logo
MPL

MPL

ޚަބަރު

ވިލިމާލޭގެ ގޮނޑުދޮށް ހިމާޔަތްކުރުމާއި ޑިންގީ ޖެޓީ ހެދުމުގެ މަޝްރޫޢުތައް އެމްޓީސީސީއާ ހަވާލުކޮށްފި

މުހައްމަދު މޫސާމުހައްމަދު މޫސާ
16 އޯގަސްޓު 2026 - 17:59
ވިލިމާލޭގެ ގޮނޑުދޮށް ހިމާޔަތްކުރުމާއި ޑިންގީ ޖެޓީ ހެދުމުގެ މަޝްރޫޢުތައް އެމްޓީސީސީއާ ހަވާލުކޮށްފި

ވިލިމާލޭގެ ގޮނޑުދޮށް ޙިމާޔަތް ކުރުމުގެ މަޝްރޫޢު އާއި ވިލިމާލެ ބަނދަރު ޑިންގީ ޖެޓީ ހެދުމުގެ މަޝްރޫޢު ކުރިއަށް ގެންދިއުމަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ އާއި މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް އިސްމާޢިލް ޙަމީދު އެވެ. އަދި އެމް.ޓީ.ސީ.ސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑީސީޕީ (ރިޓަޔާޑް) އަހްމަދު ސަޢުދީއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޑިންގީ ޖެޓީ ހެދުމުގެ މަޝްރޫޢު

ވިލިމާލެ ބަނދަރުގައި ޑިންގީ ޖެޓީ ހެދުމުގެ މަޝްރޫޢުގެ ދަށުން ބަނދަރު ތެރެއާއި ނެރުން 3،698 ކިއުބިކް މީޓަރުގެ ސަރަހައްދެއް ފުންކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ރޭމްޕާއި ސިޑި ހިމެނޭހެން 74 މީޓަރުގެ އެއްގަމު ވާޓަރެއް ޤާއިމުކުރުމާއި، 74 މީޓަރު ދިގު އަދި 2 މީޓަރު ފުޅާ ކޮންކްރީޓް ޖެޓީއެއް ހެދުން ހިމެނެއެވެ. އަދި 3 މީޓަރުގެ ބޮޑުހިލަ ރިވެޓްމަންޓް ޖެހުމާއި، 24 މީޓަރުގެ ބޮޑުހިލަ ބްރޭކްވޯޓަރ އެޅުމުގެ މަސައްކަތް ވެސް މި މަޝްރޫޢުގައި ހިމެނެއެވެ. މި މަޝްރޫޢުގެ މުއްދަތަކީ 150 ދުވަސް އެވެ.

ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު

ވިލިމާލެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ދަށުން 1.1 ހެކްޓަރުގެ ސަރަހައްދެއްގައި ގޮނޑުދޮށް މުއްސަނދިކުރުމަށް ވެލިއެޅުމުގެ މަސައްކަތް ކުރިއަށްދާނެއެވެ. އަދި 150 މީޓަރުގެ ބޮޑުހިލަ ރިވެޓްމަންޓް ޖެހުމާއި، 181 މީޓަރުގެ ބޮޑުހިލަ ސަބްމާރޖްޑް ބްރޭކްވޯޓަރ އެޅުމުގެ އިތުރުން، ކުރިން ހަދާފައިވާ ބްރޭކްވޯޓަރގެ ތެރެއިން 60 މީޓަރުގެ ސަރަހައްދެއް ނެގުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫޢު ނިންމުމަށް އެމްޓީސީސީއަށް ދީފައިވަނީ 180 ދުވަހުގެ މުއްދަތެކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ތުލުސްދޫ ފުލުހުންގެ މަރުކަޒުގެ މަސައްކަތުގެ 23 އިންސައްތަ ނިމިއްޖެ: އެމްޓީސީސީޚަބަރު | 3 ދުވަސް ކުރިންދެ ކުންފުނި އެއްކޮށްލުމުން ފަންނީ މުވައްޒަފުންގެ ފުރިހަމަ ބޭނުން ފެނިގެންދާނެ: މުބީންޚަބަރު | 6 ދުވަސް ކުރިން މާލޭ އުތުރު ފަރާތު ބަނދަރުގައި ޖެޓީތަކުގެ ކޮންކުރިޓުގެ މަސައްކަތް އަންނަ ހަފުތާއަށް ފަށަނީޚަބަރު | 7 ދުވަސް ކުރިންއަމީނީ މަގު: ސެގްމަންޓް 3ގައި މިހަފުތާގައި ތާރުއަޅަން ފަށަނީޚަބަރު | 13 ދުވަސް ކުރިން