logo
MPL

MPL

ޚަބަރު

ކަޅު ބާޒާރުގައި ޑޮލަރު ވިއްކަން އިޝްތިހާރު ކުރުމަކީ ކުށެއް ކަމަށް ކަނޑައަޅާ ޖޫރިމަނާ ކުރަނީ

އަޙުމަދު ރިޝާން
19 އޯގަސްޓު 2026 - 12:02
ކަޅު ބާޒާރުގައި ޑޮލަރު ވިއްކަން އިޝްތިހާރު ކުރުމަކީ ކުށެއް ކަމަށް ކަނޑައަޅާ ޖޫރިމަނާ ކުރަނީ

ކަޅުބާޒާރުގައި ޑޮލަރު ވިއްކުމާއި އެކަން އިޝްތިހާރުކުރުމަކީ ކުށެއް ކަމަށް ކަނޑައަޅައި ބޭރު ފައިސާއާ ބެހޭ ގާނޫނު ބަދަލުކުރަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ފާސްކޮށްފި އެވެ

މިއީ ރާއްޖޭގައި ބޭރު ފައިސާގެ މުއާމަލާތްތައް ކުރުމުގައި ކަޅުބާޒާރު ހުއްޓުވުމަށާއި، ޤާނޫނުގެ ބާރުވެރިކަން އިތުރުކުރުމުގެ ގޮތުން ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ބިލަކަށް ކޮމިޓީން ގެނައި އިސްލާހުތަކެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ބިލުގައިވާ ގޮތުން، ގައުމީ ބޭންކް އިން އެމްއެމްއޭއިން ބޭރު ފައިސާ ގަނެވިއްކުމަށް ރަސްމީކޮށް ކަނޑައަޅާފައިވާ ރޭޓަށްވުރެ މަތީ ރޭޓެއްގައި ނުވަތަ ބޭންޑުން ބޭރުގައި އެއްވެސް ވަސީލަތެއް ބޭނުންކޮށްގެން ޑޮލަރު ވިއްކުމާއި ނުވަތަ ވިއްކަން މަސައްކަތް ކުރުމަކީ މަނާކަމެކެވެ. މިފަދަ ކުށެއް ކޮށްފިނަމަ، ކުށުގެ ކުޑަބޮޑު މިނަށް ބަލައި 25,000 ރުފިޔާއާއި 1 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމުގެ ބާރު ލިބިގެންދާނެއެވެ.

މީގެ އިތުރުން، ކަޅުބާޒާރުގައި ޑޮލަރު ވިއްކަން އިޝްތިހާރުކުރުމާއި، އެކަމަށް ހިތްވަރުދޭ ލިޔުންތަކާއި ޚަބަރުތައް ޑިޖިޓަލް ވަސީލަތްތަކުން ނުވަތަ އެ ނޫންވެސް ޕްލެޓް ފޯމްތަކުން އާންމުކޮށް ޝާއިއުކޮށް ފެތުރުމަކީ ވެސް ޤާނޫނީ ކުށެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ. މިފަދަ އިޝްތިހާރު ކުރުމުގެ ކުށް ސާބިތުވާ ފަރާތްތައް 25,000 ރުފިޔާއާއި 500,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެއެވެ.

މި ގާނޫނުގެ ދަށުން، މިފަދަ ކުށެއް ކުރާ ފަރުދުންގެ އިތުރުން އެ ކުށެއް ކުރުމުގައި ރަޖިސްޓްރީ ކޮށްފައިވާ ވިޔަފާރިއެއް ނުވަތަ ގާނޫނީ ޝަހުށެއް ޝާމިލުވާނަމަ، އެ ފަރާތްތަކަށް މާ ބޮޑެތި އަދަބުތައް ލިބޭނެއެވެ. އެގޮތުން، އެފަދަ ވިޔަފާރިތައް 100,000 ރުފިޔާއާއި 5 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެކަމަށް ބިލުގައި ވަނީ ބަޔާންކޮށްފައެވެ. މި ބަދަލާއެކު ރާއްޖޭގައި ބޭރު ފައިސާގެ ކަޅުބާޒާރު ހުއްޓުވުމަށް ގާނޫނީ ގޮތުން ވަރަށް ބޮޑު ބާރެއް ލިބިގެންދާނެ އެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކަޅު ބާޒާރުގައި ޑޮލަރު ވިއްކަން އިޝްތިހާރު ކުރުމަކީ ކުށެއް ކަމަށް ކަނޑައަޅާ ޖޫރިމަނާ ކުރަނީޚަބަރު | ގަޑިއިރެއް ކުރިންސީޕީ އާއި އިތުރު އޮފިސަރުންތަކެއް ސަސްޕެންޑުކުރަން ހުށަހަޅަން މާލިއްޔަތު ކޮމެޓީން ފާސްކޮށްފިޚަބަރު | 9 މަސް ކުރިންވެންޓިލޭޓަރު މައްސަލާގައި ހިމެނޭ މީހުންނަށް ޖިނާއީ ތަހުގީގެއް ކުރަން ނިންމައިފިޚަބަރު | އަހަރެއް ކުރިން ޕެންޝަން އޮފީހުގެ ވެރިން މާލިއްޔަތު ކޮމިޓީއަށް ހާޒިރު ކުރަނީޚަބަރު | 2 އަހަރު ކުރިން