logo
MPL

MPL

ކުޅިވަރު

މެންޗެސްޓާ ސިޓީ ބަލިކޮށް، އާސެނަލް އިން ކޮމިއުނިޓީ ޝީލްޑް ކާމިޔާބުކޮށްފި

އަބްދުﷲ ޣާނިމް
17 އޯގަސްޓު 2026 - 04:20
މެންޗެސްޓާ ސިޓީ ބަލިކޮށް، އާސެނަލް އިން ކޮމިއުނިޓީ ޝީލްޑް ކާމިޔާބުކޮށްފި

ކާޑިފްގެ ޕްރިންސިޕަލިޓީ ސްޓޭޑިއަމްގައި ކުޅުނު ކޮމިއުނިޓީ ޝީލްޑް މެޗުގައި މެންޗެސްޓާ ސިޓީގެ މައްޗަށް 3-0 ގެ ބޮޑު ތަފާތަކުން، އާސެނަލް އިން މި ސީޒަނުގެ ފުރަތަމަ ތަށި އުފުލާލައިފިއެވެ. މިއީ ސިޓީގެ އައު ކޯޗު އެންޒޯ މަރެސްކާގެ އިރުޝާދުގެ ދަށުން އެ ޓީމު ކުޅުނު ފުރަތަމަ ރަސްމީ މެޗެވެ.

މެޗު ފެށިގެން އެންމެ 24 ސިކުންތުގެ ތެރޭގައި މައިލްސް ލުއިސް-ސްކެލީ ތަނަވަސްކޮށްދިން ފުރުސަތަކުން ރިކާޑޯ ކަލަފިއޯރީ ވަނީ ލަނޑު ޖަހައި އާސެނަލަށް ލީޑު ނަގައިދީފައެވެ. އޭގެ ފަހުން މެޗުގެ 30 ވަނަ މިނެޓުގައި އާސެނަލްގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ ކައި ހަވާޓްޒް އެވެ. މި ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދިނީ އަލަށް ގުޅުނު ކްރިސްޓޯސް ޓްޒޮލިސް އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ދެވަނަ ހާފު ފެށިގެން 48 ވަނަ މިނެޓުގައި އާސެނަލްގެ ކެޕްޓަން މާޓިން އޮޑެގާޑް ވަނީ ސިޓީގެ ކީޕަރު ޖިއަންލުއިޖީ ޑޮންނަރުއްމާ ކައިރިން ނައްޓާލުމަށްފަހު އެ ޓީމުގެ ތިންވަނަ ލަނޑު ޖަހައި މޮޅު ކަށަވަރުކޮށްފައެވެ. މި ލަނޑު ޖެހުމުގައިވެސް އެހީތެރިވެދިނީ ޓްޒޮލިސް އެވެ.

މި މެޗުގައި އާސެނަލަށް އަލަށް ސޮއިކުރި ބްރޫނޯ ގިމަރާއިސް އަދި ޓްޒޮލިސްގެ އިތުރުން ސިޓީއަށް އަލަށް ގުޅުނު އެލިއަޓް އެންޑަސަން ވެސް ވަނީ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅެފައެވެ. ގިމަރާއިސް އަދި ޓްޒޮލިސްގެ ފަރާތުން ފާހަގަކޮށްލެވޭ މޮޅު ކުޅުމެއް ފެނިގެންދިޔައިރު، ސިޓީގެ މެދުތެރެއިން މާ އެދެވޭ ކުޅުމެއް މި މެޗުގައި ފެނިފައެއް ނުވެއެވެ.

ކުރިއަށް އޮތް ޕްރިމިއާ ލީގުގެ ފުރަތަމަ މެޗުގައި ހުކުރު ދުވަހު ކޮވެންޓްރީ ސިޓީއާ ދެކޮޅަށް އާސެނަލް ނުކުންނައިރު، މި މޮޅާއެކު އެ ޓީމުގެ އިތުބާރު ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައިސްގެ ލަނޑުން ބަޔާން ހިފަހައްޓައި އާސެނަލް އެއްވަރުވެއްޖެކުޅިވަރު | 2 ދުވަސް ކުރިންރެލިގޭޓްވެދާނެ ކަމުގެ ބިރާއެކު ސިޓީގެ ޕްލާސްޓިކް ސަޕޯޓަރުން ޓީމު ދޫކޮށް އަސްލު ކުލަބަށް ރުޖޫޢަވެއްޖެ؟!ކުޅިވަރު | 3 ދުވަސް ކުރިންމަޑުއޭކޭގެ ލަނޑުން އާސެނަލް ނޮޓިންގހަމް ފޮރެސްޓް އަތުން އުނދަގޫ މޮޅެއްކުޅިވަރު | 5 ދުވަސް ކުރިންސިޓީ ބަލިކޮށް ޕީއެސްޖީއިން ތެލުގެ ޑާބީ ކާމިޔާބުކޮށްފިކުޅިވަރު | 9 ދުވަސް ކުރިން