logo
Bank of Maldives

Bank of Maldives

ޚަބަރު

ވެންޓިލޭޓަރު މައްސަލާގައި ހިމެނޭ މީހުންނަށް ޖިނާއީ ތަހުގީގެއް ކުރަން ނިންމައިފި

ހުސައިން ވަސީމް
10 މާރިޗު 2025 - 14:57
ވެންޓިލޭޓަރު މައްސަލާގައި ހިމެނޭ މީހުންނަށް ޖިނާއީ ތަހުގީގެއް ކުރަން ނިންމައިފި

މިދިޔަ ސަރުކާރުގައި ކޮވިޑް 19 ގެ ތެރޭގައި ވެންޓިލޭޓަރު ގަތުމަށް ހިންގި ޚިޔާނާތުގެ މައްސަލާގައި ހިމެނޭ މީހުންނާއި މެދު ޖިނާއީ ތަހުގީގެއް ހިންގުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ މިއަދުގެ ބައްދަލުވުމަށް އެ މައްސަލަ ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމެވެ.

Ad by Hajj Corporation

Ad by Hajj Corporation

މައްސަލަ ހުށަހެޅުއްވުމަށް ފަހު ނާޒިމް ވިދާޅުވީ ވެންޓިލޭޓަރު ހިޔާނާތުގައި ގެއްލުނު 1.88 މިލިޔަން ޑޮލަރާއި އެހެން ޚަރަދުތަކުގެ ފައިސާ ހޯދުމުގައި އެއްވެސް ކުރިއެރުމެއް ލިބިފައިނުވާކަން ބަންޑާރަނައިބުގެ އޮފީހުން ކޮމިޓީއަށް ފޮނުވި ސިއްރު ސިޓީގައި ފާހަގަ ކޮށްފައިވާ ކަމަށެވެ. ނާޒިމް ވިދޅާުވީ ސަރުކާރުން އެ މައްސަލާގައި އާބިޓްރޭޝަނަށް ދިޔަނަމަވެސް އެއީ އާބިޓްރޭޝަން މެދުވެރިކޮށް ހޯދޭނެ ފައިސާކަން ގަބޫލުނުކުރައްވާ ކަަމަށެވެ.

ނާޒިމް ވިދާޅުވީ އެމައްސަލާގައި ހިމެނޭ މީހުންނާއި މެދު ޖިނާއީ ތަހުގީގެއް ހިންގަން ޖެހޭ ކަަމަށާ އެ މީހުންނަށް ޖިނާއީ ތަހުގީގުކޮށް މަކަރާ ހީލަތް ހެދި ކަމުގެ ދައުވާކޮށްދިނުމަށް ޕްރޮސިކިއުޓާ ޖެނެރަލްއަށް ހުށަހެޅުމަށެވެ.

މިދިޔަ ސަރުކާރުގައި ކޮވިޑް 19 ގެ ތެރޭގައި ވެންޓިލޭޓަރު ގަތުމަށް ހިންގި ޚިޔާނާތުގެ މައްސަލާގައި ދައުލަތަށް ގެއްލުނު ފައިސާ އަނބުރާ ލިބޭނެކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.

އުޝާމް ވިދާޅުވީ ދުބާއީ ކުންފުންޏަކަށް ވެންޓިލޭޓަރު ގަތުމަށް ދިން ލާރީގެ މައްސަލަ ދުބާއީގެ އާބިޓްރޭޝަނަށް ހުށައަޅާފައިވާނެ ކަމަށާއި އަދި އެ މައްސަލަ ނިމުނީ ދިވެހި ދައުލަތާއި އެއްކޮޅަށް ކަމަށެވެ. އެހެންވީމާ ދުބާއީގެ ކުންފުނިން ދިވެހި ދައުލަތަށް އަނބުރާ އެ ފައިސާ ދައްކަން ޖެހޭނެ ކަމަށްވެސް އުޝާމް ވަނީ ވިދާޅުވެފައެވެ.

މިދިޔަ ސަރުކާރުން ކޮވިޑް 19 ގެ ތެރޭގައި ވެންޓިލޭޓަރު ގަތުމަށް އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކުރުމުގައި އަމަލުކޮށްފައިވަނީ މާލިއްޔަތު ގާނޫނާއި ޙިލާފަށެވެ.

އެމްޑީޕީ ސަރުކާރުގެ އެންމެ ފުރަތަމަ ހެލްތު މިނިސްޓަރ އަމީން ވަނީ ވެންޓިލޭޓަރު ހޯދަން ގާބިލް ކުންފުންޏެއްތޯ ނުބަލައި ދުބާއީގެ ކުންފުންޏަކާއި ހަވާލުކޮށް އެއްބަސްވުމެއް ނެތީސް މަސައްކަތް ކުރިއަށް ގެންދަން އެ ކުންފުންޏަށް އަންގާފައެވެ. އަދި މި މުއާމަލާތުގައި އެޑްވާންސް ޕޭމަންޓުގެ ގޮތުގައި އެއްބަސްވުމުގެ %90 ( 30 މިލިއަން ރުފިޔާ ) ވަނީ ދީފައެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދަރިފުޅަށް ދެ އަހަރު ވަންދެން ހުސްވަގުތު ދެވޭ ގޮތަށް ޤާނޫނަށް ހުށަހެޅި އިސްލާހު ފާސްކޮށްފިޚަބަރު | ދުވަހެއް ކުރިންހަތަރު ޤައުމަކަށް ނޮން-ރެޒިޑެންޓް ސަފީރުން އައްޔަން ކުރަން ފާސްކޮށްފިޚަބަރު | ދުވަހެއް ކުރިންތިން އަހަރުވަންދެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް، ޓިއުޝަން ސެންޓަރެއްގެ ވެރިޔަކު ހައްޔަރުކޮށް ބަންދަށް 30 ދުވަސްޚަބަރު | 20 ދުވަސް ކުރިންކައުންސިލް އިންތިޚާބުގައި ހުރިހާ ރައްޔިތުން ވެސް އެމްޑީޕީ އަށް ނޫނެކޭ ބުނަންޖެހޭ: ފަލާހްޚަބަރު | މަހެއް ކުރިން