logo
MPL

MPL

ޚަބަރު

ގަނޑުކޮށް ކޮތަޅު ވިއްކާއިރު ނަގާ ފީ ކަނޑާލައި ލުއި ދޭން ފާސްކޮށްފި

މުހައްމަދު މޫސާމުހައްމަދު މޫސާ
17 އޯގަސްޓު 2026 - 11:40
ގަނޑުކޮށް ކޮތަޅު ވިއްކާއިރު ނަގާ ފީ ކަނޑާލައި ލުއި ދޭން ފާސްކޮށްފި

ގަނޑުކޮށް ޕްލާސްޓިކް ކޮތަޅު ވިއްކާއިރު ނަގާ ފީ އިސްތިސްނާކުރުމާއި، ކުނި މެނޭޖުކުރުމުގެ ނިޒާމަށް މުހިންމު ބަދަލުތަކެއް ގެނައުމަށް ކުނި މެނޭޖުކުރުމުގެ ޤާނޫނަށް ހުށަހެޅި އިސްލާޙުތަކުގެ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ. މި ބިލު މަޖިލީހުން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 55 މެންބަރުންގެ އިއްތިފާގުންނެވެ.

އުނގޫފާރު ދާއިރާގެ މެންބަރު އިބްރާހީމް ޝިފާޒް ހުށަހެޅުއްވި މި ބިލު، އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީން ދިރާސާކުރުމަށްފަހު މުޅި މަޖިލީހުގެ ކޮމިޓީން އެއްވެސް ބަދަލެއް ނުގެނެސް އޮގަސްޓް 12 ވަނަ ދުވަހު ވަނީ 65 މެންބަރުންގެ ވޯޓާއެކު ފާސްކޮށްފައެވެ. މަޖިލީހުގެ ތަޅުމުން މިއަދު ފާސްކުރީ މުޅި މަޖިލީހުގެ ކޮމިޓީން އެކުލަވާލި ރިޕޯޓެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކުނި މެނޭޖްކުރުމުގެ ޤާނޫނުގެ 32 ވަނަ މާއްދާގައި މިހާރު އޮންނަ ގޮތުން ފީ ނެގުމުން އިސްތިސްނާވަނީ ޑިއުޓީ ފްރީ ފިހާރަތަކުން ދޭ ނުވަތަ ވިއްކާ ކޮތަޅާއި، ބަންދުނުކޮށް ހުންނަ ތާޒާ މަސް އަޅަން ބޭނުންކުރާ ކޮތަޅުގެ އިތުރުން ކުނި މެނޭޖްކުރުމުގެ ހިދުމަތްދޭ ފަރާތްތަކުން ނުވަތަ ކަމާބެހޭ އިދާރާއަކުން ކުނި އެޅުމަށް ހާއްސަކޮށް ވިއްކާ ނުވަތަ ދޫކުރާ ބިންލައިނާތަކެވެ. ނަމަވެސް، މިއަދު ފާސްކުރި އިސްލާހާއެކު، 50 އަށް ވުރެ ގިނަ ކޮތަޅު ހިމެނޭ ކޮތަޅު ބޮނޑި ވެސް ފީ ނެގުމުން އިސްތިސްނާވާ ބާވަތްތަކުގެ ތެރޭގައި ވަނީ ހިމަނާފައެވެ.

މީގެ އިތުރުން، ޖީއެސްޓީއަށް ރަޖިސްޓްރީކޮށްފައި ނުވާ ތަންތަނުން ދޫކުރާ ކޮތަޅަށް ވެސް ފީ ނަގާ ގޮތަށް ހަމަޖައްސައި، އެގޮތަށް ނަގާ ފީއާމެދު އަމަލުކުރާނެ ގޮތުގެ ގަވާއިދެއް ހެދުން މިނިސްޓްރީއަށް ލާޒިމްކުރުމާއި، އެފަދަ ތަންތަނުން ފީ ނަގާކަން ކަށަވަރުކުރުން މިނިސްޓްރީގެ ޒިންމާއެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ. މި ބަދަލުތަކުގެ ސަބަބުން، ވިޔަފާރިތަކުން ހޯލްސޭލްކޮށް ގަންނަ ކޮތަޅަށް ތަކުރާރުކޮށް ފީ ދައްކަންޖެހޭ މައްސަލައަށް ހައްލު ލިބިގެންދާނެއެވެ.

މި ބިލުގައި އިޤްތިޞާދީ އަދި ސިނާއީ މަސައްކަތްތައް ކުރާ ތަންތަނުގައި ކުނި މެނޭޖުކުރުމުގެ ސިޔާސަތު އެކުލަވާލުމާއި، ޤައުމީ މާސްޓަރ ޕްލޭނާއި ސިޓީގެ ކުނި މެނޭޖްކުރުމުގެ ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތިން ކަންކަން ތަންފީޒުކުރުން ހިމެނެއެވެ. އަދި ކުނި މެނޭޖްކުރުމުގެ ނިޒާމު ފަރުމާކޮށް ޤާއިމްކުރުމާއި، ކުނި މެނޭޖްކުރާ މަރުކަޒުތަކާއި ވަސީލަތްތަކުގެ މިންގަނޑުތައް ކަނޑައެޅުމުގެ އިސްލާޙުތައް ވެސް ހިމަނާފައިވާތީ، މިއީ މި ދާއިރާއަށް ލިބިގެންދިޔަ ޖުމްލަ ވަށާޖެހޭ ހައްލެކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގަނޑުކޮށް ކޮތަޅު ވިއްކާއިރު ނަގާ ފީ ކަނޑާލައި ލުއި ދޭން ފާސްކޮށްފިޚަބަރު | ގަޑިއިރެއް ކުރިންނޭޝަނަލް ޕޭމަންޓް ސްވިޗް ޤާއިމުކުރަން ފާސްކޮށްފިޚަބަރު | 3 ގަޑިއިރު ކުރިންޕެޓިޝަން ހުށަހެޅުމުގެ އުސޫލު ބަދަލުކުރަން މެންބަރު މަމްދޫހު އިސްލާހެއް ހުށަހަޅުއްވައިފިޚަބަރު | 7 ގަޑިއިރު ކުރިން ބޭރުގެ ކޮންޓްރެކްޓަރުންގެ ވިތުހޯލްޑިންގ ޓެކްސް %10 އަށް ބޮޑުކުރަނީޚަބަރު | 8 ގަޑިއިރު ކުރިން