logo
MPL

MPL

ޚަބަރު

މުދަލާއި ޚިދުމަތުން ޓެކްސް ނެގުމުގެ ޤާނޫނަށް އިޞްލާޙު ގެންނަ ސަބަބުތައް އޮޅުވައިނުލުމަށް ޝާހިދު އެދިވަޑައިގެންފި

މުހައްމަދު މޫސާމުހައްމަދު މޫސާ
16 އޯގަސްޓު 2026 - 16:54
ޓެކްސް ނެގުމުގެ ޤާނޫނަށް އިޞްލާޙު ގެންނަ ސަބަބުތައް އޮޅުވައިނުލުމަށް ޝާހިދު އެދިވަޑައިގެންފި

ސަރުކާރުގެ ފަރާތުން ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ދާއޫދު ހުށަހަޅުއްވާފައިވާ، މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް އިޞްލާޙު ގެންނަ ސަބަބުތައް އޮޅުވައިނުލުމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު މިއަދު އެދިވަޑައިގެންފިއެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާގައި މި ބިލަށް ބަހުސް ކުރައްވަމުން މެންބަރު ޝާހިދު ވިދާޅުވީ، މިއީ އެއްވެސް ޙާލެއްގައި މިހާރު ނެގެމުންދާ 8 އިންސައްތައިގެ ޖީއެސްޓީ ބޮޑުކޮށް، ރައްޔިތުންނަށް ދަތިކުރުމުގެ ބޭނުމުގައި ހުށަހަޅާފައިވާ އިޞްލާޙެއް ނޫން ކަމަށެވެ. އަދި މިއީ ރާއްޖެ ބޭނުންކޮށްގެން އެކިއެކި ވިޔަފާރިކުރަމުންދާ ބޭރުގެ ފަރާތްތަކުގެ އަތުން ނެގޭ އައު ޓެކްސްއެއް ކަމަށާއި، މި ބަދަލު ގެންނަން ޖެހެނީ ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ފުޅާކޮށް ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރާއްޖޭގެ ރަށްތައް ބެހިފައިވާ ގޮތުން ކޮންމެ ރަށެއްގައި އިންޖީނުގެއާއި، ޒަމާނީ ފެންވަރުގެ ހޮސްޕިޓަލާއި، ސްކޫލް އަދި ބަނދަރާއި މަގުތައް ހެދުމަށް ބޮޑެތި ޚަރަދުތަކެއް ހިނގާކަން ފާހަގަކުރައްވަމުން ޝާހިދު ވިދާޅުވީ، ވޭތުވެދިޔަ ތަނުގައި މިފަދަ ޚިދުމަތްތައް ރައްޔިތުންނަށް އެދެވޭ ގޮތުގައި ނުދެވި ދިޔައީ ބޮޑެތި ވިޔަފާރިވެރިންގެ ނުފޫޒުގެ ސަބަބުން ނިންމުންތައް ނިންމަން ވެރިންނަށް ނުކެރުމުން ކަމަށެވެ. ނަމަވެސް މި ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުއްދުމަށް ބުރަކޮށް މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން، ޤާނޫނުތަކަށް އިޞްލާޙު ގެނައުމާއި އައު ޤާނޫނުތައް ހެދުމުގެ އިތުރުން އެ ކަންކަން ތަންފީޒުވުމުގެ މުހިންމުކަން މެންބަރު ފާހަގަކުރެއްވިއެވެ. އެގޮތުން ރިސޯޓުތަކުން ޑޮލަރު މާރުކުރުމަށް އެމްއެމްއޭއިން ހެދި ޤަވާއިދަށް ބައެއް ރިސޯޓުތަކުން ޢަމަލުނުކުރާކަން ފާހަގަކުރައްވައި، ކިތަންމެ ގިނަ ޤާނޫނެއް ހެދިޔަސް ރައްޔިތުންނަށް އޭގެ މަންފާ ލިބޭނީ އެ ކަންކަން ފުރިހަމައަށް ތަންފީޒުކުރެވިގެން ކަމަށް ވިދާޅުވިއެވެ.

އަދި ހަމައެއާއެކު، ރާއްޖޭގެ ރަށްތަކާއި ފަޅުތައް ނަގައިގެން އަހަރުތަކެއް ވާއިރުވެސް އެއްވެސް މަސައްކަތެއް ނުކޮށް ދޫކޮށްލާފައި ހުރުމުގެ ސަބަބުން ދަޢުލަތަށާއި ރައްޔިތުންނަށް ގެއްލުންވަމުންދާ ކަމަށާއި، މިފަދަ ކަންކަން ޙައްލުކުރުމަށްޓަކައި ޤާނޫނުތައް ހަރުދަނާކޮށް ތަންފީޒުކުރަން ޖެހޭ ކަމަށް ޝާހިދު ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޞިއްޙަތާ ގުޅުންހުރި ކަންކަމަކީ މި ސަރުކާރުގެ އެންމެ ބޮޑު އެއް އިސްކަންދޭ އެއް ދާއިރާ: ޝާހިދުޚަބަރު | ގަޑިއިރެއް ކުރިންހޮސްޕިޓަލްތަކުގެ ފަންކާއިން ދަބަރު ފޭބިއިރު ވެސް އެމްޑީޕީން 200 ބިލިއަނުގެ ބަޖެޓަށް ހެދި ގޮތެއް ނޭނގުނު: ޝުޖާއުޚަބަރު | 17 ގަޑިއިރު ކުރިންގަންނަ ފަރާތްތަކުގެ ފައިސާ ރައްކާކޮށްދޭ ރިއަލް އެސްޓޭޓް ބިލެއް މަޖިލީހަށްކޯޓް ރޫމް | 18 ގަޑިއިރު ކުރިން2028 ގެ ނިޔަލަށް މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަކީ ސަރުކާރުގެ އަމާޒު: މަމްދޫޙުޚަބަރު | ދުވަހެއް ކުރިން