logo
MPL

MPL

ޚަބަރު

އެއް މައްސަލައެއްގައި ގިނަ ޕެޓިޝަން ހުށަހެޅޭ ގޮތަށް މަޖިލީހުގެ ގަވާއިދު ބަދަލުކޮށްފި

އައިޝަތު އިނާޝާ
18 އޯގަސްޓު 2026 - 11:50
އެއް މައްސަލައެއްގައި ގިނަ ޕެޓިޝަން ހުށަހެޅޭ ގޮތަށް މަޖިލީހުގެ ގަވާއިދު ބަދަލުކޮށްފި

އެއް މައުޟޫއަކާ ގުޅޭގޮތުން ތަކުރާރުކޮށް ޕެޓިޝަން ހުށަހެޅޭ ގޮތަށް މަޖިލީހުގެ ގަވާއިދު އިސްލާހުކޮށް، މިއަދު ފާސްކޮށްފިއެވެ.

މަޖިލީހުގެ ގަވާއިދަށް މި ބަދަލު ގެނައުމަށްޓަކައި ގަވާއިދުގެ 257-1 ވަނަ މާއްދާގެ (ޅ) އުނިކުރަން ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހެވެ. މަޖިލީހުގެ އާންމު ކޮމިޓީން މި އިސްލާހު ދިރާސާކޮށް ފާސްކުރުމާ ގުޅިގެން މިއަދު ތަޅުމުގައި ނެގުނު ވޯޓުގައި، މި ބަދަލު ފާސްކުރަން ފެންނަކަމަށް 56 މެމްބަރުން ވޯޓު ދެއްވިއިރު، ނުފެންނަކަމަށް ވޯޓު ދެއްވީ 10މެމްބަރުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މަޖިލީހުގެ ޤަވާއިދު ކުރިން އޮތްގޮތުން، މަޖިލީހަށް ކުރިން ހުށަހަޅާފައިވާ ޕެޓިޝަނެއްގައި އެދިފައިވާ ފިޔަވަޅެއް އަލުން އެޅުމަށް ގޮވާލައި އިތުރު ޕެޓިޝަނެއް ހުށައެއް ނުކުރެވޭނެއެވެ.

މަޖިލީހުގެ ގަވާއިދު އިސްލާހުކޮށްފައި މިވަނީ ލާމަރުކަޒީ ގާނޫނަށް ތުޅާދޫ ދާއިރާގެ މެންބަރު ޢަބްދުލް ހަންނާން އަބޫބަކުރު ހުށަހަޅުއްވާފައިވާ އިސްލާހަކާ ގުޅިގެންނެވެ. އެ ބިލު އަނބުރާ ގެންދިއުމަށް އެދި މަޖިލީހަށް މިހާރުވެސް ވަނީ ޕެޓިޝަނެއް ހުށަހަޅާފައެވެ. ނަމަވެސް، އެ ބިލުގެ މަސައްކަތް އަވަސްކުރުމަށް އެދި އިތުރު ބަޔަކު ޕެޓިޝަނެއް ހުށަހަޅަން ބޭނުންވި ނަމަވެސް، ކުރީގެ ޤަވާއިދު އޮތްގޮތުން އެކަމަށް އޮތީ ހުރަސް އެޅިފައެވެ.

މަޖިލީހުގެ ތަޅުމުން މި އޮސްލާހު ފާސްވުމާ ގުޅިގެން، ޖަލްސާގެ ރިޔާސަތުން ވަނީ މިއަދުން ފެށިގެން މި އާ އުސޫލަށް އަމަލުކުރަން ފެށޭނެކަން އިއުލާންކުރައްވާފައެވެ. އެހެންކަމުން، މިއަދުން ފެށިގެން ކޮންމެ މައްސަލައެއްގައިވެސް އެއް ޕެޓިޝަނަށްވުރެ ގިނަ ޕެޓިޝަން މަޖިލީހަށް ބަލައިގަންނާނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަންނަ އަހަރު މަޖިލީހުގެ ބަޖެޓަށް 227 މިލިއަން ރުފިޔާ ފާސްކޮށްފިޚަބަރު | 27 މިނިޓު ކުރިންއެއް މައްސަލައެއްގައި ގިނަ ޕެޓިޝަން ހުށަހެޅޭ ގޮތަށް މަޖިލީހުގެ ގަވާއިދު ބަދަލުކޮށްފިޚަބަރު | ގަޑިއިރެއް ކުރިންމުހިންމު މަސައްކަތްތައް ނިންމުމަށް މަޖިލީހުގެ ދެވަނަ ދައުރު މިމަހުގެ 27 އަށް ދަންމާލައިފިޚަބަރު | ގަޑިއިރެއް ކުރިން"ކުމެވި" ފަންޑުން ޒުވާނުން ވިޔަފާރީ އަށް ވަނުމަށް ފުރުސަތުތައް ފަހިވޭ: މާލީ ވަޒީރުޚަބަރު | 3 ގަޑިއިރު ކުރިން