logo
MPL

MPL

ޚަބަރު

އާ ޓާމިނަލްއާއެކު ބޭރު ފައިސާ މާރުކުރަން ލުއި ލިބޭނެ - ގަވަރުނަރު

އަޙްމަދު ޒަލީފް
28 ނޮވެމްބަރު 2024 - 14:55
އާ ޓާމިނަލްއާއެކު ބޭރު ފައިސާ މާރުކުރަން ލުއި ލިބޭނެ - ގަވަރުނަރު

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓާމިނަލާއެކު ބޭރުފައިސާ މާރުކުރުމުގެ ކަންކަން އިތުރަށް ފަސޭހަވެގެންދާނެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު އަޙްމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.

މިކަމާގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން އެމްއެމްއޭގެ ގަވަރުނަރު އަޙްމަދު މުނައްވަރު ވިދާޅުވީ، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނާލު ނިމި ބޭނުންކުރަން ފަށާއިރު، އެތަނުގައި ބޭރުފައިސާ މާރުކުރުމަށް ޖާގަތައް ހަމަޖެހިގެންދާނެ ކަމަށެވެ. އެގޮތުން ރާއްޖޭގައި ހިންގާ ހުރިހާ ބޭންކުތަކަށްވެސް އެ ފުރުޞަތު ލިބޭނެކަން ގަވަރުނަރު ފާހަގަކުރެއްވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation


ގަވަރުނަރު މުނައްވަރު ވިދާޅުވީ، މިއީވެސް ވިޔަފާރިތަކައް ބޭރުފައިސާ މާރުކުރުމަށް އިތުރަށް ލުއިތަކެއް ދިނުމުގެ ގޮތުން ގެނެވޭ ބަދަލެއް ކަމަށެވެ. މިއީ އެހެން ހުރިހާ ޤައުމެއްގައިވެސް ޢަމަލުކުރަމުންދާ އުސޫލެއްކަން ގަވަރުނަރު ފާހަގަކުރެއްވިއެވެ. މިއާއެކު ބޭންކުތައް ޖަވާބުދާރީކުރުމަށް، ހާމަކަން ބޮޑު ގޮތެއްގައި މިކަން ކުރެވޭނެ ނިޒާމެއް ޤާއިމް ކުރެވޭނެކަމަށްވެސް ގަވަރުނަރު ވިދާޅުވިއެވެ.

ވެލާނާ އެއާޕޯޓުގައި މިހާރުވެސް ފުރަންދާ ފަރާތްތައް ބޭރުފައިސާ ގަތުމަށް ކައުންޓަރެއް ޤާއިމް ކުރެވިފައިވެއެވެ. އަދި އެރައިވައިލް އިން ނިކުންނަ ހިސާބުގައި ބީއެމްއެލްގެ ކައުންޓަރެއް ބޭރުފައިސާ މާރުކުރުމަށް ޤާއިމް ކުރެވިފައިވެއެވެ. ނަމަވެސް އައު ޓާމިނަލާޢެކު އިތުރު ބޭންކުތަކަށް ޖާގަ ލިބިގެންދާނެ ކަމަށް އެމްއެމްއޭއިން ވިދާޅުވެއެވެ.


މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން އަންނަނީ ބޭރުފައިސާގެ އައު ޤާނޫނެއް އެކުލަވާލުމަށް މަސައްކަތް ކުރައްވަމުންނެވެ. އެގޮތުން ބިލުގެ ޑްރާފްޓެއް އެކުލަވާލައި، އެޑްރާފްޓަށް އާންމުންގެ ޚިޔާލު ހޯދުމަށްވަނީ ހުޅުވާލާފައެވެ.

އެ ޤާނޫނު ވުޖޫދުވުމުގެ ކުރިންވެސް ބޭރުފައިސާގެ ކަންކަން ތަންފީޒުުރުމަށް ޤަވާޢިދެއް ވަނީ އެކުލަވާލާފައެވެ. އަދި އެޤަވާއިދަށް އަންނަ ޖެނުއަރީމަހުން ފެށިގެން އަމަލުކުރަން ފަށާނެއެވެ. އައު ޤަވާއިދަށް އަމަލުކުރަން ފެށުމާއެކު ރާއްޖެ އަންނަ ކޮންމެ ފަތުރުވެރިއަކަށް ރިސޯޓުތަކުންނާއި ގެސްޓް ހައުސްތަކުން އެ ފަތުރުވެރިއެއްގެ ބޮލަކަށް ވަކި މިންވަރަކަށް ޑޮލަރު މާރު ކުރުން ވަނީ ލާޒިމްކޮށްފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބޭންކިންގް ދާއިރާގެ އިސް ސަފުގައި ދިވެހިންގެ ނިސްބަތް 80 އިންސައްތައަށް ގެނައުމަށް އަމާޒު ހިފައިފިޚަބަރު | 3 ގަޑިއިރު ކުރިން''ޑޮލަރު މާރުކުރަން ޖެހޭ އަދަދަށް ދެ އަހަރުގެ ތެރޭ ބަދަލު ގެނައުމުގެ ފުރުސަތު އެބައޮތް''ޚަބަރު | 2 އަހަރު ކުރިންއާ ޓާމިނަލްއާއެކު ބޭރު ފައިސާ މާރުކުރަން ލުއި ލިބޭނެ - ގަވަރުނަރު ޚަބަރު | 2 އަހަރު ކުރިންފޮރިންގ އެކްސްޗޭންޖުގެ ޤާނޫނެއް ނެތުމުން އެމްއެމްއޭ އޮތީ އަތް ބަނދެވިފައި - ގަވަރުނަރުޚަބަރު | 2 އަހަރު ކުރިން