ދިވެހި ގައުމިއްޔަތު ދިރުވައި އާލާ ކުރުމުގެ ދާއިރާ. ދިވެހި ބަހަށް އިސްކަން ދިނުމުގެ ދާއިރާ. ދިވެހި ތަރިކައާއި ސަގާފަތް ދިރުވުމުގެ ދާއިރާ. އަދި ހަމައެހެންމެ އަޅުގަނޑުމެންގެ މި ތަރިކަތައް ރައްކާތރިކޮށް ދެމެހެއްޓުގެ ދާއިރާ: ވަޒީރު ހީނާ
އެގޮތުގެ މަތިން ބާރަށުގައި ކުރިޔަށްދާ މަޝްރޫއުތައް ވަރަށް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.
ވަޒީރުގެ ވާހަކަ ނިންމަވާލައްވަމުން ވަނީ ގައުމީ އަމާނާތައް ރައްކާތެރިވުމަށާއި ގައުމީ ޝަހުސިއްޔަތު ދިފާއުކުރުމަށް އެންމެހައި ރައްޔިތުންނަށް ގޮވާލައްވާފައެވެ.

-01.jpg&w=3840&q=75)
