logo
MPL

MPL

ޚަބަރު

ކަސްޓަމްސްގެ މަސްއޫލިއްޔަތުތައް ކުރިއަށްވުރެ މިހާރު މާފުޅާ: ވަޒީރު އިޙްސާން

މުހައްމަދު މޫސާމުހައްމަދު މޫސާ
20 އޯގަސްޓު 2026 - 10:01
ކަސްޓަމްސްގެ މަސްއޫލިއްޔަތުތައް ކުރިއަށްވުރެ މިހާރު މާފުޅާ: ވަޒީރު އިޙްސާން

ކަސްޓަމްސްއަކީ ހަމައެކަނި އާމްދަނީ ހޯދައި، ބޯޑަރު ކޮންޓްރޯލްކުރާ މުއައްސަސާއެއްގެ ގޮތުގައި މީގެކުރިން ދެކެވުނު ނަމަވެސް، މިއަދު އެ މުއައްސަސާގެ މަސްއޫލިއްޔަތުތައް އެއަށްވުރެ މާފުޅާ ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ "ސައުތު އޭޝިއާ ސަބްރީޖަނަލް އިކޮނޮމިކް ކޯޕަރޭޝަން (ސަސެކް) ކަސްޓަމްސް ސަބްގްރޫޕް"ގެ 14 ވަނަ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ކަސްޓަމްސް އުސޫލުތަކާއި ބޯޑަރުގެ ވަސީލަތްތައް ޒަމާނީކޮށް، ސަރަޙައްދީ ވިޔަފާރި ބައްޓަންކުރާނެ ޑިޖިޓަލް ގުޅުންތަކަށް ކުރާ އިންވެސްޓްމަންޓްތައް އިތުރުކުރަމުންދާ ކަމަށެވެ. އަދި ނާކާމިޔާބު އުސޫލުތަކުގެ ސަބަބުން މުދާ ލަސްވާނަމަ ޒަމާނީ ބަނދަރެއްގެ ފުރިހަމަ ފައިދާ ނުނެގޭނެ ކަމަށާއި، ވަކިވެގަނެގެން ހިންގާނަމަ ޑިޖިޓަލް ކަސްޓަމްސް ނިޒާމެއްގެ ފުރިހަމަ ފައިދާ ނުލިބޭނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީގެއިތުރުން ވަޒީރު ވިދާޅުވީ، ސަރަޙައްދީ ގުޅުންތެރިކަމުގެ ދެން އޮތް މަރުޙަލާއަކީ ހަމައެކަނި އުމްރާނީ ވަސީލަތްތައް ގުޅުވާލުން ނޫން ކަމަށާއި، ނިޒާމުތަކާއި މަޢުލޫމާތު އަދި މުއައްސަސާތައް ވެސް ގުޅުވާލަންޖެހޭ ކަމަށެވެ. "އާންމުގޮތެއްގައި ކުރިން ކަސްޓަމްސްއާމެދު ދެކެވުނީ ހަމައެކަނި އާމްދަނީ ހޯދައި، ބޯޑަރު ކޮންޓްރޯލްކުރާ މުއައްސަސާއެއްގެ ގޮތުގަ. ނަމަވެސް މިއަދު، ކަސްޓަމްސްގެ މަސްއޫލިއްޔަތުތައް މިއަށްވުރެ މާފުޅާ،" ވަޒީރު އިޙްސާން ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ކަސްޓަމްސް އިދާރާތަކުން އެއްފަހަރާ ޤާނޫނީ ވިޔަފާރިއަށް މަގުފަހިކޮށްދީ، ގައުމީ އާމްދަނީ ރައްކާތެރިކޮށް، ޣައިރުގާނޫނީ ވިޔަފާރި ހުއްޓުވައި، ސަޕްލައި-ޗެއިންގެ ރައްކާތެރިކަން ކަށަވަރުކޮށްދީ މުދާ އަވަހަށް އުފުލުމަށް މަގުފަހިކޮށްދޭން ޖެހެއެވެ. އަދި ޑިޖިޓަލައިޒްވުމަކީ ހަމައެކަނި ކަރުދާސް ފޯމުތައް އިލެކްޓްރޯނިކް ފޯމުތަކަށް ބަދަލުކުރުން ނޫން ކަމަށާއި، އަމާޒަކަށްވާންވާނީ އުސޫލުތައް އަލުން ބައްޓަންކުރުމާއި، ބޭނުންނެތް އިޖުރާއަތްތައް އުވާލައި ސަރުކާރުގެ އިދާރާތައް ގުޅުވާލުން ކަމަށްވެސް ވިދާޅުވިއެވެ.

މި މަހުގެ 19 އިން 20 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ބައްދަލުވުމުގައި ރާއްޖޭގެ އިތުރުން ބަންގްލަދޭޝް، ބޫޓާން، ނޭޕާލް، އިންޑިއާ އަދި ސްރީލަންކާއިން ބައިވެރިވެއެވެ. މި ބައްދަލުވުމަކީ ޤާނޫނީ ވިޔަފާރި ފަސޭހަކޮށްދިނުމަށާއި، ބޯޑަރުތައް ރައްކާތެރިކުރުމުގެ އިތުރުން އިގްތިސާދުތައް ގުޅުވައިދޭ ޑިޖިޓަލް ވަސީލަތްތައް ބިނާކުރުމަށް މަޝްވަރާކުރުމަށް ބޭއްވޭ މުހިންމު ބައްދަލުވުމެކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކަސްޓަމްސްގެ މަސްއޫލިއްޔަތުތައް ކުރިއަށްވުރެ މިހާރު މާފުޅާ: ވަޒީރު އިޙްސާންޚަބަރު | ގަޑިއިރެއް ކުރިންކަރެކްޝަންސް މުވައްޒަފުންނަށް މަޤާމުގެ ކުރިއެރުން ލިބޭނެގޮތް ހަދާދޭނަން: ވަޒީރު އިހްސާންޚަބަރު | 4 ދުވަސް ކުރިންނާޒުކު ހާލަތަކުގައި ތިބޭ މީހުންނާއެކު ކުރާ މުއާމަލާތަކީ ރައްކާކުރެވިފައިވާ މައުލޫމާތު: އިޙްސާންޚަބަރު | 9 ދުވަސް ކުރިންދައުލަތުގެ އިދާރާތަކުގެ ކަރާމާތް ގެއްލޭ ގޮތަށް ސިޔާސީ ފަރާތްތަކުން ވާހަކަ ދައްކައިގެން ނުވާނެ: އިހްސާންޚަބަރު | 9 ދުވަސް ކުރިން