logo
Bank of Maldives

Bank of Maldives

ޚަބަރު

ޕެޓިޝަން ހުށަހެޅުމުގެ އުސޫލު ބަދަލުކުރަން މެންބަރު މަމްދޫހު އިސްލާހެއް ހުށަހަޅުއްވައިފި

އައިޝަތު އިނާޝާ
17 އޯގަސްޓު 2026 - 05:33
ޕެޓިޝަން ހުށަހެޅުމުގެ އުސޫލު ބަދަލުކުރަން މެންބަރު މަމްދޫހު އިސްލާހެއް ހުށަހަޅުއްވައިފި

ރައްޔިތުންގެ މަޖިލީހަށް އެއް މައުޟޫޢަކާ ގުޅޭގޮތުން ތަކުރާރުކޮށް ޕެޓިޝަން ހުށަހެޅޭ ގޮތް ހެދުމަށްޓަކައި، ޕެޓިޝަންތަކުގައި ހުންނަންޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް މަޖިލީހުގެ ގަވާއިދު އިސްލާހުކުރަން މިއަދު ހުށަހަޅައިފިއެވެ.

ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫހު ހުށަހެޅުއްވި މި އޮސްލާހު މަޖިލީހުގެ ތަޅުމުން ބަލައިގަނެ، މިހާރު ވަނީ ދިރާސާކުރުމަށްޓަކައި އާންމު ކޮމިޓީއަށް ފޮނުވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެންބަރު މަމްދޫހު ހުށަހަޅުއްވާފައިވަނީ މަޖިލީހުގެ ގަވާއިދުގެ 257-1 ވަނަ މާއްދާގެ (ޅ) އުނިކުރުމަށެވެ.

މިހާރު ގަވާއިދު އޮތްގޮތުން، މަޖިލީހަށް ކުރިން ހުށަހެޅިގެން ކުރިއަށްދާ ޕެޓިޝަނެއްގައި އެދިފައިވާ ފިޔަވަޅެއް އަލުން އެޅުމަށް ގޮވާލައި އިތުރު ޕެޓިޝަނެއް ހުށައެއް ނޭޅޭނެއެވެ. ނަމަވެސް، މަމްދޫހު ހުށަހެޅުއްވި ގޮތަށް މި އަކުރު އުނިކޮށްފިނަމަ، އެއް މައުޟޫއަކާ ގުޅޭގޮތުން ތަކުރާރުކޮށް މަޖިލީހަށް ޕެޓިޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވިގެންދާނެއެވެ.

މި އިސްލާހު މަޖިލީހަށް ހުށަހަޅާފައި މިވަނީ ލާމަރުކަޒީ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަކާ ގުޅިގެން ހޫނު ބަހުސްތަކެއް ހިނގަމުންދާ ދަނޑިވަޅެއްގައިކަން ފާހަގަކޮށްލެވެއެވެ. ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލް ހަންނާން ޢަބޫބަކުރު ވަނީ، ސަރުކާރުން ހިންގަން ބޭނުންވާ ތަރައްގީގެ މަޝްރޫއުތަކަށް ބިން ވަކިކުރަންޖެހޭ ހާލަތްތަކުގައި، ލޯކަލް ކައުންސިލްތަކުގެ އިހްތިސާސްގެ ތެރެއިން ބިން ވަކިކުރުމުގެ ބާރު ވަޒީރުންގެ މަޖިލީހަށް ލިބޭގޮތަށް ލާމަރުކަޒީ ޤާނޫނަށް އިސްލާހެއް ހުށަހަޅުއްވާފައެވެ.

މި އިސްލާހަށް ތާއީދުކޮށް މަޖިލީހުގެ ތަޅުމުގައި ބަހުސްކުރުން ލާޒިމުވާ މިންވަރަށް ސޮއި ހަމަކުރުމުގެ ކުރިން، އެކަމާ ދެކޮޅަށް ޕެޓިޝަނެއް ވަނީ ހުށަހަޅާފައެވެ. ލާމަރުކަޒީ ގާނޫނަށް ގެންނަން އުޅޭ މި ބަދަލާ ދެކޮޅަށް 2,300 އަށްވުރެ ގިނަ ރައްޔިތުން ސޮއިކޮށް މަޖިލީހަށް ވަނީ ޕެޓިޝަނެއް ހުށަހަޅާފައެވެ. މަމްދޫހު އިސްލާހު ހުށަހަޅުއްވާފައި މިވަނީ މި ޕެޓިޝަން ހުށަހަޅާފައިވަނިކޮށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނޯވޭގެ ރަސްގެފާނު އަވަހާރަވުމުން ރައީސް ތައުޒިޔާ ވިދާޅުވެއްޖެޚަބަރު | 16 ދުވަސް ކުރިންއެޗްއާރުސީއެމްގެ މެންބަރުކަމަށް ޝަމްއޫން އައްޔަން ކުރަން ފާސްކޮށްފިޚަބަރު | 19 ދުވަސް ކުރިންމަސްވެރިކަމުގެ ގާނޫނަށް ހުށަހެޅި އިސްލާހުތައް ފާސްކޮށްފިޚަބަރު | 19 ދުވަސް ކުރިންސަރުކާރުގެ މަޝްރޫއުތައް ހިންގަން ކައުންސިލްތަކުގެ ބިން ނެގޭ އިސްލާހު ފާސްކޮށްފިޚަބަރު | 19 ދުވަސް ކުރިން