އަންނަ އަހަރު މަޖިލީހުގެ ބަޖެޓަށް 227 މިލިއަން ރުފިޔާ ފާސްކޮށްފި
18 އޯގަސްޓު 2026 - 12:22

ރައްޔިތުންގެ މަޖިލީހުގެ އަންނަ އަހަރުގެ ބަޖެޓުގެ ގޮތުގައި 227 މިލިއަން ރުފިޔާ ކަނޑައެޅުމަށް މަޖިލީހުގެ އާންމު ކޮމިޓީން މިއަދު ނިންމައިފިއެވެ.
ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެންބަރުންގެ ތާއީދާއެކު މި ބަޖެޓު ފާސްކުރި ނަމަވެސް، މިއީ ސަރުކާރުން ދީފައިވާ ސީލިންގ ކުޑަވުމުގެ ސަބަބުން މަޖިލީހަށް ބޭނުންވާ މިންވަރަށްވުރެ ކުޑަ ބަޖެޓެއް ކަމަށް މަޖިލީހުގެ އިދާރާއިން ފާހަގަކުރެއެވެ.

Ad by Hajj Corporation
ހިނގަމުންދާ އަހަރަށް މަޖިލީހަށް ދޫކޮށްފައިވަނީ 226 މިލިއަން ރުފިޔާގެ ބަޖެޓެކެވެ. އަންނަ އަހަރުގެ ބަޖެޓަށް 1 މިލިއަން ރުފިޔާ އިތުރުވެފައިވަނީ މަޖިލިސް އިމާރާތް މަރާމާތުކުރުމުގެ ހަރަދުތަކާއި، ޖަލްސާތައް ބޭއްވުމަށް ބޭނުންކުރާ ސާމާނުތަކުގެ ސްޕެއަރ ހޯދުމުގެ ހަރަދުތައް ބޮޑުވުމުންނެވެ.
މަޖިލީހުގެ އިދާރާއިން ބުނިގޮތުގައި، އަންނަ އަހަރުގެ ބަޖެޓުގައި މުވައްޒަފުންގެ މުސާރަ ބޮޑުކުރުމާއި، އައު މަގާމުތައް އުފެއްދުމުގެ އިތުރުން އެއްވެސް ކަހަލަ އައު އެލަވެންސެއް ތައާރަފުކުރުން ފަދަ ކަންކަމެއް ހިމަނާފައެއް ނުވެއެވެ.
ބަޖެޓު ކުޑަވި ނަމަވެސް، އަންނަ އަހަރުގެ ތެރޭގައި މަޖިލީހުގެ އުމްރާނީ ތަރައްގީއަށް 3 މުހިންމު މަޝްރޫޢެއް ކުރިއަށްގެންދިއުމަށް ވަނީ ނިންމާފައެވެ.

-01.jpg&w=3840&q=75)
