logo
Bank of Maldives

Bank of Maldives

ޚަބަރު

ފަރެސްމާތޮޑާ ދެއަވަށުގެ ދެމެދުގައި ނުހިއްކައި އޮތް ސަރަޙައްދު ހިއްކުމުގެ ޢަމަލީ މަސައްކަތް ފަށައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
17 އޯގަސްޓު 2026 - 09:01
ފަރެސްމާތޮޑާ ދެއަވަށުގެ ދެމެދުގައި ނުހިއްކައި އޮތް ސަރަޙައްދު ހިއްކުމުގެ ޢަމަލީ މަސައްކަތް ފަށައިފި

 

ގދ. ފަރެސްމާތޮޑާގެ ދެއަވަށުގެ ދެމެދުގައި ނުހިއްކައި އޮތް ސަރަޙައްދު ހިއްކުމުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފަރެސްމާތޮޑާ ކައުންސިލުން ވިދާޅުވި ގޮތުގައި، މި މަޝްރޫޢަކީ ސަރުކާރުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ޙަވާލުކޮށްގެން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ.

މި މަޝްރޫޢުގެ ދަށުން ރަށުގެ ދެއަވަށުގެ ދެމެދުގައި ކުރިން ނުހިއްކައި އޮތް ސަރަޙައްދު ހިއްކުމުގެ ޢަމަލީ މަސައްކަތް މިހާރު ވަނީ ފެށިގެން ކުރިއަށްދާ ކަމަށް އެ ކައުންސިލުން މަޢުލޫމާތުދެއެވެ.

ކައުންސިލުން އިތުރަށް ވިދާޅުވި ގޮތުގައި، އެ އިދާރާގެ އެންމެ ބޮޑު އުންމީދަކީ މި މަޝްރޫޢުގެ މަސައްކަތްތައް ވީހާވެސް އަވަހަކަށް ނިމި، ރަށުގެ ރައްޔިތުންނަށް އޭގެ ފުރިހަމަ ލުއިފަސޭހަކަން ލިބިގެންދިއުމެވެ. އަދި މިފަދަ މުހިންމު މަޝްރޫޢެއް ކުރިއަށްގެންދަވާ ކަމަށްޓަކައި ސަރުކާރަށާއި އެމްޓީސީސީއަށް ރައްޔިތުންގެ ނަމުގައި ކައުންސިލުން ވަނީ ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވާފައެވެ.

އެ ރަށުގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު 142.6 މިލިޔަން ރުފިޔާ އަށް އެމްޓީސީސީއާ ހަވާލުކުރީ މިދިޔަ އަހަރުގެ ޑިސެންބަރުމަހުގެ ތެރޭގައެވެ. ފަރެސްމާތޮޑާ ބިން ހިއްކުމުގެ މަޝްރޫއުގައި 18 ހެކްޓަރުގެ ސަރަހައްދެއްގެ ބިން ހިއްކައި 620 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވެއެވެ.

މި މަޝްރޫޢުގެ ދަށުން އެރަށުން ޖުމްލަ 18 ހެކްޓަރުގެ ބިން ހިއްކާނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހަތަރު ރަށެއްގައި ތަރައްގީގެ މަޝްރޫއު ހިންގަން އެމްޓީސީސީއަށްޚަބަރު | 5 ދުވަސް ކުރިންއަމީނީމަގު މަރާމާތުގެ ފުރަތަމަ ސެގްމަންޓްގައި ތާރު އަޅަން ތައްޔާރުވެއްޖެޚަބަރު | 11 ދުވަސް ކުރިންމާކުރަތު ބަނދަރު ބޮޑުކުރުމުގެ މަޝްރޫޢު ބާރު ސްޕީޑްގައި ކުރިއަށްވިޔަފާރި | 12 ދުވަސް ކުރިންއެމްޓީސީސީގެ މިދިޔަ އަހަރުގެ ފައިދާ 85 މިލިޔަނަށްޚަބަރު | 13 ދުވަސް ކުރިން