ޓެކްސީ ލައިން އެޕްގެ މައުލޫމާތު ލީކުކުރި މުވައްޒަފުގެ މައްސަލަ ޕޮލިހަށް
17 އޯގަސްޓު 2026 - 13:38

މާލެ ޓެކްސީ ލައިންގެ ހިދުމަތުގައި ބޭނުންކުރާ މޮބައިލް އެޕްލިކޭޝަންގެ މައުލޫމާތު ލީކްކުރި މުވައްޒަފުގެ މައްސަލަ ތަހުގީގު ކުރުމަށް އެމްޓީސީސީން ރަސްމީކޮށް ފުލުހުންގެ އިދާރާއަށް ހުށަހަޅާފައިވާ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.
އެމްޓީސީސީން ނެރުނު ބަޔާނެއްގައި ވަނީ، ޓެކްސީ އެޕްގެ ބެކްއެންޑް ޑޭޓާބޭސް ސިސްޓަމްގައި ހުރި މައުލޫމާތުތަކަށް ބަދަލު ގެނެސް، އެ މައުލޫމާތުތަކުގެ ސްކްރީންޝޮޓް ނަގައި ލީކުކޮށްފައިވަނީ އެ ކުންފުނީގައި މަސައްކަތްކުރާ މުވައްޒަފެއް ކަން އެތެރޭގެ ތަހުގީގުން އެނގިފައިވާ ކަމަށެވެ. އެ މުވައްޒަފު އެ ކަން ކުރީ އެއްވެސް ހުއްދައަކާ ނުލައި އަމިއްލަ ޒާތީ އަދި ސިޔާސީ މަގްސަދެއް ހާސިލް ކުރުމުގެ ނިޔަތުގައި ކަމަށް ވެސް އެމްޓީސީސީގެ ބަޔާނުގައިވެއެވެ.

Ad by Hajj Corporation
ބެކްއެންޑް ޑޭޓާބޭސް ސިސްޓަމަށް ބަދަލު ގެނައިކަން ކުންފުނީގެ އައިސީޓީ ނެޓްވޯކް ސެކިއުރިޓީ ޓީމަށް ފާހަގަކުރެވުމާ އެކު، ވަގުތުން ސިސްޓަމް ޝަޓްޑައުންކޮށް ސެކިއުރިޓީ ލޮކްޑައުންއަކަށް ގެނައި ކަމަށް ވެސް ބަޔާނުގައިވެއެވެ.
އަދި އޮގަސްޓް 15ވަނަ ދުވަހުގެ ރޭގެ 11:30 ގައި ސާވާ އަދި ބެކްއެންޑް ސިސްޓަމް ވަނީ ރައްކާތެރިކަމާ އެކު އަލުން ރީސްޓޯކޮށް، ސެކިއުރިޓީ ކަށަވަރުކޮށްފައިވާ ކަމަށް ބަޔާނުގައިވެއެވެ.
އެ ކުންފުނިން ވަނީ ކަސްޓަމަރުންނާއި ހިއްސާދާރުންގެ ހައްގުތައް ހިމާޔަތްކޮށް، ރައްކާތެރިކުރުމަށްޓަކައި ކުރަންޖެހޭ ކޮންމެކަމެއް ކުރުންމަތީ ކުންފުނިން ދެމި އޮނާނެ ކަމުގެ ޔަގީންކަން ވަނީ އަރުވާފައެވެ.

-01.jpg&w=3840&q=75)
