logo
MPL

MPL

ޚަބަރު

ޑޮލަރު މާރުކުރަން ޖެހޭ އަދަދަށް ދެ އަހަރުގެ ތެރޭ ބަދަލު ގެނައުމުގެ ފުރުސަތު އެބައޮތް: ގަވަރުނަރު

މުހައްމަދު މޫސާމުހައްމަދު މޫސާ
10 ފެބްރުއަރީ 2025 - 04:21
''ޑޮލަރު މާރުކުރަން ޖެހޭ އަދަދަށް ދެ އަހަރުގެ ތެރޭ ބަދަލު ގެނައުމުގެ ފުރުސަތު އެބައޮތް''

ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރިތަކުން ޑޮލަރު މާރުކުރަން ޖެހޭ އަދަދުކަމަށް ޤާނޫނުގައު ލާޒިމްކޮށްފައިވާ މިންވަރަށް ދެ އަހަރުގެ ތެރޭ ބަދަލު ގެނައުމުގެ ފުރުސަތު އެބައޮތްކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރު އަހުމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.

މުނައްވަރު މިހެން ވިދާޅުވީ، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓުއަރިޒަމް އިންޑަސްޓްރީ (މަޓީ)ގެ އަހަރީ އާންމު ޖަލްސާގައި ކުރިއަށްދިޔަ ޕެނަލް ޑިސްކަޝަންއެއްގައި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ. މި ޖަލްސާގައި ރިސޯޓުތަކަށް ލިބޭ އާމްދަނީން މާރުކުރަން ޖެހޭ 20 ޕަސެންޓަކީ މާ ބޮޑު އަދަދެއް ކަމަށް ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުން ފާހަގަކޮށްފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ގަވަރުނަރު މުނައްވަރު ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަން ކޮވިޑް-19 ބަލިމަޑުކަމުގެ ކުރިން އޮތް ހާލަތަށް ރުޖޫއަވަމުންދާ ކަމަށް ބަލައިފައި ވީނަމަވެސް، 2019 އާ އަޅައިބަލާއިރު ޚަރަދުތައް ބޮޑުވެފައިވާކަން ގަބޫލުކުރެވޭ ކަމަށެވެ. އެހެންކަމުން، މާރުކުރަން ޖެހޭ އަދަދު މުރާޖާ ކުރަން ޖެހޭތޯ މިހާރު ވެސް ބަލަމުން އަންނަ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"މާރުކުރަން ޖެހޭ އަދަދު މުރާޖާ ކުރުމުގެ މަސައްކަތަކީ ދެތިން ކުއާޓަރުގެ ތެރޭގައި ނިންމޭނެ ކަމެއް ނޫން. މިކަމަށް އެއަށްވުރެ ދިގު މުއްދަތެއް ބޭނުންވޭ. އެހެންނަމަވެސް، ކުރިއަށް އޮތް ދެ އަހަރު ތެރޭގައި ބަދަލެއް ގެނައުމުގެ ފުރުސަތު އެބައޮތް،" ގަވަރުނަރު މުނައްވަރު ވިދާޅުވިއެވެ.

މި ބަދަލު ގެނައުމަކީ ފަތުރުވެރިކަމުގެ ދާއިރާއަށް ލިބިގެންދާނެ ބޮޑު ލުޔެއްކަމަށް ބެލެވެއެވެ. އަދި މިކަމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރެވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބޭންކިންގް ދާއިރާގެ އިސް ސަފުގައި ދިވެހިންގެ ނިސްބަތް 80 އިންސައްތައަށް ގެނައުމަށް އަމާޒު ހިފައިފިޚަބަރު | 4 ގަޑިއިރު ކުރިން''ޑޮލަރު މާރުކުރަން ޖެހޭ އަދަދަށް ދެ އަހަރުގެ ތެރޭ ބަދަލު ގެނައުމުގެ ފުރުސަތު އެބައޮތް''ޚަބަރު | 2 އަހަރު ކުރިންއާ ޓާމިނަލްއާއެކު ބޭރު ފައިސާ މާރުކުރަން ލުއި ލިބޭނެ - ގަވަރުނަރު ޚަބަރު | 2 އަހަރު ކުރިންފޮރިންގ އެކްސްޗޭންޖުގެ ޤާނޫނެއް ނެތުމުން އެމްއެމްއޭ އޮތީ އަތް ބަނދެވިފައި - ގަވަރުނަރުޚަބަރު | 2 އަހަރު ކުރިން