logo
MPL

MPL

ޚަބަރު

ޓެކްސީ އެޕްގެ ޒާތީ މައުލޫމާތު ލީކު ކުރީ އެމްޓީސީސީގެ މުވައްޒަފެއް

އައިޝަތު ނަޝާ
16 އޯގަސްޓު 2026 - 13:16
ޓެކްސީ އެޕްގެ ޒާތީ މައުލޫމާތު ލީކު ކުރީ އެމްޓީސީސީގެ މުވައްޒަފެއް

"މާލެ ޓެކްސީ ލައިން" އެޕްލިކޭޝަން ހެކުކޮށްފައިނުވާ ކަމަށާއި އާންމުންގެ ޒާތީ މައުލޫމާތުތައް ލީކުކުރީ، އެ ކުންފުނީގެ މުވައްޒަފެއްކަން އެނގިފައިވާ ކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ.

އެމްޓީސީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީީ ،ޓެކްސީ އެޕުގެ ބެކްގްރައުންޑުގައި ހުރި ޒާތީ މައުލޫމާތުތަކަށް ބަދަލު ގެނެސް، ލީކުކޮށްލީ އެ ކުންފުނީގައި މަސައްކަތް ކުރަމުން އަންނަ މުވައްޒަފެއްކަން އެތެރޭގެ ތަހުގީގަކުން އެނގިފައިވާ ކަމަށްށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މުވައްޒަފުގެ ނަން ހާމަނުކޮށް، އެމްޓީސީސީން ބުނީ، އެ މުވައްޒަފު އެ މައުލޫމާތުތައް ލީކުކޮށްލާފައި ވަނީ އެއްވެސް ހުއްދައަކާ ނުލައި، އަމިއްލަ ޒާތީ، ސިޔާސީ މަގުސަދެއް ހާސިލްކުރުމުގެ ނިޔަތުގައި ކަމަށެވެ.އޭނާ މިހާރު ވަޒީފާގެ ޒިންމާތަކުން އެކަހެރިކޮށްފައިވާ ކަމަށް ބުނެ، އެމްޓީސީސީން ވަނީ، ކުންފުނީގެ ގަވައިދުތަކާއި އުސޫލުތަކުގެ ތެރެއިން އަޅަން ޖެހޭ އެންމެ ހަރުކަށި ފިޔަވަޅު އެ މުވައްޒަފާ މެދު އަޅާނެ ކަމުގެ ޔަގީންކަން ދީފައެވެ.

 

View post on Twitter

 

މީގެއިތުރުން، މާލެ ޓެކްސީ އެޕުގެ ބެކްގްރައުންޑު ޑޭޓާ ބޭސް ސިސްޓަމަށް ބަދަލު ގެނައިކަން އެ ކުންފުނީގެ އައިސީޓީ ނެޓުވޯކް ސެކިއުރިޓީ ސިސްޓަމަށް ފާހަގަވުމާއެކު، ވަގުތުން އެ ސިސްޓަމް ސެކިއުރިޓީ ލޮކްޑައުންއަކަށް ގެނައި ކަމަށް ބަޔާނުގައި ބުންޏެވެ.

ކުންފުނީގެ ސާވާއާއި މާލެ ޓެކްސީ ލައިންގެ ބެކްގްރައުންޑް ސިސްޓަމް ރޭ 23:30ގައި ރައްކާތެރި ކުރެވިފައިވާކަން އެ ކުންފުނިން ފާހަގަކުރިއެވެ. އަދި، ކަސްޓަމަރުންނަށް ޓެކްސީ އެޕުން ޚިދުމަތް ހޯދުމުގައި އެއްވެސް ދަތިކަމެއް މެދުވެރިނުވާނެ ކަމުގެ ޔަގީންކަން އެ ކުންފުނިން ވަނީ ދީފައެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޓެކްސީ އެޕްގެ ޒާތީ މައުލޫމާތު ލީކު ކުރީ އެމްޓީސީސީގެ މުވައްޒަފެއްޚަބަރު | 2 ގަޑިއިރު ކުރިންމުދާ ފެރީގެ ޚިދުމަތް ވަގުތީގޮތުން ހެންވޭރު ފެރީ ޓާމިނަލަށް ބަދަލުކޮށްފިޚަބަރު | 13 ދުވަސް ކުރިންމަގު ހެދުމުގެ މަސައްކަތް ނިމެންދެން R11 ރޫޓުގެ ބަހުގެ ހިދުމަތް މެދުކެނޑޭނެޚަބަރު | 14 ދުވަސް ކުރިންއަމީނީމަގު މަރާމާތު ކުރުމަށް ސާވޭ ކޮށްފިޚަބަރު | 19 ދުވަސް ކުރިން