ބޭންކިންގް ދާއިރާގެ އިސް ސަފުގައި ދިވެހިންގެ ނިސްބަތް 80 އިންސައްތައަށް ގެނައުމަށް އަމާޒު ހިފައިފި
18 އޯގަސްޓު 2026 - 04:12

ރާއްޖޭގެ ބޭންކިންގ ދާއިރާގެ އިސްމަގާމުތަކުގައި ދިވެހިންގެ ނިސްބަތް 80 އިންސައްތައަށް ވުރެ މައްޗަށް އިތުރުކުރުމަކީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ މުހިންމު އަމާޒެއް ކަމަށް އެމްއެމްއޭގެ ގަވަރުނަރު އަޙްމަދު މުނައްވަރު ވިދާޅުވެއްޖެ އެވެ.

Ad by Hajj Corporation
ޕްރިމިއަރ ބޭންކު ރަސްމީކޮށް އިފްތިތާޙްކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ގަވަރުނަރު ވިދާޅުވީ، އެމްއެމްއޭގެ އެންމެ މުހިންމު އެއް އަމާޒަކީ ރާއްޖޭގެ މާލީ ދާއިރާ ފުޅާކޮށް ޖީޑީޕީއަށް އެ ދާއިރާއިން ކުރާ ހިއްސާ ދެގުނައަށް އިތުރުކުރުން ކަމަށެވެ.
ބޭންކިންގް ދާއިރާގެ މެނޭޖްމަންޓް މަގާމުތަކުގެ ގާތްގަނޑަކަށް 40 އިންސައްތައަކީ ބޭރު މީހުން ކަމަށްވާއިރު، ކުރިއަށް އޮތް 5 އަހަރު ތެރޭގައި މި އަދަދު 20 އިންސައްތައަށް ވުރެ ދަށްކޮށް، އިސްމަގާމުތަކުގެ އިންސައްތައަށް ވުރެ ގިނަ ހިއްސާއަކީ ދިވެހިން ކަމުގައި ހެދުމަށް މަސައްކަތްކުރަމުންދާ ކަމަށް ގަވަރުނަރު ވިދާޅުވި އެވެ. މިކަމަށްޓަކައި އޭޝިއަން އިންސްޓިޓިއުޓް އޮފް ޗާޓަރޑް ބޭންކާސްއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށާއި، އަންނަ އަހަރު "ހިއުމަން ކެޕޭސިޓީ ޑިވެލޮޕްމަންޓް ފަންޑު" އެއް އުފެއްދުމަށް ގަސްދުކުރައްވާ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، 2025 ވަނަ އަހަރު ބޭންކުތަކަށް ޓެކުހުގެ ކުރިން 5.15 ބިލިޔަން ރުފިޔާގެ ފައިދާއެއް ލިބިފައިވާ ކަމަށާއި، ބޭންކިންގ ދާއިރާގެ ފައިދާގެ ގާތްގަނޑަކަށް 11 އިންސައްތަ، ރާއްޖެއިން ބޭރަށް ފޮނުވާފައިވާ ކަމަށް ގަވަރުނަރު ވިދާޅުވި އެވެ. މި ދާއިރާއިން ލިބޭ މަންފާ ރާއްޖޭގެ އިގްތިސޯގައި ހިފެހެއްޓުމަށާއި ދިވެހި އިންވެސްޓަރުން މި ދާއިރާއަށް ނުކުތުމަށް މަގުފަހިކުރުމުގެ ގޮތުން، ބޭންކިންގ ގާނޫނަށް އިސްލާހު ގެނައުމާއި އިސްލާމީ މާލީ ނިޒާމުގެ އާ ގާނޫނެއް ތައާރަފުކުރުން ފަދަ ގާނޫނީ ބަދަލުތައް ގެންނަމުންދާ ކަމަށް ވިދާޅުވިއެވެ. އަދި ސަރުކާރުގެ "މޯލްޑިވްސް 2.0" އާ އެއްގޮތަށް ޑިޖިޓަލް ބޭންކިންގ އާއި އަވަސް ކްރޮސް-ބޯޑަރ ޕޭމަންޓް ނިޒާމުތައް ގާއިމުކުރުމަށް އިސްކަންދޭ ކަމަށްވެސް ގަވަރުނަރު ވިދާޅުވި އެވެ.

-01.jpg&w=3840&q=75)
